Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ހަރުކަށި ދީނީ ޖަމިއްޔާތައް އުވާލުމަށް މެމްބަރުން ގޮވާލައްވައިފި

މެމްބަރުން ވަނީ ސަލަފް ޖަމިއްޔާ އުވާލުމަށް ގޮވާލައްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ނޮވެމްބަރު 2019 | އަންގާރަ 08:30
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން

ރާއްޖޭގައި ހިންގަމުންދާ ދީނީ ހަރުކަށި ފިކުރުތަކުގެ ޖަމިއްޔާ ޖަމާއަތްތައް އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮވާލައްވައިފި އެވެ.

މެމްބަރުން މިގޮތަށް ގޮވާލެއްވީ އަންގާރަ ދުވަހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ހުށަހަޅުއްވާފައިވާ ޖަމިއްޔާތަކުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. އެގޮތުން މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު މިބިލަށް ބަހުސް ކުރައްވަމުން ވިދާޅުވީ ރާއްޖޭގައި އެކި ސެލްތައް އޮޕަރޭޓް ކުރަމުންދާކަމަށާއި އޭގެތެރޭގައި ބައެއް މާފިއާ ގޭންގުތައް އޮޕަރޭޓް ކުރާގޮތަށް ސެލްތަކެއް އޮޕަރޭޓް ކުރަމުންދާ ކަމަށެވެ.

ބައިނަލްއަގްވާމީ މުއާހަދާތަކަށް އިހުތިރާމު ކުރުމުގެ ގޮތުން ޖަމިއްޔާތައް ހިންގޭނެ ގޮތް އެކަށައަޅަން ޖެހޭކަމަށް ވިދާޅުވެ އިބްރާހީމް ރަޝީދު ވިދާޅުވީ ކަންކުރަމުންދަނީ އެހެނެއް ނޫން ކަމަށެވެ. ޖަމިއްޔާގައި ހުންނަ މީހާ ކުށެއް ކުރުމުން ޖަމިއްޔާ އެއްކޮށް އުވާލަނީ ކަމަށާއި ޖަމިއްޔާގައި ހުންނަ މީހެއް ކުށެއް ކޮށްފިނަމަ އެ ކުށް ކުރި މީހާއަށް އަދަބު ދޭންޖެހޭ ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވި އެވެ. އެގޮތަށް ވިސްނުން ބަދަލުކުރަންޖެހޭ ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.

މިފަހުން އާންމުކުރި ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ތަހުގީގީ ރިޕޯޓްގައިވެސް ބަޔާންވެގެންވާ ސަލަފް ޖަމިއްޔާއަށް އިޝާރާތްކުރައްވާ އިބްރާހީމް ރަޝީދު ވިދާޅުވީ އެޖަމިއްޔާއިން ބައެއް ފަހަރު ފުޓްބޯޅަ ކުޅޭތަން ފެންނައިރު އަނެއް ބައި ފަހަރު ސިޔާސީ ކަންތައްތަކުގައި އުޅޭތަންވެސް ފެންނަކަމަށެވެ.

މިބިލަށް ވާހަކަދައްކަވަމުން މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާޢީ ވިދާޅުވީ ރާއްޖޭގައި ހަރުކަށި ދީނީ ފިކުރުގެ ބޭފުޅުން އުފައްދާފައިވާ ޖަމިއްޔާތައް އުޅޭކަމަށެވެ. އަދި މިފަދަ ޖަމިއްޔާތައް ހިންގާ އޮފީސް އިމާރާތްތައް ނުހުންނަކަށާއި މިސްކިތް އެއީ އޮފީސް އިމާރާތްކަމުގައި ވެގެން ނުވާނެ ކަމަށް ރާއީ ވިދާޅުވި އެވެ.

ކުލަބު ޖަމިއްޔާތައް އުފެދިގެން ދާއިރު ބިލްގައިވެސް ބަޔާން ކޮށްފައިވަނީ މެމްބަރުންގެ އަދަދު އެނގެންޖެހޭނޭ ކަމަށާއި، މާލީ ހިސާބުތައް އެނގެންޖެހޭނޭ ކަމަށް ރާއީ ވިދާޅުވި އެވެ. މަރު ކޮމިޝަނުން ނެރުނު ރިލްވާންގެ ރިޕޯޓާއި ޑރ އަފްރާޝީމް އަލީގެ ރިޕޯޓުން ފެނިގެންދަނީ ބިރުވެރި ވާހަކަތަކެއް ކަމަށް ރާއީ ވިދާޅުވި އެވެ.

ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޝަހީމް ބިލަށް ވާހަކަދައްކަވަމުން ވިދާޅުވީ ރާއްޖޭގައި ހަރުކަށި ޖަމާޢަތްތަކުން ޖަމާޢަތްތައް ހަދައިގެން އުޅޭ މީހުންގެ ބޭނުމަކަށް ވެފައި އޮންނަނީ މައުސޫމް މީޙުންނަށް އޮޅުވާލާ ހަނގުރާމަތަކަށް ގެންދިޔުން ކަމަށެވެ. އަދި ރާއްޖޭގައި އުފެދުނު ބާރުގަދަ ޖަމާއަތްތަކަށް ބަލާއިރު އަލްގައިދާ ފާހަގަކުރެވޭ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަލްގައިދާގެ އެޖެންޓުންގެ ގޮތުގައި މީހުން މާލޭ އާއި ރާއްޖޭގައި އޮޕަރޭޓް ކޮށްފައި އެބަހުރި ކަމަށާއި އެމީހުން އަމިއްލައަށް އެއީ އެޖެންޓުން ކަމަށް ބުނެފައި އެބުރި ކަމަށް ޝަހީމް ވިދާޅުވި އެވެ.

އަލްގައިދާ ބަލިކަށިވެ އައިސިސް އައިފަހުން އައިސިސްގެ ދިދަ ހިފައިގެން ރާއްޖޭގައި ބޮޑެތި މުޒާހަރާތައް ކޮށްފައި އެބަހުރި ކަމަށް ޝަހީމް ވިދާޅުވި އެވެ. އޭގެފަހުން އައި ބިލާދުއްޝާމްގެ ޖަމާއަތުގެ މީހުންވެސް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަކަމަށާއި އެޖަމާއަތްތަކުން ބައިވެރިވާ ހަނގުރާމަތަކުގެ މައުލޫމާތުތައް ގެނެސްދޭ ދިވެހި ވެބްސައިޓްތައް ހުންނަކަން ޝަހީމް ފާހަގަކުރެއްވި އެވެ. ދިވެހިރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅުމުގެ ހައްގު ކޮންމެ ޖަމާޢަތަކުންވެސް ދޭންޖެހޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

މިބިލަށް ބަހުސްކުރެއްވި މެމްބަރުން ވަނީ ޖަމިއްޔާތައް ހިންގުމާއި ޖަމިއްޔާތައް އުވާލުމުގައި ބިލްގައި ބަޔާންކޮށްފައިވާ ކަންކަން މިހާރަށް ވުރެ ހަރުދަނާކުރަންޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

މިހާރު ބިލް ހުށަހަޅާފައިވާ ގޮތުން ޖަމިއްޔާތައް ރަޖިސްޓްރީ ކުރުމުގެ ބާރު ލިބިދެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ފަރާތަކަށެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު