Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުމްހޫރީ ޕާޓީ

މިސަރުކާރާއި ރައީސް ސޯލިހުއަށް އެއްވެސް މިންވަރަކަށް ފާޑު ކިޔާފައިނުވާނެ: ޖޭޕީ

2 ނޮވެމްބަރު 2019 | ހޮނިހިރު 03:28

މިސަރުކާރު ދަމަހައްޓަން ބުރަ މަސައްކަތް ކުރަން

އަމްނާ އިމާދު
އަމްނާ އިމާދު | 2 ނޮވެމްބަރު 2019 | ހޮނިހިރު 03:28
ޖޭޕީގެ ލީޑަރު ގާސިމް އާއި ރައީސް ސޯލިިހު

ޖޭޕީގެ ލީޑަރު ގާސިމް އާއި ރައީސް ސޯލިިހު

މިސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް އެއްވެސް މިންވަރަކަށް ފާޑު ކިޔާފައިނުވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ސަރުކާރަށް ޖޭޕީން ފާޑު ކިޔާ ނަމަ ސަރުކާރު ކޯލިޝަނުން ނުކުންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވަމުންއެވެ.

Advertisement - newsAdvertisement

ޖޭޕީގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވަނީ، ޖޭޕީން ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި މިސަރުކާރު ދަމަހައްޓަން ވަރަށް ބުރަކޮށް މަސައްކަތް ކުރާކަމަށާއި، ކޯލިޝަން ހެދީ ހިޔާލުތަފާތުވާންޖެހޭ ކަންކަމުގައި ހިޔާލު ހިޔާލުތަފާތުވެ މަޝްވަރާގެ ރިވެތި އުސޫލުން ހިޔާލު އެއްގޮތް މަސައްކަތް ކުރާ ލީޑަރޝިޕެއް ދެމެހެއްޓުމަށް ކަމަށެވެ. އަދި މިހާތަނަށް ޖޭޕީން އިން މިސަރުކާރާ ރައީސް ސޯލިހުއަށް އެއްވެސް މިންވަރަކަށް ފާޑު ކިޔާފައިނުވާ ކަމަށާއި، މެމްބަރު އާޒިމް ދެއްކެވީ ދޮގުވާހަކަތަކެއް ކަމަށެވެ.

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަލިއަޅުއްވާލައްވާ ޖެޕީން ބުނީ އެމަނިކުފާނު ކުރައްވާ ކަންކަމުގައި ފާޑު ކިޔަން ޖެހެނީ ފާޑު ކިޔޭނެ މިންވަރަށް އެކިއެކި ކަންކަމުގައި ގެންގުޅުއްވާ ދިވެހިންނާއި ބީރައްޓެހި ގައުމީ ދީނީ އެއްބައިވަންތަކަން ގެއްލޭ މިންވަރަށް ދައްކަވާ ވާހަކަފުޅާ އަމަލުތަކުގެ ސަބަބުން ކަމަށެވެ.

ޖޭޕީން ބުނީ ކޯލިޝަންގައި އޮތް ނަމަވެސް އިސްލާމް ދީނާއި ގައުމާ ރައްޔިތުންނަށް ގެއްލުންވާނެ ކަމެއް ކުރާނަމަ އެކަމާ ދެކޮޅަށް އެޕާޓީން ވާހަކަދައްކާނެ ކަމަށާއި، ކަންކަން އިސްލާހު ކުރަން ބާރު އަޅާނެ ކަމަށެވެ. އަދި މިހާތަނަށް ރައީސް ސޯލިހު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަށް ޖޭޕީން މަރުހަބާ ކިޔާ ކަމަށް ވެސް ޖޭޕީން ބުންޏެވެ.

މީގެ އިތުރުން ޖޭޕީން ބުނީ ރައީސް ނަޝީދު ފަހަކަށް އައިސް ސަރުކާރުގެ ކަންކަމަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދެކެވުން އާންމުވެފައިވާ މިދަނޑިވަޅުގައި މެމްބަރު އާޒިމްގެ ވާހަކައިން ރައީސް ސޯލިހުގެ ސަރުކާރަކީ އެމްޑީޕީ އާއި ރައީސް ނަޝީދުގެ ހިމެނޭ ސަރުކާރެއް ނޫން ކަމަށް ދޭހަވާ ކަމަށެވެ. އަދި ޖޭޕީން އަބަދު ވެސް ދެމި އޮންނާނީ ކޯލިޝަން ވެރިކަން ހެޔޮ ގޮތުގައި ދަމަހައްޓާ ރައީސް ސޯލިހު އަށް އެއްބާރުލުން ދިނުމަށް ކަމަށް ޖޭޕީން ބުންޏެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް