Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސް ބޮޑުކުރުން

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

މި ސަރުކާރަކީ ކޮރަޕްޝަންގެ "ބައްޕަ"

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 15 ފެބުރުއަރީ 2017 | ބުދަ 03:27
އަހްމަދު އީސަ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ތެރެއިން

އަހްމަދު އީސަ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ތެރެއިން

ޓެކްސްގެ ނިޒާމްގެ ނަމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަންނަނީ، ރައްޔިތުންގެ އަތުން ފޭރެމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ގެނައި ޓެކްސްގެ ނިޒާމަކީ ވަރަށް ފުރިހަމަ ނިޒާމެއް ކަމަށެވެ. އެމްޑީޕީ ސަރުކާރުގައި ނިންމާފައިވަނީ ޑަބަލް ޓެކްސް ނެގުމުގެ ބަދަލުގައި، އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ކަމަށާއި، ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން މުޅި ޓެކުހުގެ ނިޒާމް ގަނޑުބަނޑުކޮށް، ޑަބަލް ޓެކްސް ނަގަމުންގެންދާ ކަމަށެވެ. އިމްޕޯޓް ޑިއުޓީ ނަގަމުންގެންދާއިރު، ވިއްކާ ކޮންމެ މުދަލަކުންވެސް ޖީއެސްޓީ ނަގަމުންގެންދާކަމަށް އީސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުން އަންނަނީ ޓެކްސްގެ ނަމުގައި ރައްޔިތުންގެ އަތުން "ފޭރެމުން" ކަމަށެވެ. އެގޮތުން ސަރުކާރުން އަންނަނީ ނިކަމެތި ރައްޔިތުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން "ފޭރެމުން" ކަމަށް އީސަ ވިދާޅުވި އެވެ.

"ދެން އަޅުގަނޑު މި ވާހަކަ ދަންނަވައިގެން އަޅުގަނޑު ކުށްވެރިވިޔަސް، ކުރާނެ ކަމެއް ނެތް. އަޅުގަނޑަށް މި ނޫންގޮތަކަށް ޔާމީން އަބްދުއްޤައްޔޫމްގެ، އިޤްތިސާދީ މޮޅު މާހިރުގެ ސަރުކާރުން މި ގެންގުޅޭ ޓެކްސްގެ ނިޒާމް ސިފަކުރެވޭ ގޮތެއް ނުވިސްނޭ. ޓެކްސްގެ ނިޒާމެއްގެ ނަމުގައި ނިކަމެތި ރައްޔިތުން ފޭރޭ ސަރުކާރެއް މި ސަރުކާރަކީ," އީސަ ވިދާޅުވި އެވެ.

އީސަ ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޓެކްސް ބޮޑުކުރަންޖެހޭކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ދެއްކެވި ވާހަކަފުޅަށްވެސް ރައްދުދެއްވާފަ އެވެ. ސަރުކާރުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން ނިހާނު ވިދާޅުވީ ސިނގިރޭޓުން ސިއްހަތަށް ގެއްލުން ލިބޭ ކަމަށް އެންމެން ވެސް ގަބޫލުކުރާ ކަމަށެވެ. އަދި ދިވެހިންގެ ސިއްހަތަށް މީގެ ކުރީ ސަރުކާރުތަކުން ސަމާލުކަން ނުދޭ ވަރަށް ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ސަމާލުކަން ދެމުން އަންނަ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.

ނިހާންގެ އެ ވާހަކަތަކަށް ރައްދުދެއްވަމުން އީސަ ވިދާޅުވީ، އެފަދަ ވާހަކަފުޅުތައް ނިހާންމެން ފަދަ ބޭފުޅުން ވިދާޅުވަމުންގެންދަވާތީ ލަދުގަންނަ ކަމަށެވެ. އެ ބޭފުޅުންނަށް ކުރިމަތިވެފައިވާ މަޖުބޫރީ ހާލަތުގެ ސަބަބުން، ދެއުޅިއެއް ނުވާ ވާހަކަތައް ދައްކަވާތީވެ، އެ ބޭފުޅުންގެ ހާލަތު ވަރަށް ރަނގަޅަށް އެނިގެންދާކަމަށް އީސަ ވިދާޅުވި އެވެ.

އީސަ ވިދާޅުވީ، އެނާޖީ ޑްރިކްސް އަދި ސިނގިރޭޓް ފަދަ ބާވަތްތަކުން ދުނިޔޭގެ އެހެން ޤައުމުތަކުގައި ޓެކްސް ބޮޑުކުރަނީ، އެ ނަގާ ޓެކްސް ފައިސާއިން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކަމަށެވެ. އެ ފައިސާ ބޭނުންކޮށް، ސިނގިރޭޓާއި، އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ގޯސްކަން ބުނެދިނުމަށް ކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގައި ކަންތައްތައްކުރަނީ އެއީ މުޅިން ހިލާފަށް ކަމަށާއި، ޓެކްސް ބޮޑުކޮށް ނެގުމަށްފަހު، އެ ޓެކްސް ފައިސާއިން ދައުލަތުގެ ވެރިން ވައްކަންކުރަމުން އަންނަ ކަމަށް އީސަ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު