Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މައުމޫން ފެކްޝަން

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017 | ހުކުރު 20:54

ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އޮފީހުގައި ހުރި ގައުމީ ދިދަ ތިރިކުރަން ފުލުހުން އަންގާފައިވަނިކޮށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 10 މާރިޗު 2017 | ހުކުރު 20:54
ރައީސް މައުމޫން އަބްދުލް ގައްޔޫމް

ރައީސް މައުމޫން އަބްދުލް ގައްޔޫމް

ދިވެހި ގައުމީ ދިދައަކީ ދިވެހި ވަންތަ ކަމުގެ ފަހުރުވެރި ރަމްޒު ކަމަށްވާ އިރު އިހްތިރާމާ އެކު ގައުމީ ދިދަ ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެއްސަކަށްވެސް ލިބިގެންވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް، ހުކުރު ދުވަހުގެ ރޭ ކުރައްވާފައިވާ ޓްވީޓްގައި ވަނީ، ދިވެހި ގައުމީ ދިދައަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ލިބިގެންވާ އެއްޗެއް ކަމަށް ވިދާޅުވެފަ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައި ވަނީ ހ. ތެމާގައި ހިންގަމުންދާ، ރައީސް މައުމޫން އޮފީހުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނުނެގޭނެ ކަމަށް ފުލުހުން އަންގާފައި ވަނިކޮށެވެ.

ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ސެކެޓްރީ ޖެނެރަލް، ޢަބްދުލް އަލީމް އާދަމް ވިދާޅުވީ، ހޯމް މިނިސްޓްރީން ނެރެފައިވާ ދިވެހި ދިދަ ބޭނުން ކުރުމުގެ އާ އުޞޫލާ ހަވަލާދީ، ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ނަގާފައިވާ ދިވެހިރާއްޖޭގެ ޤައުމީ ދިދަ، އެގޮތަށް ނުނެގޭނެ ކަމަށް، ބުރާސްފަތި ދުވަހުގެރޭ އޭނާއަށް ގުޅައި، ފުލުހުން އަންގާފައިވާ ކަމަށެވެ. އަލީމް ވިދާޅުވީ، ޕާޓީގެ އޮފީހަކަށް ނުވާތީ ދިދަ ބޭނުން ނުކުރެވޭނެ ކަމަށް ވެސް ފުލުހުން އަންގާފައިވާ ކަމަށެވެ.

އެ ދިދަ ތިރިކުރުމަށްޓަކައި ޕީޕީއެމްގެ ރައީސްގެ އޮފީސް ހުޅުވައިދިނުމަށް ފުލުހުން އެދުމުން، ރައީސް މައުމޫން މިވަގުތު ރާއްޖޭގައި ނެތުމާއި، ފުލުހުން އޮފީސް ހުޅުވައިދިނުމަށް އެދުނީ ރަސްމީ ގަޑީގައި ނޫންކަމުން، އޮފީސް ހުޅުވައި ނުދެވޭނެކަން ފުލުހުންނަށް އަންގާފައި ވާނެ ކަމަށް ވެސް އަލީމް ވިދާޅުވިއެވެ.

ހޯމް އެފެއާޒުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އާންމުކޮށްފައިވާ ދިވެހި ދިދަ ބޭނުން ކުރުމުގެ އާ އުސޫލުގައި ވަނީ ގައުމީދިދައިގެ ޝަރަފާއި އިއްޒަތް ހިފެހެއްޓޭ ފަދަ ގޮތެއްގައި ދިވެހި ދިދަ ބޭނުންކުރެވޭނެ ތަންތަނާއި ބަހައްޓަންވީ ގޮތާއި، އަދި ދިދަ ބޭނުންކުރުމުގައި ގެންގުޅެންވީ ހަމަތަކާއި މިންގަނޑުތައް ކަނޑައަޅާފައެވެ.

އެ އުސޫލުގައި ގައުމީ ދިދައިގެ ކުލަތަކާއި ސިފަ އަދި ދިދައިގެ މިންތައް ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން ދާއިމީ ގޮތެއްގައި ދިދަ ނަގާފައި ހުންނަންވާނެ ތަންތަނާއި، ވަކި ވަގުތެއްގައި ދިދަ ނަގާފައި ހުންނަން ވާނެ ތަންތަން ވެސް ބަޔާންކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް