Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުހައްމަދު ނަޝީދު

އެމްޑީއެންއާ މެދު ފިޔަވަޅު އަޅަންޖެހޭ: ރައީސް ނަޝީދު

11 އޮކްޓޯބަރު 2019 | ހުކުރު 06:24

ހަނގުރާމައަށް މީހުން ފޮނުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 11 އޮކްޓޯބަރު 2019 | ހުކުރު 06:24
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް (އެމްޑީއެން) އާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީއެންއިން ނެރެފައިވާ ރިޕޯޓަކީ އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމުގެ މާނާގައި ލިޔެފައިވާ ރިޕޯޓެއް ނޫންކަމަށް ވިދާޅުވުމާއި ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވަނިކޮށްށެވެ. ބުދަ ދުވަހުގެރޭ އިސްކަންދަރު ސްކޫލުގައި، ޝަހީހު މުސްލިމުގެ ދިވެހި ތަރުޖަމާ އާއި ޝަރަހައިގެ 10 ވަނަ ބައި ނެރެދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނުގެ ގަދަރާއި އިއްޒަތް ގެއްލޭގޮތަށް ބަހުގެ ހަމަތައް ގެންގުޅެފައި ހުރީ ގަސްތުގައި އިސްލާމްދީނަށް ނަފްރަތު އުފައްދައި ބަލިކަށިކޮށްލުމުގެ މާނައިގައި ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ރިޕޯޓުގައި ގެންގުޅުނު ބަސް މަގު ގޯސްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެ ބަސް މަގު އެމްޑީއެންގެ ރިޕޯޓުގައި ގެންގުޅެފައި ވަނީ ގަސްތުގައި ކަމަކަށް އެމަނިކުފާނު ގަބޫލުނުކުރައްވާކަމަށެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެން އާއި މެދުވެސް ފިޔަވަޅު އަޅަންޖެހޭކަމަށެވެ. އަދި ހަނގުރާމައަށް މީހުން ފޮނުވާ ފަރާތްތަކާއި މެދު ވެސް އަދި ގޮތް ނޭނގޭ މަރުތަކާއި ގުޅޭ މީހުންނާއި މެދުވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީއެންއާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، އެޖަމްއިއްޔާއާ މެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާފައިވާ ކަމަށް ދީނީ އިލްމުވެރިން ބުނެފައިވެއެވެ. ''ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ'' ނަމުގައި އެމްޑީއެން ފަރާތުން އާންމުކުރި ރިޕޯޓުގައި ﷲ އަށާއި ރަސޫލާ އަށް ފުރުއްސާރަކޮށްފައިވާތީ އެ ޖަމިއްޔާގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލަމަށް ޖަމިއްޔާތަކުގެ ބެލެނިވެރިފަރާތް ކަމަށްވާ ޔޫތް މިނިސްޓްރީން، އެ ޖަމްއިއްޔާއަށް ވަނީ އަންގާފައެވެ.

ޔޫތް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނީ، އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނަށާއި، ކީރިތި ރަސޫލާ އަށް ފުރުއްސާރަކޮށްފައިވާ ކަމަށް ތުހުމަތުގައި ފުލުހަށް ހުށައެޅިފައިވާ މައްސަލަ ތަހުގީގު ކުރަމުންދާތީވެ ޖަމިއްޔާތަކާބެހޭ ރަޖިސްޓަރ އަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން ބުރާސްފަތި ދުވަހުން ފެށިގެން ޖަމިއްޔާގެ ހަރަކާތްތައް ހުއްޓާލަން އަންގާފައިވާ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އެ ޖަމްއިއްޔާއިން ވަނީ އެ ރިޕޯޓު ނަގައި އެކަމަށް މާފަށް އެދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ބުނެފައެވެ. އަދި އެ ޖަމްއިއްޔާގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ރައީސް އޮފީހުގެ އެންޓި ޓެރަރިޒަމް ކޮންސަލްޓެންޓް ނޫޝިން ވަހީދު ވަނީ އެމްޑީއެންގެ މެމްބަރު ކަމުން ވަކިވެފައެވެ.

ދީނަށް ފުރައްސާރަކޮށް ކޮށްފައިވާ ރިޕޯޓާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެ ރިޕޯޓްގެ މައްސަލަ 2016 ވަނަ އަހަރު ބަޔަކު ހުށައެޅި ކަމަށާއި، އެކަމަކު އޭރު އެ މައްސަލަ ބަލާފައިނުވާ ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް