Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

އިންޑިއާގެ އައު އުއްތަމަ ފަނޑިޔާރު މަގާމުގެ ހުވާ ކުރައްވައިފި

ޝަރަދު އަރްވިންދު ބޮބްޅޭ ވެވަޑައިގެންފައިވަނީ އިންޑިއާގެ 47 ވަނަ އުއްތަމަ ފަނޑިޔާރަށް

އަތޫފް އާތިފް
އަތޫފް އާތިފް | 19 ނޮވެމްބަރު 2019 | އަންގާރަ 04:42
އިންޑިއާގެ އައު ބޮޑުވަޒީރު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިންޑިއާގެ އައު ބޮޑުވަޒީރު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިންޑިއާގެ އައު އުއްތަމަ ފަނޑިޔާރު ޝަރަދު އަރްވިންދު ބޮބްޅޭ މަގާމުގެ ހުވާ ކުރައްވައިފިއެވެ.

އިންޑިއާގެ 47 ވަނަ އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ޝަރަދު އަރްވިންދު ބޮބްޅޭ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވިގެންދިޔައީ އިންޑިއާގެ ރައީސް ގަނޑުވަރު ރާޝްތުރަފަތީ ބަވަންގައެވެ. މި ރައްސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ކަމުގެ ހުވާ ލައިދެއްވީ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދުއެވެ.

އުއްތަމަ ފަނޑިޔާރުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާގެ ސިޔާސީ މައިދާނުގެ އިސް ގިނަ ވެރިން ވަނީ ބައިވެރިވެފައެވެ.

ޝަރަދު އަރްވިންދު ބޮބްޅޭ އިންޑިއާގެ އުއްތަމަ ފަނޑިޔާރުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވީ އެ މަގާމުގައި ކުރިން ހުންނެވި ޖަސްޓިސް ރަނޖަން ގޮގޯއި ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެ.

އިންޑިއާގެ އައު އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޝަރަދު އަރްވިންދު ބޮބްޅޭ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ރިޓަޔާ ކުރައްވަންދެން މަގާމުގައި ދެމިހުންނަވާނެއެވެ.

ޝަރަދު އަރްވިންދު ބޮބްޅޭ އުފަންވެވަޑައިގެންނެވީ 24 އޭޕްރީލް 1956 ގައި މަހާރަޝްތުރާގެ ނާގަޕޫރަށެވެ. އޭނާގެ އާއިލާ މަޝްހޫރުވެލައްވައިފައިވަނީ ގާނޫނީ ވަކީލުންގެ އާއިލާއެއްގެ ގޮތުގައެވެ. އެގޮތުން ކާފާފުޅާއި ބައްޕައާއި ބޭބެއަކީ ފުންނާބު އުސް ގާނޫނީ ވަކީލުންނެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

02 މެއި 2017
އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި
01 މެއި 2017

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި
15 އެޕްރީލު 2017

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު