Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދިޔާނާ އާއި މަހާޒުގެ ނަން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

20 އޮކްޓޯބަރު 2019 | އާދީއްތަ 10:46

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ހުސްވެފައިވަނީ ކުރިން ހުންނެވި ފަނޑިޔާރު އަބްދުﷲ ދީދީ މަޤާމުން ވަކިކުރެއްވުމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 އޮކްޓޯބަރު 2019 | އާދީއްތަ 10:46
ދިޔަނާ ސައީދު، އަދި މަހާޒް އަލީ ޒާހިރު -

ދިޔަނާ ސައީދު، އަދި މަހާޒް އަލީ ޒާހިރު -

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް އައްޔަންކުރަން ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާތީ، އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

ރައީސް ސޯލިހު އެ ދެ ނަންފުޅު މަޖިލީހަށް ފޮނުއްވި މިދިއަ ބުރާސްފަތި ދުވަހު އެވެ. ހޯމަ ދުވަހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން ނެވެ.

Advertisement - newsAdvertisement

އެ ދެ ބޭފުޅުންގެ ނަން އިތުރަށް ދިރާސާ ކުރެއްވުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުއްވުމަށްފަހު، އެކޮމެޓީން ނިންމާ ގޮތެއްގެ މަތިން އަނެއްކާ ވެސް މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކުރެވިގެންދާނެ އެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކަނޑައެޅިގެންދާނީ މަޖިލީހުގައި ނަގާ ވޯޓުން އެންމެ ގިނަ ވޯޓު ހޯއްދަވާ ބޭފުޅެކެވެ.

މަހާޒު އާއި ދިޔާނާގެ ނަންފުޅު ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ރައީސަށް ލަފާއަރުއްވާފައިވަނީ ސެޕްޓެމްބަރު މަހުއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި ހިމެނޭ މީހުން އަތުން ފައިސާ ނެންގެވި ކަމުގެ ތުހުމަތު ކުރެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ރައްޔިތުންގެ މަޖިލީހުން ވަކިކުރުމާއި ގުޅިގެން، އެ މަގާމު ވަނީހުސްވެފައެވެ. އެމަގާމަށް ފަނޑިޔާރަކު އައްޔަން ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ހަ ބޭފުޅަކު ވަނީ ކުރިމަތި ލައްވާފައެވެ. ނަމަވެސް ޖޭއެސްސީން ރައީސަށް ލަފާއެރުއްވީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދިޔާނާ ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ފެނިވަޑައިގަންނަވާކަމަށެވެ.

މަހާޒްގެ ނަންފުޅު ހުށަހެޅުއްވީ ރައީސް ސޯލިހްގެ ފަރާތްޕުޅުންނެވެ. އަދި ޖޭއެސްސީންވެސް ވަނީ މަހާޒްވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ފެނިވަޑައިގަންނަވާކަމަށް ނިންމަވާފަ އެވެ.

މަހާޒް މިހާތަނަށް ހުންނެވި ޑްރަގް ކޯޓުގެ ފަނޑިޔާރުކަމުގަ އެވެ. މީގެކުރިން ޖޭއެސްސީން މަހާޒްގެ މައްސަލައެއްވެސް ބަލާފައިވެއެވެ.

ދިޔާނާއަކީ މީގެކުރިން ދައުލަތުގެ ގިނަ މަގާމުތަކެއް ފުރުއްވި ބޭކަނބަލެކެވެ. އޭގެތެރޭގައި ބަންޑާރަ ނައިބުކަމުގެ އިތުރުން، ސާރކްގެ ސެކެރެޓަރީ ޖެނެރަލްގެ ކަމުގެ މަގާމުވެސް ހިމެނެއެވެ. ދިޔާނާއަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުންނެވެ.

އެންމެފަހުން އައްޔަންކުރެވުނު ޑރ. އަޒްމިރަލްދާ ޒާހިރާއި، އައިޝާ ޝުޖޫން މުހައްމަދާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިވަގުތު ތިއްބެވީ 6 ފަނޑިޔާރުންނެވެ. ކޯޓުތަކުގެ ގާނޫނަށް އެންމެފަހުން ގެނެވުނު އިސްލާހުގައިވާގޮތުން ސުޕްރީމް ކޯޓުގެ ބެންޗުގައި އުއްތަމަ ފަނޑިޔާރާއެކު ޖުމްލަ 7 ފަނޑިޔާރުން ތިއްބަންޖެހެ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް