Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޓެކްސް ބޮޑުކުރުން

ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު

ޓެކްސް ނެގިޔަސް ރައްޔިތުންނަށް ލިބޭ ފައިދާއެއް ނެތް

ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2017 | އަންގާރަ 14:23
ެރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ވާހަކަ ދައްކަވަނީ

ެރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ވާހަކަ ދައްކަވަނީ

ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ ވިދާޅުވެއްޖެއެވެ.

ސިނގިރެޓާއި އެނަޖީ ޑްރިންކުން ޓެކްސް ބޮޑުކުރަން ހުށަހެޅި ބިލްގެ ބަހުސްގައި އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އިންތި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިން މަރުހަލާ އެއްކޮށްލައިގެން ބިލެއް ކުރިއަށް ގެންދާ ކޮންމެ ދުވަހަކީ ރައްޔިތުން "ފެލައިލާ" ދުވަހެއް ކަމަށެވެ.

Advertisement - newsAdvertisement
"އެކަމަކު ރައްޔިތުންނަށް ލިބޭ ފައިދާއެއް މަންފާއެއް ނެތް. ފުލެޓްތަކުގެ އަގު ބޮޑުވަމުންދަނީ. ހަނޑޫ، ހަކުރު، ފުށުން ބޮޑުވަމުން 100 ޕަސެންޓް ބޮޑުވޭ. ރައްޔިތުން ބިކަހާލުގައިޖެހެމުން މިދަނީ. ޓެކްސް ހަމަ ނަގަމުން ފުލުފުލުން. ކޮންތާކަށްތޯ މި ފައިސާ ދަނީ،" އިމްތިޔާޒު ވިދާޅުވި އެވެ.

ރައްޔިތުންގެ އަތުން ނަގާ ފައިސާ ދާ ތަނެއް ހަނދާންކޮށްދޭން ޖެހޭ ކަމަށާއި އަދި މިއީ ހަގީގަތުގައި "މުޖުރިމު ސަރުކާރެއް" ކަން ވެސް ހަނދާންކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ގުންޑާއިންގެ ސަރުކާރެއް ކަން. ވައްކަމުގެ ސަރުކާރެއް ކަން. ވަގުންގެ ސަރުކާރެއް ކަން. އެހެންވީމާ، ފައިސާ ދާތަން އަޅުގަނޑުމެން އެންމެންނަށް ސާފު. ރައްޔިތުން ނިކަމެތިވީމަ ދެން ޓެކްސް ނަގަމުންދަނީ. މާދަން ކަންނޭނގެ އަނެއްކާ އިތުރު ޓެކްހެއް ނެގުމަށް ޓަކައި ތިން މަރުޙަލާ އެއްކޮށްލާނީ،" އޭނާ ވިދާޅުވި އެވެ.

މި ސަރުކާރު ހިންގަމުންދާ ގޮތުން ވަރަށް ކަންބޮޑުވާ ކަމަށް ފާޅުކުރައްވައި އިމްތިޔާޒު ވިދާޅުވީ، ސަރުކާރު ހިންގަނީ ރައްޔިތުން ފެލާލައި ނިކަމެތިކޮށް ހާލުގައިޖައްސަމަށް ކަމަށެވެ.

އެމްޑީޕީން ޓެކްސް ނިޒާމު ތައާރަފުކުރިއިރު، މި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަދި އެކަން ހުއްޓުވަން ކޯޓަށް ވެސް ދިޔަ ކަމަށް ފާހަގަ ކުރައްވައި އިމްތިޔާޒު ވިދާޅުވީ، މިހާރު މި ސަރުކާރު ދެމި މިއޮންނަނީ އެމްޑީޕީން ތައާރަފުކުރި ޓެކްސް ނިޒާމުގެ ސަބަބުން ކަމަށެވެ.

ޓެކްސް ނަގާއިރު، ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވަމުން ދިއުން ވެސް ހުއްޓުމަކަށް ނާންނަކަން ފާހަގަ ކުރައްވައި އިމްތިޔާޒު ވިދާޅުވީ އެމްއެމްޕީއާރުސީން އެތައް މިލިއަން ރުފިޔާއިން ގެއްލިފައިވާއިރު، ރާއްޖޭގެ ރައްޔިތުންގެ ފައިސާއިން އެހާމެ ވައްކަން ކުރަމުންދާ ކަމަށެވެ.

"ފެނަކައިން ކިތައް މިލިޔަންތޯ މި ދިރުވާލާފައިވަނީ. އެމްޕީއެލްއިން ކިތައް މިލިޔަންތޯ ދިރުވާލާފައިވަނީ އިއްޒަތްތެރި ރައީސް. މިފްކޯ ބަނގުރޫޓު އަރުވާލައިފި. ޖީ.އެމް.އާރަށް ކިތައް މިލިޔަންތޯ ދައްކަން މިޖެހުނީ ސަރުކާރުން ކުރި ކަންތައްތަކުގެ ސަބަބުން. އެހެން ގޮސް އިއްޒަތްތެރި ރައީސް، މަލަމަތި މޫނުމަތި ރީތިކުރުމަށް ޓަކައި ކިތައް މިލިޔަންތޯ ބޭކާރުގޮތުގައި ޚަރަދުކުރީ،" އިމްތިޔާޒު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު