Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްގާޒީ ހައިލަމް ސަސްޕެންޑްކުރުން

ހައިލަމް ސަސްޕެންޑްކޮށް، ރައީސް ޔާމިންގެ ހުކުމް އިއްވުން ފަސްކޮށްފި

5 ނޮވެމްބަރު 2019 | އަންގާރަ 05:17

ހައިލަމް ސަސްޕެންޑްކުރީ، ޝެއަރ ކުރެއްވި ފޮޓޮއެއްގެ މައްސަލައިގައި

އަމަން ހަލީމް
އަމަން ހަލީމް | 5 ނޮވެމްބަރު 2019 | އަންގާރަ 05:17
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމް

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމް

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމް ސަސްޕެންޑްކޮށް، އަންގާރަ ދުވަހަށް ތާވަލުކޮށްފައި އޮތް ރައީސް ޔާމިންގެ ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް ފަސްކޮށްފިއެވެ.

ހައިލަމް ސަސްޕެންޑްކުރި މައްސަލައިގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ހައިލަމް ސަސްޕެންޑްކުރެވުނީ ހުށައެޅިފައިވާ ސުލޫކީ މައްސަލައިގެ ތަހުގީގު ކޮމިޓީއަށް ހާޒިރުވާން އުޒުރުވެރުވެވަޑައިގަތުމުން ކަމަށެވެ.

Advertisement - newsAdvertisement

ޖޭއެސްސީން ބުނީ، ހާޒިރު ނުވެވޭނެ ކަމަށް ބަޔާންކުރައްވާ ހައިލަމް ސިޓީއެއް ފޮނުއްވާފައިވާއިރު، އެ ސިޓީގައި ވަނީ ހޯމަ ދުވަހުގެ ރޭ އާންމުކުރެއްވި ބަޔާނުގައި ޖޭއެސްސީއަށް ދޭން ބޭނުންވާ ހުރިހާ މައުލޫމާތެއް ހިމަނާފައިވާނެ ކަމަށެވެ. އަދި ހުށައެޅިފައިވާ މައްސަލައާއި ގުޅޭގޮތުން ދޭން ބޭނުންވާ ހުރިހާ މައުލޫމާތެއް އެ ބަޔާނުގައި ހިމަނާފައިވާނެ ކަމަށް ވެސް ސިޓީގައި ވެއެވެ.

ޖޭއެސްސީއިން ވަނީ އެ ބަޔާނަކީ އިސްގާޒީ ހައިލަމްއާ ގުޅިގެން މިހާރު ބަލަމުންދާ ސުލޫކީ މައްސަލައާއި ގުޅޭގޮތުން އެ ކޮމިޝަނަށް ހޯދުނު ބަސްކަމަށް ބަލައިގަނެފައެވެ.

އިސްގާޒީ ހައިލަމް ސަސްޕެންޑްކޮށްފައިވަނީ، މައްސަލައިގެ ބާވަތުން ޝަރުއީ ދާއިރާގެ އިތުބާރު ގެއްލިދާނެ ޒާތުގެ މައްސަލައަކަށް ވާތީކަމަށް ޖޭއެސްސީއިން ވަނީ ނިންމާފައެވެ. ހައިލަމް ސަސްޕެންޑްކޮށްފައިވަނީ، 60 ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށެވެ. އެ މުއްދަތުގެ ތެރޭގައި ވަޒީފާގެ ހުރިހާ މަސްއޫލިއްޔަތަކުން އެކަހެރިކޮށް، ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ގާޒީ ހައިލަމްއަށް ވަނީ އަންގާފައެވެ.

އިސްގާޒީ ހައިލަމްއާ ގުޅޭގޮތުން ޖޭއެސްސީއިން ބަލަން ފަށާފައިވާ ސުލޫކީ މައްސަލައަކީ، ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައްދުކޮށް ކްރިމިނަލް ކޯޓުގައި މަސައްކަތްކުރާ މުވައްޒަފުން އުޅޭ ވައިބަރ ގްރޫޕެއްގައި ޝެއަރކުރެއްވި ކުރެހުމެއްގެ ފޮޓޯއަކާއި ގުޅިގެންނެވެ.

އެ ފޮޓޯއިން ފެނިގެންދަނީ ނޮވެމްބަރު ތިނެއްގެ ހަމަލާގައި ޝަހީދުވެވަޑައިގެންނެވި ޝަހީދު ހުސައިން އާދަމް، އެ ދުވަހުގެ ހަމަލާގައި އިސްކޮށް އުޅުނު ބައެއް ފަރާތްތައް ޗެންޗޭނު ޖަހައިގެން ގެންދާއިރު، އެ ސަފުގެ ފަހަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތިއްބަވާ މަންޒަރެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް