ކ. މާލެ
|
5 ފެބްރުއަރީ 2017 | އާދީއްތަ 15:41
ދިވެހި ރާއްޖެ
ދިވެހި ރާއްޖެ
ރާއްޖެއެމްވީ
ރާއްޖޭގެ އިގްތިސާދު
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
ލަންކާ އިން ތަފާތު އެކި މަޝްރޫއުތަކަށް 8 ބިލިއަން ޑޮލަރު ޗައިނާ ސަރުކާރުން ވަނީ ނަގާފަ
މިއަހަރު ކަރަންޓް  އެކައުންޓް ޑެފިސިޓް 892.1 މިލިއަން ޑޮލަރަށް އަރާނެ-އެމްއެމްއޭ
ރާއްޖޭގެ ބަޖެޓް ޑެފިސިޓް އަކީ ޖީޑީޕީގެ 7.4 ޕަސެންޓް

އިސްތިއުމާރީ އާއި ބާރުވެރިކަމަކީ ދުނިޔޭގައި އެކި ދުވަސްވަރު އެކި ގޮތްގޮތަށް އޮތް އެއްޗެއްކަން ތާރީހުން ފެންނަން އެބައޮތެވެ. ކަނޑި ބަނޑި ބޭނުން ކޮށްގެން އެއްޒަމާނެއްގައި ހަނގުރާމަ ކުރި ނަމަވެސް، މިއަދުގެ ބަވަނަވަމުންދާ ދުނިޔޭގައި ގައުމުތަކުން ބާރުވެރިކަން ހޯދާ ކުރިއަށްދާން ބޭނުން ކުރާ އުކުޅަކީ އިގްތިސާދީ ފުދުންތެރިކަމާއި އިގްތިސާދީ ކާމިޔާބީ އެވެ.

 

ދުނިޔޭގެ ކޮންމެ ދަރަޖައެއްގެ ގައުމަކަށް ބަލާލި ނަމަވެސް ފެނިގެންދާނީ އިގްތިސާދީ ވާދަވެރިކަމެވެ. އިގްތިސާދީ ގޮތުން އެންމެ ކުރީގައި އޮންނަ ގައުމުތަކަކީ ދުނިޔޭގައި އެންމެ ބަސްވިކޭ، އެންމެ ބާރު ގަދަ ގައުމުތަކުގެ ލިސްޓަށް އަރާ އިރު މިވާދަވެރިކަމުގައި ނުޖެހޭ އެއްވެސް ގައުމެއް ނެތެވެ.

 

ރާއްޖޭގެ ހާލަތަށް ބަލާ އިރު މި ސަރަހައްދުގެ ގައުމުތަކާ އެކި ކަންކަމުގައި ވާދަކުރާ އިރު ރާއްޖެއިން ވެސް ބޭނުންވަނީ އެއްވެސް ބައެއްގެ ނުފޫޒެއް ނެތް އިގްތިސާދީ ގޮތުން ފުދުންތެރި ގައުމަކަށް ވުމަށެވެ.

 

ތަރައްގީ އައި ތަހްޒީބަކީ ގުޅިލާމެހިފައިވާ އެއްޗަކަށްވާ އިރު އިގްތިސާދީ ތަރައްގީ ބާރު ސްޕީޑުގައި ހާސިލް ކުރުމަށްޓަކާ ރާއްޖެއިން ބޭނުންކުރާ އުކުޅަނީ ދަރަންޏަށް ފައިސާ ނެގުމަށް މިއަދު މިވަނީ ވެފައެވެ. އެގޮތުން ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތައް ބިނާވެފައި ވަނީ ރާއްޖޭގެ އިގްތިސާދުގައި ލިބޭ އާމްދަނީގެ ބަދަލުގައި ލޯނާއި ބޮންޑް ފަދަ ދަރަންޏަށް ނިސްބަތްވާ މާލީ އެހީތަކަށެވެ.

 

ރާއްޖެ އާއި އެންމެ ކައިރީ އޮތް ސްރީލަންކާ އަށް ދިމާވެގެން އުޅޭ މާދީ އަޑިގުޑަންތަކަކީ މިދުވަސްވަރު ބައިނަލްއަގްވާމީ މީޑިޔާތަކުގައި އެންމެ ގަދައަށް ދެކެވޭ ވާހަކަ އެވެ. ސްރީލަންކާގެ މާލީ އަޑިކުޑަންތަކުން އަރާއިގަތުމަށް މޯލްޑިވްސް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވަނީ މިދިއަ އަހަރުގައި އެކަނި 1.5 ބިލިއަން ޑޮލަރު ލޯން ނަގާފަ އެވެ. އެއް ދަރަނިން ސަލާމަތްވުމަށް އިތުރު އެހެން ގޮތެއް ނެތިގެން އަނެއް ދަރަނި ނަގަން މަޖުބޫރުވާ ހާލަތަށް ވިޔަފާރިއެއް ގޮސްފިކަމުގައިވީ ނަމަވެސް އެވިޔަފާރިއަކީ ބަގުރޫޓުވަމުންދާ ވިޔަފާރިއެއް ގޮތުގައި ބެލެވޭނެ އެވެ. އެ އުސޫލުން ގައުމުތަކުގައި ވެސް މިފަދަ ގޮތަކަށް ކަންކަން ހިނގާނަމަ މާލީ ބޮޑު ކާރިސާއަކާ ކުރިމަތިވި ކަމަށް ބެލެވޭނެ އެވެ.

 

ސްރީލަންކާގައި 25 އަހަރުވަންދެން ކުރެވުނު ދާހިލީ ހަނގުރާމަ ނިމުމަކަށް އައިސްފާ ވަނީ 2009 އަހަރު އެވެ. އަދި ސަރުކާރަށް އެ ލިބުނު ކާމިޔާބީއާ އެކު ގައުމުގެ އިގްތިސާދު ކުރިއަށް ގެންދިއުމަށްޓަކާއި މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ވަނީ ތަރައްގީގެ ވަރަށް ބޮޑެތި މަޝްރޫއުތަކެއް އެއްފަހަރާ ފަށާފަ އެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރު އޭނާ ވެރިކަމުން ފޭބި ހިސާބުން އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ހިންގި ކަމުގެ ތުހުމަތުތައް ވަނީ އުފުލާފަ އެވެ.

 

އެގޮތުން ޗައިނާ ސަރުކާރުގެ ކުންފުނިތަކަށް ނިސްބަތްކޮށްގެން ހިންގަމުންދާ ސްރީލަންކާގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ ބިން ހިއްކައިގެން ބިނާ ކުރާ ނިއު ޕޯޓް ޕްޖެކްޓާ އެގައުމުގެ އިރު ދެކުނުގައި ގާއިމް ކުރާ އާ އެއަރޕޯޓް މަޝްރޫއުތަކަށް ސަރުކާރަށް ނުކަތާވަރަށް ލޯން ނެގުމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކަކީ ސްރީލަންކާގެ މިހާރު ސަރުކާރުން ފާހަގަކުރަމުންދާ ކަންކަމެވެ.

 

ރާޖަޕަކްސަގެ ސަރުކާރުން ދެމެހެއްޓެނިވި ތަރައްގީއަށް ވިސްނުމެއް ނެތި ނަގާފައިވާ ލޯންތަކުގެ ސަބަބުން އެގައުމުން ގާތްގަނޑަކަށް ޗައިނާ ސަރުކާރަށް އަށް ބިލިއަން ޑޮލަރުގެ ބޮޑު އަދަދެއްގެ ދަރަނި ދައްކަން ޖެހިފައި ވެއެވެ. އެކަމާ މެދު ރަގަޅު ގޮތެއް ނިންމުމަށްޓަކާ 2016 ވަނަ އަހަރު ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އައި ވެސް ބައްދަލުކޮށްފަ އެވެ.

 

މިއަދު ދިވެހި ރާއްޖޭގެ ހާލަތަށް ބަލާއިރު އައިއެމްއޭ އާއި ވޯލްޑް ބޭންކް ފަދަ ބައިނަލްއަގްވާމީ އިދާރާތަކުން އަންނަނީ ސަރުކާރުން ތަރައްގީގެ ޕްލޭންތައް ރާއްވަމުންދާ ގޮތާ މެދު ރެޑް އެލާޓް އަޅަމުންނެވެ.

 

ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި މެނޭޖް ކުރުމުގެ އުސޫލެއް ނެތި ހިތަށް އެރި ގޮތަކަށް ލޯންތަކާއި ބޮންޑް ވިއްކަމުންދާ ކަމުގައިވާ ނަމަވެސް ދެން ވެރިކަމަށް އަންނަ ބަޔަކަށް ގައުމުގެ ކަންކަން ރާވާ ޕްލޭންތައް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ޖެހޭނީ ދަރަނި މެނޭޖްކުރާނެ އުސޫލުތަކެއް ރާވާށެވެ.

 

ގައުމުގައި ތަރައްގީގެ ދުރު މުސްތަގްބަލަށް ވިސްނާފައިވާ ޕްލޭނެއް ނެތި އެތަށް މިލިއަނުން ޗައިނާ އާއި ސައުދީ އަރަބިއްޔާ އާއި އަދިވެސް އެހެން ބައިނަލްއަގްވާމީ އިދާރާތަކުން ލޯން ނެގުމުގެ ސަބަބުން ރާއްޖޭގެ ދަރަނި ވަނީ އިންތިހާއަށް ބޮޑު ވެފަ އެވެ.

 

ދާދި ފަހުން 200 މިލިއަން ޑޮލަރުގެ ބޮންޑް ވިއްކުމަށް ސަރުކާރުން ނިންމި ނިންމުމުން ވެސް ކުރިއަށް އޮތް ތަނުގައި އެ އަނބުރާ ދައްކަން ޖެހޭ ހިސާބުން ރާއްޖޭގެ ދަރަނި ދާނީ އިތުރުވަމުންނެވެ.

 

ގްރީސްގައި މާލީ އިދާރާތަކުން މާލީ މުއާމަލާތްތައް ހިންގުން ހުއްޓި ގައުމުގެ ރައްޔިތުން ހާލުގާ ޖެހިގެން ދިޔަ މަންޒަކަރީ ވެސް ދާދި ފަހުން ދުނިޔެއަށް ފެނިގެންދިޔަ މަންޒަރުތަކެވެ. އެގައުމުގެ އިގްތިސާދު އަދަވަޅަކަށް ވެއްޓިފައި ވަނީ ވެސް ދަރަނި މެނޭޖް ނުކުރެވުމާއި، ހަރުދަނާ ޕެންޝަން ސްކީމެއް ނެތުމާއި ދޯދިއާ ޓެކްސް ނިޒާމެއް އޮތުމުގެ ސަބަބުންނެވެ. އެގައުމަށް މާލީ ފިއްތުންތަކާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ގައުމުގެ ދަރަނި އޭރު އުޅުނީ ޖީޑީޕީގެ 177 ޕަސެންޓްގަ އެވެ.

 

މި އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގެ ޑެފިސިޓްއަކީ 303.7 މިލިއަން ރުފިޔާ ނުވަތަ އުފެއްދުންތެރިކަމުގެ ނިސްބަތުން 0.5 ޕަސެންޓެވެ. މިއީ ބަޖެޓް ޑެފިސިޓްގެ ގޮތުގައި 2016 އަހަރަށް މިހާރު އަންދާޒާކޮށްފައިވާ 4.3 ބިލިއަން ރުފިޔާ ނުވަތަ އުފެއްދުންތެރިކަމުގެ ނިސްބަތުން 7.4 ޕަސެންޓްގަ އެވެ.

 

ސަރުކާރުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މިއަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 892.1 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ އިރު އުފެއްދުންތެރި ކަމުގެ ނިސްބަތުން އެއީ 21.6 ޕަސެންޓެވެ.

 

ދެ އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އަށް ގައުމުގެ ދަރަނި އުފުލިފައިވާ އިރު މިއީ އެހާ އަދައިގެ ކަމެއްގެ ގޮތުގައި ނެނގޭކަން ނެތެވެ.

 

މިއަދު ގައުމުގެ ކަންކަން އިސްލާހުކޮށް އިގްތިސާދީ ރަގަޅު ފިޔަވަޅުތަކެއް ނާޅައިފި ނަމަ މިއަދު ލަންކާއަށް ކުރިމަތިވެފައިވާ ނުވަތަ އެއަށްވުރެ ވެސް ބޮޑު މާލީ އަޑިގަނޑަކަށް ރާއްޖެވެއްޓުން ވަރަށްގާތެވެ.

- ކޮމެންޓް