Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުގެ ދާހިލާ ހަނގުރާމަ

ސައުދީ އަސްކަރިއްޔާގެ ހާހެއްހާ މީހުން ހައްޔަރުކޮށްފި ކަމަށް ހޫތީން ބުނެފި

29 ސެޕްޓެމްބަރު 2019 | އާދީއްތަ 05:03

ސައުދީ ސިފައިންގެ ހާހެއްހާ މީހުން ހައްޔަރުކޮށްފައިވާ ހޫތީން ބުނެފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 29 ސެޕްޓެމްބަރު 2019 | އާދީއްތަ 05:03
ޔަމަނުގެ ހޫތީ ހަނގުރާމަވެރިންތަކެއް

ޔަމަނުގެ ހޫތީ ހަނގުރާމަވެރިންތަކެއް | ދި ނެޝަނަލް އިންޓްރެސްޓް

ސައުދީ އަރަބިއްޔާ ޔަމަނާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ބަދަލުކުރި ހަމަލާތަކަކަށް ފަހު، ސައުދީ އަސްކަރިއްޔާގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ޔަމަނުގެ ހޫތީ ޖަމާއަތުން ބުނެފިއެވެ.

ޔަމަނުގެ ހޫތީ ޖަމާއަަތުގެ ތަރުޖަމާނަކު ބުނީ، ހޮނިހިރު ދުވަހު ދިން ހަމަލާއެއްގައި ސައުދީ އަސްކަރިއްޔާގެ ތިން ބްރިގޭޑެއްގެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހޫތިން ބުނާގޮތުން ނަމަ، ސައުދީ އަސްކަރިއްޔާގެ ބަޔަކު ހައްޔަރުކޮށްފައިވަނީ ތިން ދުވަސް ކުރިން ދިން ހަމަލާތަކެއްގައެވެ. މި ހަމަލާތަކުގައި ހޫތީ ޖަމާއަތުގެ ޑްރޯންތަކާއި، މިސައިލް އަދި އެއަރ ޑިފެންސް ޔުނިޓްތައް ބައިވެރިވީކަމަށް ހޫތީން ބުނެފައިވެއެވެ.

ހޫތީން ހިންގަ އަލް މަސިރަހް ޓީވީން ރިޕޯޓްކޮށްފައިވަނީ، ސައުދީ އަސްކަރިއްޔާގެ ހާހެއްހާ ސިފައިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ އަރމަރޑް އުޅަނދުފަހަރު އަތުލައިގަނެފައިވާ ކަމަށް ވެސް އެ ޗެނަލުން ރިޕޯޓްކޮށްފައިވެއެވެ.

ހޫތީން ވަނީ މި ހަމަލާއަކީ އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ ބާރު އަންދާޒާކޮށްލަން، ސައުދީއަށް ލިބުނު އިންޒާރެއްކަމަށް ބުނެފައެވެ. އަދި މި ހަމަލާތަކުން ހާމަވެގެން ދަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިންނަށް ސައުދީއަށް ވަދެ، ހަމަލާދިނުމުގެ ގާބިލިއްޔަތު ހުރިކަން ކަމަށްވެސް ހޫތީން ބުނެފައިވެއެވެ. ކުރިޔަށް އޮތް ތަނުގައިވެސް ސައުދީން ޔަމަނަށް ހަމަލާ ދޭނަމަ، މިހެން ހަމަލާދޭނަކަމުގެ އިންޒާރުވެސް ހޫތީން ދީފައިވެއެވެ.

ހޫތީން އިތުރަށް ބުނެފައިވަނީ، ހައްޔަރުކުރި ސައުދީ ސިފައިން ބައިތިއްބާނެ ތަނެއް ހާމަކުރެވެން ނެތް ކަމަށެވެ. މިހެން ކަން ކުރަން ނިންމީ ސައުދީ ވައިގެ ހަމަލާތަކުން ސަލާމަތްވުމަށް ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ. ހޫތީން ވަނީ ސައުދީ އަސްކަރިއްޔާގެ އެއްވެސް މީހަކަށް އަނިޔާ ނުކުރާނެކަމުގެ ޔަގީންކަން ދީފައެވެ.

ދެ ގައުމުގެ ސަރަހައްދީ ރޮނގު ގުޅޭ ސަރައްހައްދުގައި އޮންނަ ސައުދީގެ ނަޖްރާންއާ އިންވެގެން އޮންނަ ޔަމަނުގެ ސަރަހައްދީ ރޮނގުކައިރީގައި ބަދަލުކުރި ހަމަލާތަކާ ގުޅޭގޮތުން މިހާތަނަށް ސައުދީން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ޔަމަނުގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި، އެގައުމުގެ ސަރުކާރަށް އެހީތެރިވެދިނުމުގެ ގޮތުން ސައުދީއާ، އެ ގައުމާ ގުޅިފައިވާ ގައުމުތަކުގެ ކޯލިޝަނުން ދަނީ ހޫތީންނަށް އަމާޒުކޮށް ވައިގެ ހަމަލާ ދެމުންނެވެ. އަދި މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހޫތީންވެސް އަންނަނީ ސައުދީއަށް އަމާޒުކޮށް ޑްރޯންގެ ޒަރިއްޔާއިން ސައުދީއަށް ދެމުންނެވެ.

މިފަހުން ސައުދީގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް ދިން ހަމަލާގެ ޒިންމާވެސް، ހޫތީ ޖަމާއަތުން ވަނީ ނަގާފައެވެ. އަދި އެ ހަމަލާއާ ގުޅިގެން ސައުދީގެ ސާފުނުކުރާ ތެޔޮ އުފައްދާ މިންވަރު ދަށްވެ، ދުނިޔޭގެ ތެޔޮ އުފައްދާ މިންވަރު ވަނީ ފަސް އިންސައްތައިން ދަށަށް ގޮސްފައެވެ.

ހޫތީ ޖަމާއަތުން މިހަމަލާގެ ޒިންމާ ނެގި ނަމަވެސް، ސައުދީއާއި އެމެރިކާ އަދި އިނގިރޭސިވިލާތާއި ފަރަންސޭސްވިލާތުގެ އިތުރުން ޖަރުމަނުން ވެސް ވަނީ، މި ހަމަލާގެ ފަހަތުގައި ވަނީ އިރާން ކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
24 ފެބުރުއަރީ 2017

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި

23 ފެބުރުއަރީ 2017
މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް