Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓު

ރައީސް ޔާމީންގެ ޝަރީޢަތް ބުދަ ދުވަހުގެ 9:30 ގައި

ލުތުފީގެ ވީޑިއޯ އިންޓަވިއުއާމެދު ގޮތް ނިންމުން ދެން އޮންނަ ޝަރީއަތެއްގައި އޮންނާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 ސެޕްޓެމްބަރު 2019 | ބުރާސްފަތި 04:30
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހުގެ 9:30އަށް ތާވަލުކޮށްފި އެވެ.

އެމަނިކުފާނާއި ދެކޮޅަށް ހެކިބަސް ނެގުން އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ވަނީ ނިންމާލާފައެވެ. ހެކީގެ ގޮތުގައި އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި، މުހައްމަދު ވަސީމާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު ލުވެއިޒް އާއި މުހައްމަދު ޝަރީފު ދައުލަތުން ހުށައެޅިއެވެ. ނަމަވެސް ލުތުފީ ފިޔަވައި އެހެން ހުރިހާ ހެކިންގެ ހެކިބަސް ވަނީ ނަގާފައެވެ.

ލުތުފީގެ ހެކިބަސް ނުނެގުނީ އޭނާއަށް މަޖުބޫރު ކޮށްފައިވާ ކަމަށްބުނެ ހެކިބަސް ދިނުމަށް އިންކާރު ކުރެއްވުމުނެވެ. އެހެން ކަމުން ދައުލަތުން ވަނީ ލުތުފީގެ ހެކިބަހާ ނުލާ ވެސް މައްސަލަ ކުރިއަށްގެންދަންޖެހޭ ހާލަތެއްގައި ކުރިއަށް ގެންދެވޭނެ ކަން ފާހަގަ ކޮށް އެފަދަ ހާލަތެއްގައި ލުތުފީ ފުލުހުންގެ އިދާރާއަށް ދީފައިވާ ވީޑިއޯ އިންޓަވިއު "ލައިޓް ހެކިބަހެއްގެ" ގޮތުގައި ބުރަދަނެއް ދީގެން ނެގިދާނެ ކަމަށް ބުނެ ޝަރީއަތަށް ހުށައަޅާފައެވެ. އަދި އެ ވީޑިއޯއިން މަޖުބޫރުން ކޮށްފައިވާ އިންޓަވިއުއެއް ނަމަ އެކަން ބޮޑީ ލެންގުއޭޖާއި ޓެކްސްޗަރ އިން ފާހަގަވާނެ ކަމަށް ދައުލަތުން ފާހަގަ ކުރިއެވެ.

ދައުލަތުން އެކަން ހުށައެޅުމުން ގާޒީ ވަނީ ދެން އޮންނަ ޝަރީޢަތެއްގައި ދައުލަތުން ހުށައެޅި ލުތުފީގެ ވީޑިއޯ އިންޓަވިއުއާމެދު ގޮތް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ. ލުތުފީ ފުލުހުންގެ އިދާރާއަށް ދީފައިވާ އިންޓަވިއުގެ ދިގުމިން ގާތްގަނޑަކަށް 37 މިނިޓަށް އަރާކަމަށް ދައުލަތުން ބުނެފައި ވެއެވެ.

ގާޒީ ވަނީ ދިފާއުން ހުށައަޅާފައިވާ ހެކީގެ ހެކިބަސް ވެސް ދެން އަންނަ ޝަރީޢަތެއްގައި ނަގާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީންގެ ފަރާތުން ދިފާއުގައި ހުށައަޅުއްވާފައިވާ ހެއްކަކީ ކުރީގެ ގަވަރުނަރު އަޒީމާ އާދަމެވެ.

ދިފާއީ ހެކީގެ ހެކިބަސް ނެގުމުގެ އިތުރުން ޝަރީއަތަށް ހުށަހެޅިފައިވާ ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ދެ ފަރާތަށް ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާނެ ކަމަށް ގާޒީ ވިދާޅުވެފައި ވެއެވެ.

މަނީ ލޯންޑަރިން މައްސަލަ ރައީސް ޔާމީންގެ މައްޗަށް ސާބިތު ވެއްޖެނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އަންނާނެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް