Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހި ފިލްމް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

ފަސް ޝޯވެސް ވަނީ ހައުސްފުލްވެފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2017 | އާދީއްތަ 14:45
ދިވެހި ފިލްމް "އަމާނާތުގެ" ޕްރޮމޯޝަނަލް ޕޯސްޓަރު

ދިވެހި ފިލްމް "އަމާނާތުގެ" ޕްރޮމޯޝަނަލް ޕޯސްޓަރު

ގިނަ ބައެއްގެ މަގްބޫލުކަން ހޯދަފައިވާ ދިވެހި ފިލްމު "އަމާނާތް"އަށް 19 އަހަރު ފަހުން ވެސް މިވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

މި ފިލްމަށް އޮތް ތަރުހީބު ހާމަ ވެގެން ދިޔައީ މިހިނގާ ފެބުރުއަރީ މަހުގެ 14 އިން 18 އަށް އޮލިމްޕަހުގައި އެޅުވި ފަސް ޝޯވެސް ހައުސްފުލް ވެގެން ދިއުމުންނެވެ.

މި ފިލްމަށް އޮތް ތަރުހީބު އެނގިގެން ދިޔަ އެއް ކަމެއްގެ ގޮތުގައި ފިލްމްމުގެ ޕްރޮޑިއުސަރ މުހައްމަދު ނިޔާޒް (ޓެޑްރީ) ފާހަގަ ކޮށްފައިވަނީ ގިނަ ބަޔަކު ބަލަމުންދާ "މޯލްޑިވިއަން އައިޑޮލް" ޝޯ ބޭއްވި ދެރޭ ވެސް "އަމާނާތް"ގެ ޝޯތައް ހައުސްފުލް ވެފައި ވުމެވެ.

ފިލްމް އެވޯޑްސްގައި 12 އެވޯޑްސް ލިބިފައިވާ އެޓާނަލް ޕިކްޗާރސްގެ މި ފިލްމްގެ ކާމިޔާބު ފަސް ޝޯ މާލޭގައި ދައްކާ ނިންމާލި އިރު އަތޮޅު ތެރޭގައި ވެސް މި ފިލްމް ބަލައިލުމަށް ގިނަ ބަޔަކު ބޭނުންވާ ކަން ހާމަވެގެން ގޮސްފައިވަނީ ފިލްމް އެޅުވުމަށްޓަކައި 25 އަށް ވުރެ ގިނަ ރަށުން އެދިފައިވާތީ އެވެ.

އެހެންކަމުން އަންނަ މާރޗް މަހުގެ އެކަކުން ފެށިގެން އަތޮޅު ތެރޭގައި ވެސް މި ފިލްމް އެޅުވުމަށް ވަނީ ހަމަޖައްސާފައެވެ.

މަހުދީ އަހުމަދު ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ލަވަތައް އަދިވެސް ދަނީ ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދަމުންނެވެ.

އެގޮތުން " އޯގާވެރިވޭ ލޯބިވާ" މިލަވައަކީ ފަނޑުވުމެއްނެތި އަދިވެސް ބެލުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދަމުން އަންނަ އެއްލަވައެވެ.

މާލެއާއި އައްޑޫ ސިޓީގައި ޝޫޓް ކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ދިވެހި ފިލްމު "ދެރިޔާ" އިން ވިދާލި އަލީ ހާލިދާއި ޖަމްޝީދާ އަހުމަދު އަދި ފާތިމަތު ރަމީޒާ އެވެ.

މި ފިލްމަކީ ޝޭކަރު ކަޕޫރު 1983 ގައި ޑައިރެކްޓް ކުރި ހިންދީ ފިލްމް މައުސޫމް އަސްލަކަށް ބަލައިގެން ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

ޓެޑްރީގެ ފިލްމް "އަމާނާތަށް" ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު ޓެޑްރީ މިވަނީ އޭނާގެ ދެވަނަ ޑައިރެކްޝަން "ލަސްވިޔަސް" ގެ މަސައްކަތް ފަށާފައެވެ.

އެ ފިލްމްގެ ޓީޒާ އާންމުކޮށްފައިވާއިރު މި ޓީޒާއިން ފެނިގެންދަނީ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހިމްއެވެ.

މި ފިލްމުގެ ސްޓޯރީއާ ބެހޭ ގޮތުން ޓެޑްރީ އެއްވެސް އެއްޗެއް އަދި ބުނެފައި ނުވި ނަމަވެސް ޓީޒާ ބަލާ މީހުނަށް ޒޯޔާ ފެނިގެންދަނީ ކުޑައެއް އަޅައި، ރަތް ކުލައިގެ ޖެކެޓެއް ލައިގެން ގޮނޑިއެއްގައި އިށީނދެ އިންނަ މަންޒަރެވެ.

ޓީޒާއިން ފެންނަ އިރު ޒޯޔާގެ ބޯ ވެސް ވަނީ ބާލާފައެވެ.

ފެންނަ ފެނުމަށް މިއީ ބިރުވެރި ފިލްމެއް ކަމަށް ބައެއް މީހުން ސިފަ ކުރާއިރު އަނެއް ބަޔަކު ބުނަމުން ދަނީ ޒޯޔާއަކީ މި ފިލްމްގައި އޭލިއަންއެއް ކަމަށެވެ.

އަދި މި ފިލްމު ރަސްމީކޮށް ލޯންޗް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗް މަހުގެ ތެރޭގައި ކަމަށް ވެސް އޭނާ ބުންޏެވެ.

"ލަސްވިޔަސް މިއީ ދިވެހި ފިލްމް "ދެރިޔާ" އިން ބޮޑު އިންގިލާބީ ބަދަލެއް ގެނައި ޓެޑްރީގެ ދެ ވަނަ ފީޗާ ފިލްމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު