Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޕްލޭން ތަންފީޒު ކުރުމަށް ޝަރުއީ ދާއިރާ އާއި މަޖިލީހުން އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގެންފި

3 އޮކްޓޯބަރު 2019 | ބުރާސްފަތި 07:07

ގިނަ ބިލްތަކެއް ވަނީ ފާސްކޮށްފައި

އަލީ ސަމާޚް
އަލީ ސަމާޚް | 3 އޮކްޓޯބަރު 2019 | ބުރާސްފަތި 07:07
ސަރުކާރުގެ ފަސް އަހަރުގެ ސްޓްރެޓިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ

ސަރުކާރުގެ ފަސް އަހަރުގެ ސްޓްރެޓިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ

މި ސަރުކާރުން ފަސް އަހަރު ތެރޭގައި ކުރާނެ ކަންތައްތައް ތަކަށް އެކުލެވައިލި ''ސްޓްރެޓެޖިކް'' ޕްލޭން ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުންނާއި ޝަރުއީ ދާއިރާގެ އެއްބާރުލުން ދިނުމަށް ރައީސް ސޯލިހު އެދިވަޑައިގެންފިއެވެ.

ރައީސް މިހެން އެދިވަޑައިގަތީ ބުރާސްފަތި ދުވަހު ސަރުކާރުގެ ''އެސްއޭޕީ'' އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެސްއޭޕީ ތައްޔާރު ކޮށްފައިވަނީ، ސަރުކާރުގެ އެކި އިދާރާތަކާއި، ދައުލަތުގެ އެކި މުއައްސަސާތައް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން މަދަނީ ޖަމްއިއްޔާތަކުގެ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށެވެ.

Advertisement - newsAdvertisement

މަޖިލީހާ ޝަރުއީ ދާއިރާގެ އެއްބާރުލުން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވެފައިވާއިރު, 19 ވަނަ މަޖިލީސް އިންތިހާބުވުމަށް ފަހު ސަރުކާރުން ވަނީ މަޖިލީހަށް ގިނަ ބިލްތަކެއް ހުށައަޅާފައެވެ.

އެގޮތުން ނަވާރަ ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލިއިރު މުހިއްމު ބިލްތަކެއް ފާސްކޮށްފައިވާ އިރު، އޭގެ ތެރޭގައި ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލާއި، މަސްވެރިކަމުގެ ބިލުގެ އިތުރުން އެޖެންޑާ 19 ގައި ހިމެނޭ ގިނަ ބިލްތަކެއް ވަނީ ފާސްކޮށްފައެެވެ. ދެވަނަ ދައުރުގެ ޖަލްސާތައް ފަށާފައި ވަނީ ބުރާސްފަތި ދުވަހުގައެވެ.

ވެރިކަން ކުރާ މައި ޕާޓީގެ ޢައުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ފުރަތަމަ ދައުރަށް ދެއްްވާފައިވަނީ ''ބީ ޕްލަސް'' އެކެވެ. ރައީސް ނަޝީދު އާއި ރައީސް ސޯލިހުއާއި ދެމެދު ނުތަނަވަސްކަމެއް އުފެދިގެން އުޅޭ ކަމަށް ދާދި ފަހުން ވަނީ އަޑުފެތުރު ކަމުގައިވީ ނަމަވެސް، ރައީސް ސޯލިހު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.

އެމްޑީޕީ މެނިފެސްޓޯގައި ހިމެނިގެން ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތްވެސް ދަނީ ވަރަށް ބާރަށް ކުރަމުންނެވެ. އެމްޑީޕީން ދެކޭ ގޮތުގައި ''ކިލަނބުވެފައިވާ'' ޝަރުއީ ދާއިރާ އިސްލާހު ކުރެވޭނީ ފަނޑިޔާރުގެ އިސްލާހު ކޮށްގެންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ގެންދަނީ، މީގެ ކުރިން ފަނޑިޔާރުންނާއި ބެހޭ ގޮތުން އެ ކޮމިޝަނަށް ހުށައެޅިފައިވާ ގިނަ މައްސަލަތަކެއް ބަލައި ތަހުގީގު ކުރަމުންނެވެ.

އެގޮތުން މިހާރުވެސް ގިނަ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންދާއިރު، ފުރަތަމަ ފަހަރަށް މަޖިލީހުން ރުހުންދީގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަނީ މަގާމުން ވަކިކޮށްފައެެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ހިފި ކަމުގެ ތުހުމަތު ކުރެވިގެން ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކޮށްފައިވަނީ މަޖިލީހުގެ ފުރިހަމަ އަޢްލަބިއްޔަތުންނެވެ. ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ މަގާމަށް ފުރަތަމަ ފަހަރަށް ދެ އަންހެން ބޭފުޅުން އައްޔަން ކުރައްވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް