Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ19 ވަނަ ރައްޔިތުންގެ މަޖިލީސް

ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކޮށްދޭ ބިލް ފާސްކޮށްފި

ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުން އެއް އިސްލާހު ހުށަހެޅި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 8 އޮކްޓޯބަރު 2019 | އަންގާރަ 08:56
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ވިސްލްބްލޯ ކުރާ ފަރާތްތަށް ރައްކާތެރިކޮށްދޭ ބިލް މަޖިލީހުން ފާސްކޮށްފިއެވެ. ބިލް ފާސްކުރަން ފެންނަ ކަމަށް 70 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ.

ވިސްލް ބްލޯ ކުރާ ފަރާތްތައް ރައްކާތެރިކޮށްދޭ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲއެވެ.

Advertisement - newsAdvertisement

މި ބިލް މަޖިލީހަށް ބަލައިގެންފައިވަނީ 17 ޖުލައި 2019 ގައި އޮތް މަޖިލިސް ޖަލްސާގައެވެ. ބިލް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކޮށްފައިވާއިރު، ކޮމިޓީގައި ދިރާސާކުރުމަށް 2 މަހަށްވުރެ ގިނަ ދުވަސް ވަނީ ހޭދަކޮށްފައެވެ. ބިލް ދިރާސާކުރަމުން ދިޔައިރު އާންމުންގެ ޚިޔާލާއި ކަމާއި ބެހޭ ގިނަ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ހޯދާފައި ކަމަށް ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ވަނީ ވިދާޅުވެފައެވެ.

ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުން އެއް އިސްލާހު ހުށަހެޅިއެވެ. އެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް 63 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ.

ބިލްގައިވާގޮތުން ގާނޫނީ ޒިންމާއެއް އަދާނުކުރުމާއި، އިންސާނީ ހައްގަކާ ހިލާފު އަމަލެއް ހިންގުމާއި، ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ ގާނޫނަކާ ހިލާފު ކަމެއް ކުރުމާއި، ކޮރަޕްޝަންގެ އަމަލެއް ހިންގުމާއި، ދައުލަތުގެ މަގާމު ނަހަމަ ގޮތުގައި ބޭނުން ކުރާކަމަށް ވިސްލްބްލޯކުރާ މީހަކަށް ވަކި ގޮތަކަށް ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކަށް އެންގުމުގެ އިހްތިޔާރު މުއައްސަސާއަށް ލިބިގެންވެއެވެ. އަދި ވިސްލްބްލޯ ކުރާ ފަރާތުގެ ނަމާއި، އެޑްރެހާއި، އުމުރާއި، އާއިލާއާ ބެހޭ މައުލޫމާތާއި، ވަޒީފާ އަދާކުރާ ތަނާއި، މަގާމު ފަދަ މައުލޫމާތުތައް ސިއްރު ކުރަން ޖެހެއެވެ. މި މައުލޫމާތު ހާމަކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާ، ކުށުގެ އަދަބަށް ތިން މަސް ދުވަހާއި ފަސް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ގޭގައި ބަންދު ކުރުންކަން ހިމަނާފައިވެއެވެ.

އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ކޮމިޓީ މަރްހަލާގައި ބިލަށް ގެނެސްފައިވާ ބަދަލަކީ "ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް"ގެ ނަމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި ޔުނިޓެއް އުފެއްދުމެވެ.

ރޮޒައިނާ އާދަމް ވިދާޅުވީ މި ޔުނިޓް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ވިސްލް ބްލޯ ކުރާ ފަރާތްތަކައް ރައްކާތެރިކަން ހޯދައިދިނުމަށްޓަކާ މިނިވަންކަމާއި އެކީގައި މަސައްކަތް ކުރާނޭ ކޮންމެވެސް އުސޫލެއް އޮތުން ކަމަށެވެ. އަދި އެ ކޮމިޝަން ހިއުމަން ރައިޓްސް ކޮމިޝަނުގެ ދަށުގައި އޮތް ނަމަވެސް އެ ޔުނިޓަކީ މިނިވަން ކަމާއި އެކީގައި މަސައްކަތް ކުރާނޭ މިނިވަން ޔުނިޓެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު