Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައީސް ސޯލިހު ވައްކަން ނުކުރައްވާނެކަމަށް ވިދާޅުވެ ޣަފޫރުގެ ހޫނު ރައްދެއް ޖާބިރަށް

6 ނޮވެމްބަރު 2019 | ބުދަ 08:27

ޖާބިރު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ރައީސް ސޯލިހު ޖެހިވަޑައިގެންފައިވާ ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ނޮވެމްބަރު 2019 | ބުދަ 08:27
ހަނިމާދޫ ދާއިރާގެ މެމްބަރ އަބްދުލް ޣަފޫރު މޫސާ

ހަނިމާދޫ ދާއިރާގެ މެމްބަރ އަބްދުލް ޣަފޫރު މޫސާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ ވައްކަން ކުރައްވާނެ ބޭފުޅެއް ނޫންކަމަށް ވިދާޅުވެ ހަނިމާދޫ ދާއިރާގެ މެމްބަރ އަބްދުލްޣަފޫރު މޫސާ ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރަށް ރައްދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މިފަހަކަށް އައިސް ޖާބިރު ގެންދަވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. މިއަދުގެ ޖަލްސާގައި އިންތިގާލީ އިންސާފުގެ ބިލަށް ބަހުސްކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ތަހުގީގުކުރުމަށް މަޖިލީހުން ވަކި ކޮމެޓީއެއް ނެގުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައިވެސް ޖާބިރު ވަނީ ރައީސް ސޯލިހު އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ އެމައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނަށް އެދުމަށް ސިޓީއެއް މިހާރު މަޖިލީހުގެ އިދާރީ މޭޒާ ހަވާލުކޮށްފައިވާ ކަމުގައެވެ. ޖާބިރު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޖާބިރުގެ ވިޔަފާރިތަކަށް ދީފައިވާ ގެއްލުންތައް އިޔާދަ ކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވައުދުވެ ވަޑައިގެންފައިވާ ކަމަށެވެ.

ޖާބިރު ގެންދަވަނީ ނޫމަޑި މައްސަލާގައި ދައުލަތުން ގެއްލުމުގެ ބަދަލު ދިނުމުން އެކަމާ ހިތްޕުޅު ހަމަޖެހިވަޑައި ނުގެންވެސް ވާހަކަ ދައްކަވަމުންނެވެ. އެކަމުގައި ފިނޭންސް މިނިސްޓަރާއި އެކޮނޮމިކް މިނިސްޓަރ އެފައިސާ ދިނީ ރައީސް ސޯލިހު އަންގަވައިގެންކަމަށް ޖާބިރު ތުހުމަތު ކުރެއްވި އެވެ.

ޖާބިރު ވިދާޅުވީ ވައްކަން ކުރި މީހުންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިނުގަންނަވާ ކަމަށެވެ. ޖާބިރުގެ މިވާހަކަތަކަށް މިއަދު ރައްދުދެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ އެވެ. ޣަފޫރުގެ ވާހަކަފުޅުގައި ތަކުރާރުކޮށް ވިދާޅުވީ ރައީސް ސޯލިހަކީ ދިވެހި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރައްވާނެ ބޭފުޅެއް ނޫންކަމުގަ އެވެ.

ޣަފޫރު ވިދާޅުވީ ޖާބިރު އެމޭރުމުން ވާހަކަދައްކަވަނީ އެމަނިކުފަނުގެ އަމިއްލަ މަސްލަހަތު ހިމާޔަތް ނުކޮށްދެވޭތީވެ ކަމަށެވެ.

ރައީސް ސޯލިހު ޖާބިރު އަތުން ފައިސާ ނެންގެވިކަމަށް ޖާބިރު ވިދާޅުވާ ވާހަކައަށް ރައްދުދެއްވަމުން ޣަފޫރު ވިދާޅުވީ ރައީސް ސޯލިހު ޖާބިރުގެ އަތުން ފައިސާ ނުހޯއްދަވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީ އާއި ދައުލަތުގެ ފައިސާއިން ރައީސް ސޯލިހު ފައިސާ ނެންނެގެވި ކަމަށް ޖާބިރު ވިދާޅުވަމުންދާ ކަމަށް ވިދާޅުވެ ޣަފޫރު ވިދާޅުވީ އެންމެން ވައްކަން ކުރާނެ ކަމަށް ދެކުމަކީ މޮޔަ ހިޔާލެއް ކަމަށެވެ. ރައީސް ސޯލިހުގެ ޓްރެކް ރެކޯޑެއް ވައްކަމުގައި ނޯންނާނެ ކަމަށާއި އެއީ ފައިސާ ގައި ޖެހިވަޑައިގެންނަވާނެ ބޭފުޅެއް ނޫންކަމަށް ޣަފޫރު ވިދާޅުވި އެވެ. ތަރައްޤީ ފެނިގެންދާނެކަމަށާއި މިސަރުކާރަކީ ރައްޔިތުންގެ ފައިސާގައި ޖެހޭނެ ސަރުކާރެއް ނޫންކަމަށް ޣަފޫރު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް