Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލިފާނުގެ ހާދިސާ

މާލޭގައި ހިނގި ދެ އަލުފާނުގެ ހާދިސާއަކީ ޓެރެރިޒަމާއި ގުޅުންހުރި ހާދިސާތަކެއް ނޫން: ފުލުހުން

2 އޮކްޓޯބަރު 2019 | ބުދަ 13:33

އަލިފާން އެންމެ ފުރަތަމަ ރޯވީ ހ. ތިލަފުށީގޭގައިކަން ވަނީ ކަށަވަރުކުރެވިފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 2 އޮކްޓޯބަރު 2019 | ބުދަ 13:33
އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން

އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން

ފުލުހުން މިހާތަނަށް ހިންގާފައިވާ ތަހުގީގުތަކުން މާލޭގައި މިދިޔަ މަހު ހިނގި ދެ އަލިފާނުގެ ހާދިސާއަކީ ޓެރެރިޒަމާއި ގުޅުންހުރި ހާދިސާއެއް ނޫންކަން އެނގިފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ބުދަ ދުވަހުގެ މެންދުރުފަހު ފުލުހުންގެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިންޓެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މިހާތަނަށް ސެޕްޓެމްބަރު 20 ވަނަ ދުވަހު މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހިތާމަވެރި ހާދިސާއާއި ގުޅިގެން 21 ތަނެއް ބަލައި ފާސްކޮށްފައިވާނެކަމަށެވެ. އަދި އޭގެތެރެއިން 118 އެޕާޓްމަންޓެއް އެކި ފަހަރުމަތިން ވަރަށް ޑީޓެއިލް ކޮށް ބަލައި ފާސްކޮށްފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިހާތަނަށް އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި އެ ސަރަހައްދަށް ހާދިސާ ހިނގި އިރުގައި ތިބި 20 ފަރާތެއްގެ މައުލޫމާތު ސާފުކުރެވި މަންޒަރު ދުށް ފަރާތުގެ ގޮތުގައި 23 ފަރާތަކާއި ވާހަކަދައްކައި މައުލޫމާތު ސާފުކޮށްފައިވާކަމަށް ބަޝީރު ވިދާޅުވި އެވެ. އަދި އަލިފާން ރޯވި ސަބަބު ދެނެގަތުމަށްޓަކައި އެ ސަރަހައްދުގައިވާ އިމާރާތްތަކުގެ ކެމެރާތަކުން 27 ފުޓޭޖްއެއް ނެގިފާއިވާއިރު އޭގެތެރެއިން 25 ފުޓޭޖް އެއް މިވަގުތު އެނަލައިޒްކޮށް މައުލޫމާތު ނަގާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ބެލި ބެލުމުން ގުދަނުގައި 12 ވައްތަރެއްގެ ކެމިކަލް ރައްކާކުރެވިފައި ހުރިކަމަށް އެނގޭކަމަށާއި އެކި ތަންތަން ސާފުކުރުމަށާއި އެއްޗެހި ދޮވުމަށް ބޭނުންކުރާ ކެމިކަލްތައް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި ދެވަނަ ގުދަނުގައި ހުރީ ކެއުމަށް ބޭނުންކުރާ ތަކެތި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ތަފްސީލްތައް އިތުރަށް ހާމަކުރައްވަމުން ފުލުހުން ބުނެފައިވަނީ މިހާތަނަށް ހޯދުނު ހޯދުންތަކުން އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ހ. ތިލަފުށީގޭގައި ހުރި ގުދަނެއްގައި ކަން ކަށަވަރުކުރެވިފައިވާކަމަށެވެ. ފުލުހުން ބުނެފައިވަނީ ގުދަނުގައި ހުރި ހުރިހާ ކެމިކަލްތަކަކީ ހުއްދަ ދެވިގެން އެތެރެކޮށްފައިވާ އެއްޗެހި ކަމަށާއި އަދި އެ ފަރާތްތަކަށް ޑިފެންސް މިނިސްޓްރީން މިދިޔަ އަހަރު ގުދަންކުރުމަށް ހުއްދަ ދީފައިވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

އަލިފާނުގެ ހާދިސާގައި މަރުވި ޝައުނާ މަރުވި ގޮތުގެ މައުލޫމާތު ހިއްސާކުރުމުން ފުލުހުން ބުނެފައިވަނީ އެންމެ ފަހުން ޝައުނާ އާއި އާއިލާއިން މުއާމަލާތްކުރެވިފައިވަނީ 7:24 ގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާކަމަށެވެ. އެއާއެކު ފުލުހުންނާއި ސިފައިން ގުޅިގެން ކުރި މަސައްކަތުން ޝައުނާގެ ހަށިގަނޑު ފެނިފައިވަނީ އެ ރޭ 11:20 ހާއިރު ކަމަށެވެ. މިހާތަނަށް ފުލުހުން ބެލި ބެލުމުންނާއި ކުރި ތަހުގީގުން އަލިފާން ރޯވުމުގައި އެއްވެސް މީހެއްގެ އިހުމާލެއް ނުވަތަ ގަސްތުގައި ރޯކޮށްފައިވާކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން ސެޕްޓެމްބަރު 30 ގައި ހިނގި ހާދިސާގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނެފައިވަނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އަލިފާން ފުރަތަމަ ރޯވެފައިވަނީ ނެވި ލޯންޗުގައިކަން ކަށްވަރުވެފައިވާކަމަށެވެ. އަދި މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދީފައިވާގޮތުގައި ލޯންޗުގައި އެއިރު ތިބި ބައެއް ފަރާތްތަކުން ދުންފަތުގެ އިސްތިއުމާލުކޮށްފައިވާކަމަށް ބަޝީރު ވިދާޅުވި އެވެ. ނަމަވެސް އެ ހާދިސާ ހިނގީ އެ ސަބަބާހުރެކަމެއް، އެ ފަރާތްތަކުގެ ބަހެއް ނެގިފައި ނުވާތީ ދަންނަވަން ނޭނގޭ ކަމަށާއި އެ މައުލޫމާތު ހޯދުމަށް ފަހު އެކަން ކަށަވަރު ވެގެންދާނެކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ އިތުރަށް އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް