Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ޓެކްސް ނަގަންޖެހޭނީ ޓޫރިޒަމް ސިނާޢަތުން އެކަނި ކަމަށް ނުދެކެން: އިލްޔާސް ލަބީބު

ފާއިތުވި 4 އަހަރު ޓެކްސް އިން އާމްދަނީ ލިބިފައިވަނީ ޓޫރިޒަމްއިން އެކަނި ކަމަށް އިލްޔާސް ލަބީބު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ނޮވެމްބަރު 2019 | އަންގާރަ 13:18
ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު

ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު

ޓެކްސް ނަގަންޖެހޭނީ ހަމައެކަނި ޓޫރިޒަމް ސިނާއަތުން އެކަނިކަމަށް ދެކިގެންނުވާނެ ކަަމަށާއި ވިޔަފާރިތަކަށް ފަހިވާގޮތަށް ޓެކްސްގެ ނިޒާމު ބައްޓަން ކުރަންޖެހޭ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލަށް ބަހުސްކުރައްވަމުން އިލްޔާސް ލަބީބު ވިދާޅުވީ ޖުމްލަކޮށް ޓެކްސްގެ ނިޒާމަށް ބަލާލާއިރު ފާއިތުވި 4 އަހަރު ޓެކްސް އިން އާމްދަނީ ލިބިފައިވަނީ ޓޫރިޒަމް ސިނާއަތުން އެކަނިކަމަށެވެ. އެހެންނަމަވެސް ވޭތުވެ ދިޔަ 4 އަހަރަށް ބަލާއިރު ދާއިރާއިން ލިބުނު އާމްދަނީ ނިޞްބަތުން އިތުރު ނުވާކަމަށެވެ.

އިލްޔާސް ލަބީބު ވިދާޅުވީ މިބިލަކީ މީހުންނަށް ބިރުވެރިކަން އިހުސާސް ވާ ބިލަކަށް ވެގެން ނުވާނެކަމަށާއި އޭގެ ބަދަލުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއަރާ އެވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް މިބިލުން ފަހިވާން ޖެހޭނެކަމަށެވެ. އާމްދަނީން ޓެކްސް ނެގުމަކީ ޓެކްސްގެ ނިޒާމު ވަށާޖެހިގެންދާ ނިޒާމަކަށް ބަދަލުވެގެންދާ ކަމެއްކަން ފާހަގަކުރައްވާ އިލްޔާސް ލަބީބު ވިދާޅުވީ އިމާރާތްތަކުގެ ކުލިން މިހާރުވެސް ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ޓެކްސް ނަގަމުންދާ ކަމަށެވެ.

މާލޭގައި ނޫނީ ރާއްޖޭގެ އެހެން ތަނެއްގައި އަޅާފައި އިމާރާތުގެ ކުލި ފަސް ލައްކައަށް ވުރެ އިތުރުވާނަމަ، އިތުރުވާ ބައިން ޓެކްސްގެ ގޮތުގައި 15 އިންސައްތަ ނަގާކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ.

މީގެއިތުރުން ރިސޯޓް ހިންގާ ފަރާތްތައް ނުވަތަ ވިޔަފާރި ކުރާ ފަރާތްތަކުން ފައިސާ ގެންނަނީ ރާއްޖެއިން ބޭރުން ކަމަށާއި އެއަށްފަހު އެފައިސާ އެމީހުން ކުރާ ވިޔަފާރިއަށް އިންވެސްޓް ކުރަނީ ކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ. އަދި މިހާރު ބިލް އިންގޮތުން ރާއްޖޭގެ ބޭރުގެ ބޭންކުތަކުން ލޯންނަގައިގެން ރާއްޖޭގައި ވިޔަފާރި ކުރާ މީހެއް އިންގޮތުން އޭނާގެ ވިޔަފާރިއަށް އަހަރު ނިމިގެން ޓެކްސް ދައްކަން ބަލާއިރު އެލޯނުގެ އިންޓަރެސްޓެއް ނުކެނޑޭ ކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ.

އެހެންކަމުން ކޮމިޓީން ބިލް ދިރާސާކުރާއިރު ރާއްޖެއިން ބޭރުން ލޯނެއް ނަގާފައިވިޔަސް ޤައުމެއްގެ ސެންޓަރަލް ބޭންކު ޤަބޫލުކުރާ ބޭންކަކުން ނަގާފައި ހުންނަ ލޯންގެ އިންޓަރެސްޓް، ޓެކްސް ނަގާއިރު އުނިކުރަންޖެހޭނެ ކަމަށް ދެކޭކަމަށާއި އެކަމަށް ކޮމިޓީގައި ރިޢާޔަތްކުރެއްވުމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ. މީގެސަބުން ރާއްޖެއިން ބޭރުން އަމިއްލައަށް ވިޔަފާރިތަކަށް ގެންނަ ފައިސާ އިތުރުވެގެންދާނެ ކަމަށް ޤަބޫލުކުރައްވާކަަމަށާއި އަދި މީގެ ސަބަބުން ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ.

އިލްޔާސް ލަބީބު ވިދާޅުވީ ޑިވިޑެންޓުން ފައިސާ ނަގާނަމަ ފަރުދުންގެ އާމްދަނީން އެމީހުން އަތުން ޓެކްސްނަގައިފިނަމަ އެއީ ޑަބަލް ޓެކްސޭޝަން ކަމަށް ދެކިވަޑައި ގަންނަވާކަމަށެވެ. އެހެންކަމުން ޑިވިޑެންޓްސް އިން ފައިސާ ނެގޭނެކަމަށް ޤަބޫލުނުކުރައްވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

މީގެއިތުރުން އިލްޔާސް ލަބީބުގެ ވާހަކަައިގައި ވަނީ އާމްދަނީން ޓެކްސް ނެގުމުގައި އެމްޑީޕީން އެޖެންޑާ 19 ގައި ފާހަގަކޮށްފައިވާ 60،000 ރުފިޔާއަކީ ޓެކްސް ނެގެން އެންމެ އެކަށީގެންވާ އަދަދުކަމަަށް ވިދާޅުވެފަ އެވެ.

މިހާރު ބިލުގައިވާ ގޮތުން އާމްދަނީން ޓެކްސް ނެގޭނީ އެންމެ މަދުން 40،000 ރުފިޔާ ލިބޭ މީހުންގެ އަތުންނެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
14 ފެބުރުއަރީ 2017

ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
09 ފެބުރުއަރީ 2017

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

09 ފެބުރުއަރީ 2017
ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު