Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެރަރިސްޓް ޖަމާއަތްތައް

އައިސިސް އާއިއެކު 16 ޓެރަރިސްޓް ޖަމާއަތެއްގެ ނަން އިއުލާންކޮށްފި

19 ސެޕްޓެމްބަރު 2019 | ބުރާސްފަތި 10:59

ލިސްޓުގައި ހިމެނެނީ ޖުމްލަ 17 ޖަމާއަތެއްގެ ނަން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 ސެޕްޓެމްބަރު 2019 | ބުރާސްފަތި 10:59
އިސްލާމިކް ސްޓޭޓަށް ތާއީދުކުރާ ބަޔަކު ބޭއްވި މުޒާހަރާގެ ތެރެއިން

އިސްލާމިކް ސްޓޭޓަށް ތާއީދުކުރާ ބަޔަކު ބޭއްވި މުޒާހަރާގެ ތެރެއިން

ދިވެހި ސަރުކާރުން ގަބޫލުކުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ނަންތައް އިއުލާނުކޮށްފި އެވެ.

2015 ވަނަ އަހަރު ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ވުޖޫދަށް ގެނައިއިރު އެގާނޫނުގެ 18 ވަނަ މާއްދާގައި ބުނެފައިވަނީ ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ނަމަވެސް ފަހުން އެ ގާނޫނަށް 2016 ވަނަ އަހަރުގައި ގެނައި އިސްލާހުގައި ބުނެފައިވަނީ ޓެރަރިސްޓް ޖަމާއަތްތައް ރައީސް ކަނޑައެޅުއްވި ނަމަވެސް ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުޝާދާއެކު ސިފައިން ބަލަހައްޓަންވާނެ ކަމަށެވެ.

Advertisement - newsAdvertisement

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް މިސަރުކާރުން އިސްލާހު ހުށައެޅިއިރު އެގާނޫނުގެ 18 ވަނަ މާއްދާއަށް ވަނީ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅާނީ، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާކަމަށް ބަދަލު ގެނައުމަށް ހުށައަޅާފައެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓެރަރިސްޓް ޖަމާއަތްތައް ހާމަ ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ބިލްގައިވާގޮތަށް ހަނގުރާމަވެރި ސަރަހައްދުތަކަކީ ކޮން ސަރަހައްދު ތަކެއްތޯ ކަނޑައަޅުއްވާނެތޯ ރާއްޖެ.އެމްވީން ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ގާނޫނަށް ގެންނަ އިސްލާހު ގެނައުމުން، ގާނޫނުގައި ވާގޮތަށް އަމަލު ކުރައްވާނެކަމަށެވެ. އަދި މިހާރު އަމަލު ކުރައްވަމުން ގެންދަވަނީ މިހާރު އޮތް ގާނޫނަށް ކަމަށާއި އެގާނޫނުގައިވާ ގޮތަށް ހަނގުރާމަވެރި ޖަމާއަތަކީ ކޮބައިކަން އާންމު ކުރެއްވީކަމަށް ވިދާޅުވިއެވެ. އަދި ގައުމީ ސަލާމަތާއި ގުޅުންހުރި ބޭފުޅުންނާއި ބައްދަލުކޮށް ލިސްޓު އާންމު ކުރައްވަން ނިންމެވީ ޓެރަރިސްޓް ޖަމާއަތްތަކަކީ ކޮބައިކަން ނޭނގި އެފަދަ ޖަމާއަތްތަކުގައި ބައިވެރިވެވުނަސް އެކަން އާންމުންނަށް ނޭނގިދާނެތީ ކަމަށެވެ. އަދި އެއީ ކޮންމެ ރައްޔިތަކަށް ވެސް އެނގެން ޖެހޭ މައުލޫމާތު ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނައުމަށް ހުށައަޅާފައިވާ އިސްލާހުގައިވާގޮތުން ޚާއްސަ ހުއްދައެއް ލިބިގެން ނޫނީ ރާއްޖެއިން ބޭރުގައި ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަކީ ކުށެކެވެ. އެ ބިލްގައިވާގޮތުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމަށް ގޮވާލުމާއި އެފަދަ ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ޚިޔާލެއް ފާޅުކުރުން؛ އަދި އެފަދައިން ފާޅުކުރާ ޚިޔާލު ރައްދުވާ ފަރާތުން އެ ޚިޔާލަށް ބަރޯސާވެ، ޓެރަރިސްޓް ޖަމާއަތަކަށް އެފަރާތުން ތާއީދުކުރުމަށް ހިތްވަރު ލިބިގަނެދާނެކަމާމެދު ފަރުވާލެއް ނެތި، އެ ޚިޔާލުފާޅުކުރުމަކީ ވެސް ކުށެކެވެ.

އެ ބިލްގައި ހަނގުރާމަވެރި ސަރަހައްދުތަކަކީ ކޮބައިކަން ރައީސް ކަނޑައަޅަން ޖެހޭނެ ކަމަށް ލާޒިމް ކުރެއެވެ. ނަމަވެސް އެކަން ރައީސް ކަނޑައަޅުއްވާނީ އެގޮތަށް ގާނޫނަކަށް ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ހުށައެޅި ބިލް ރައީސް ތަސްދީގު ކުރައްވާތާ 15 ދުވަހުގެ ތެރޭގައި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު ރައީސް ހާމަ ކުރައްވަން ޖެހެއެވެ.

ޓެރަރިޒަމް ކުށްތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވާ ކުށްތަކުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުން ކަމަށް ވެސް އެ ބިލްގައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް