Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނިހާންގެ އޯޑިއޯ

ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!

ރައީސް ވިދާޅުވެގެން ނުވާ ކަންކަން އަދީބް ކުރައްވާ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 15 މާރިޗު 2017 | ބުދަ 17:24
ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު، އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ކުރައްވާ، ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު

ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު، އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ކުރައްވާ، ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށްވުރެ ފަސޭހައިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެހެން ފަރާތްތަކުން ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ ބަސް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު އަދީބަށް ތަޢުރީފުކުރައްވާފައިވާ އޯޑިއޯއެއް ލީކުވެއްޖެއެވެ.

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުކަމުގައި ވެސް ހުންނެވި ނިހާންގެ ދެ އޯޑިއޯއެއް އާދީއްތަ ދުވަހު ލީކު ވެފައި ވަނިކޮށް، ބުދަ ދުވަހު ލީކުވި އާ އޯޑިއޯގައި، އަދީބުގެ މަސައްކަތާއި ބާރުގަދަ ކަމަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފައިވެ އެވެ. ސަރުކާރަށް ކޮށްދެއްވާ މަސައްކަތެއް ކޮށްދެއްވަނީ ހަމައެކަނި އަދީބު ކަމަށް އިޝާރަތް ކުރައްވާ ނިހާން ވިދާޅުވެފައިވަނީ، ހަޤީޤަތުގައި ސަރުކާރުގެ ދިފާއުގައި ވެސް ރަނގަޅު ފެންވަރަށް އެއްޗެއް ވިދާޅުވެވޭ ބޭފުޅަކަށް ހުންނެވީ ވެސް ހަމައެކަނި އަދީބް ކަމަށެވެ.

ލީކުވެފައިވާ އޯޑިއޯގައި ވަކި ކަމެއް ޔަޤީން ނުވާ ގޮތަށް ކަމަކަށް އިޝާރާތް ކުރައްވާ ނިހާން ވިދާޅުވެފައިވަނީ މަޖިލީހުން ކަމެއް ފާސްކޮށްދެއްވަން ރައިސް ޔާމީން ދެންނެވުމުންވެސް އިދިކޮޅުފަރާތްތަކުން ޤަބޫލު ނުކުރި ކަމަށާއި، ނަމަވެސް އަދީބް ވިދާޅުވުމާއެކު އެފަރާތްތައްވެސް "އޯކޭ" ކަމަށެވެ. މި ވާހަކަ ވިދާޅުވެ ނިހާން ވަނީ މި ކަމަށް ތަޢުރީފު ކުރައްވާފައެވެ.

މި އޯޑިއޯ ލީކު ވުމާ ގުޅިގެން ނިހާންގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީއިން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާއިރު، އަންގާރަ ދުވަހު ލީކުވި އޯޑިއޯތަކާ ގުޅިގެން ސުވާލުކުރުމަށް ގުޅުމުން ވިދާޅުވީ، ރާއްޖެޓީވީއަށް އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާކަމަށެވެ.

އަންގާރަ ދުވަހު ފުރަތަމަ ލީކުވި އޯޑިއޯގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރުންނަށް އިޝާރަތްކުރައްވާ ނިހާން ވިދާޅުވެފައިވަނީ، ހިތްވަރެއް ތިބި ބަޔަކު ނޫޅޭ ކަމަށެވެ. ރައީސް ޔާމީނާއެކު ޓައީ އަޅުއްވާފައި، އަޑުގަދަކޮށް އުޅުއްވާ މެމްބަރުން ވެސް ހިމެނޭ ކަމަށް ނިހާން ވިދާޅުވެފައިވެއެވެ.

ލީކުވި ދެވަނަ އޯޑިއޯގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އިދިކޮޅު ފަރާތްތަކަކީ "އާވާރާ" އިންގެ ގޮތުގައި ނިހާން ވަނީ ސިފަ ކުރައްވާފައެވެ.

ބުދަ ދުވަހު ލީކުވި އޯޑިއޯގައި ރައީސް ޔާމީނަށްވުރެ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ ބާރުގަދަކަމަށް ދޭހަވާގޮތަށް ނިޙާން ވާހަކަ ދައްކަވާފައިވާފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު