Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފ. އަތޮޅު ވިއްކާލުން

ފ. އަތޮޅުގެ ނަން "ސައުދީ އަތޮޅަށް" ބަދަލުކޮށްފި!؟

މެންބަރުން މުބީން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 12 މާރިޗު 2017 | އާދީއްތަ 09:56
ފ. އަތޮޅުގައި ކުރިން މީހުން ދިރިއުޅުނު، ހިމިތި

ފ. އަތޮޅުގައި ކުރިން މީހުން ދިރިއުޅުނު، ހިމިތި

ފ. އަތޮޅުގެ ނަން "ސައުދީ އަތޮޅަށް"، ރައްޔިތުންގެ މަޖިލީހުގެ ފ. ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ބަދަލު ކުރައްވައިފި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ފ. އަތޮޅަށް ވަޑައިގަތުމަށް ލޯންޗެއްގައި ހުންނަވައިގެން ނަންގަވާފައިވާ ފޮޓޯތަކަކާއެކު މުބީން އޭނާގެ ފޭސްބުކްގައި ހުކުރު ދުވަހު ލިޔުއްވާފައިވަނީ، "ލޯކަލް ކައުންސިލް އިންތިހާބުގެ ފ. އަތޮޅުގެ ކެމްޕެއިން ލޯންޗު ކުރުމަށް ސައުދީ އަތޮޅަށް ދަތުރުކުރަނީ" ކަމަށެވެ.

Advertisement - newsAdvertisement

"ސައުދީ އަތޮޅަށް" ދަތުރުކުރައްވަނީ ކަމަށް ވިދާޅުވެ މުބީން ކުރެއްވި ޕޯސްޓުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ އެކި މަގާމުތައް ފުރުއްވާ ބޭފުޅުންގެ ފޮޓޯ އެޓޭޗް ކޮށްފައިވެ އެވެ.

އެގޮތުން، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލާއި، ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާއާއި، އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު އެ ފޮޓޯތަކުން ފެނެ އެވެ.

މުބީން ފޭސްބުކް ގައި ކުރައްވާފައިވާ ޕޯސްޓް

ފ. އަތޮޅަށް "ސައުދީ އަތޮޅުގެ" ނަމުން މެންބަރުން މުބީން މުޚާތަބު ކުރައްވާފައިވާއިރު، އެ އަތޮޅު ނުވަތަ އަތޮޅުން ބައެއް ސައުދީ އަރަބިއްޔާ އަށް ނުވަތަ އެގައުމުގެ ޝާޚީ އާއިލާގެ ބޭފުޅަކަށް ވިއްކާލަން އުޅޭ ކަމަށް ބުނާ އަޑުތައް ވަނީ ގަދަވެފަ އެވެ.

ފ. އަތޮޅުގައި 10 ބިލިއަން ޑޮލަރުގެ ބިޔަބޮޑު މަޝްރޫއެއްގެ ސައުދީ އަރަބިއްޔާ އިން ހިންގަން އުޅޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވެ އެވެ. އަދި އެ އަތޮޅަށް ސައުދީގެ ވަރަށް ބޮޑު ޝައުގުވެރިކަމަށް އެބަހުރި ކަަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ނަމަވެސް، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އިން ވަނީ އެފަދަ މަޝްރޫއެއް ރާއްޖޭގައި ހިންގުމަށް އެގައުމުން ނުޅޭ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ ރާއްޖޭގެ ރަށެއް އަދި އަތޮޅެއް ވެސް އެގައުމުން ގަންނަން ނޫޅޭ ކަމަށާއި އަދި ރާއްޖޭގައި އެގައުމުން ބޮޑު މަޝްރޫއެއް ހިންގަން އުޅޭ ވާހަކައަކީ ދޮގެއް ކަމަށެވެ.

ފ. އަތޮޅާއި ސައުދީއާ ގުޅުވައިގެން ދައްކާ ވާހަކަތައް ބޭރުގެ މީޑިއާތަކުގެ ފަލަސުރުޚީ އަށް އަރާފައިވާއިރު، މިމަހުގެ ތެރޭގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރާއްޖެ އަށް ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ސަލްމާން ރަސްގެފާނުގެ ދަތުރުފުޅުގެ ތައްޔާރީތަކަށް އެގައުމުގެ މަނަވަރެއް ރާއްޖެ އައިސްފައިވާއިރު، ދިވެހި ސަރުކާރުން ވެސް ދަނީ ތައްޔާރީތައް ވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު