Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންވަޔަރަމަންޓް މިނިސްޓްރީ

އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފެެއްދުމުގެ ފުރަތަމަ މަރްހަލާގެ 30 އިންސައްތަ ނިމިއްޖެ: ޑރ ހުސެއިން

އަމާޒަކީ 2030 ވަނަ އަހަރު އަންނައިރު ކަރަންޓްގެ 70 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން ބޭނުންކުރުން ކަމަށް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2019 | ބުދަ 12:50
އެންވަޔަރަމަންޓް މިނިސްޓަރ ޑރ ހުސެއިން ރައްޔިތުންގެ މަޖިލީހުގައި

އެންވަޔަރަމަންޓް މިނިސްޓަރ ޑރ ހުސެއިން ރައްޔިތުންގެ މަޖިލީހުގައި

އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތުގެ ފުރަތަމަ މަރްހަލާގެ 30 އިންސައްތަ މަސައްކަތަށް ބޭނުންވާ ފާއިސާގެ ލިބިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.

އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދާ ނިޒާމްތައް ނެޓް މީޓަރިންގ އުސޫލުން ކަރަންޓްގެ ވިއުގައަށް ގުޅާލުމާއިބެހޭ ގަވާއިދު އިސްލާހުކުރުމާއި ގުޅޭގޮތުން އެންވަޔަރަމެންޓް މިނިސްޓްރީގެ އިސްބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ބުދަ ދުވަހު ވަނީ ބައްދަލުކޮށްފައެވެ.

Advertisement - newsAdvertisement

ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފުރަތަމަ މަރްހަލާގައި އެކަމަށް ބޭނުންވާ ހަކަތަ އުފެއްދުމުގެ މަސައްކަތަށް ބޭނުންވާ ފާއިސާ ތަފާތު ޕްރޮޖެކްޓްތަކުން ލިބިފައިވާ ކަމަށެވެ. އަދި ލ، ފުވައްމުލަކުގައި 30 ޕަސެންޓަށްވުރެވެސް މައްޗަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާނީ ބިޑަށް ހުޅުވާލައިގެން ނޫން ކަމަށާއި، ފާއިސާ ހޯދައިގެން ޕްރޯއެކްޓިވްކޮށް އެނާރޖީ ޖަހައިދިނުމަށްފަހު، ޔުޓިލިޓީ ކުންފުނިތަކާއި ހަވާލުކުރާނީ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އިއުލާންކޮށްގެން އެނާރޖީ އަމިއްލަ ޚަރަދުގައި ޖެހީމައި ކަރަންޓް ގަތުމުގެ ކަންތައް ކުރަމުން އަންނަ ކަމަށާއި، އެގޮތުން މާލެ ސަރަހައްދުގައި ދެ ކޮންޓްރަކްޓަރަކާއި އެކު މިނިސްޓްރީން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މޮޑެލް އިތުރަށް ފުޅާކުރަން ބޭނުންވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެ މޮޑެލް ފުޅާކުރުމުން މިހާރު އަމިއްލައަށް ފާއިސާ ހޯދައިގެން މި ހިންގާ ވަރަށްވުރެ އަވަހަށް ސަރުކާރުން ބޭނުންވާ ޓާރގެޓަށް ވާސިލްވެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ ނިޒާމަށް ދިޔުމުގެ މަސައްކަތް ކުރިއަށް އޮތްތާގައި ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންނަށް ހެޔޮ އަގުގައި ކަރަންޓް ފޯރުކޮށްދިނުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދޭ އެންމެ މަތީ މިންވަރަށް ކަރަންޓް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކޮމިޓީން ވަނީ މިނިސްޓަރ އަރިހުގައި އެދިވަޑައިގެންފައެވެ.

ޖަޒީރާ މެނިފެސްޓޯގައި އޮންނަނީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓް އަގު ހެޔޮ ކުރުން ކަމަށާއި، މިނިސްޓްރީގެ މަސައްކަތް ބައްޓަންވާންޖެހޭނީ އެގޮތަށް ކަމަށް ކޮމިޓީގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ. އަދި އެ ނޫން ނިޒާމަކަށް ކަންތައް ކުރިއަށްދާނަމަ ކޮމިޓީގެ އެއްވެސް އެއްބާރުލުމެއް މިނިސްޓްރީއަށް ނުލިބޭނެ ކަމަށް ކޮމިޓީގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ. ކުންފުނިތަކުގެ ފާއިދާއަށް ވުރެ މުޅި ސިޔާސަތު އެކުލަވާލުމުގައި ވިސްނުން ބަހައްޓަންޖެހެނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމަށާއި، ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގައިވެސް އަދި އެޖެންޑާ 19 ގައިވެސް އެކަން އޮތީ އެގޮތަށް ކަމަށް ކޮމިޓީގެ މެމްބަރުން ވަނީ މިނިސްޓްރީގެ ބޭފުޅުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވެފައެވެ. ކޮމިޓީގެ މެމްބަރުން ވަނީ އަކުރުން އަކުރަށް ފިލިން ފިއްޔަށް އެޖެންޑާ 19 ގައި ހިމެނޭ ކަންތައް ތަންފީޒްކޮށްދެއްވުމަށް މިނިސްޓަރ އަރިހުގައި އެދިވަޑައިގެންފައެވެ.

މިިނިސްޓަރ ވިދާޅުވީ އަމާޒަކީ 2030 ވަނަ އަހަރު އަންނައިރު ކަރަންޓްގެ 70 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން ބޭނުންކުރުން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!

ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!

24 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ

މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ

06 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު