Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބ. ކަމަދޫ

ކަމަދޫއަށް މިހާރު ވަނީ ކަރަންޓުގެ ހިދުމަތް ދެވިފައި: ފެނަކަ

15 ސެޕްޓެމްބަރު 2019 | އާދީއްތަ 13:04

އެރަށަށް ކަރަންޓުގެ ހިދުމަތް ދެމުންގެންދިޔައީ އެކި ފީޑަރުތަކަށް ބަހާލައިގެން

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 15 ސެޕްޓެމްބަރު 2019 | އާދީއްތަ 13:04
ބ. ކަމަދޫ

ބ. ކަމަދޫ

އާދިއްތަ ދުވަހުގެ މެންދުރުފަހު، ބ.ކަމަދޫއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައިވާނެ ކަމަށް ފެނަކަ ކޯރޕަރޭޝަނުން ބުނެފިއެވެ.

ކަމަދޫގައި ހިންގާފައިހުރި 250 ކިލޯ ވޮޓްގެ އިންޖީނުގެ ބެޓެރި ފެއިލްވުމާއި ގުޅިގެން އެ އިންޖީނު ވަނީ ނިވިފައެވެ. ފެނަކައިން ބުނިގޮތުގައި، އެރަށަށް ކަރަންޓުގެ ހިދުމަތް ދެމުންގެންދިޔައީ އެކި ފީޑަރުތަކަށް ބަހާލައިގެންނެވެ.

Advertisement - newsAdvertisement

ކަމަދޫއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ހޮނިހިރު ދުވަހުގެ 12:00 ގައި އެރަށަށް އިންޖިނިއަރެއް ފޮނުވާ، މުޅި ރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައިވާނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ. އަދި މި މައްސަލަ ހައްލުކުރެވިފައިވަނިކޮށް އާދިއްތަ ދުވަހު ހެނދުނު 07:30 ހާއިރު 250 ކިލޯ ވޮޓްގެ އިންޖީނުގެ ބެޓެރި ގޮވައި އެ ރަށުގެ ބޮޑުބަޔަކުން ކަރަންޓު ކެނޑުނު ކަމުގައި ފެނަކައިން ބުނެފައިވެއެވެ.

12:50 ވަންދެން ރަށަށް ކަރަންޓް ދެމުންގެންދިޔައީ އެ ރަށު ސްކޫލް ހުންނަ ސަރަހައްދާއެކު ރަށުގެ އެކި ފީޑަރުތަކަށް ބަހާލައިގެން ކަމަށް ފެނަކައިން ބުނެފައިވާއިރު، 12:50 ހާއިރު އެރަށުގެ 180 ކިލޯ ވޮޓުގެ ދެ އިންޖީނު ރަނިންގއަށް ގެނައުމަށާއި ޕެނަލްގެ ބްރޭކަރ ބަދަލުކުރުމަށް ރަށުގެ ރައްޔިތުންނަށް އެންގުމަށްފަހު 12:50 ން 13:30 އަށް މުޅި ރަށުން ކަރަންޓް ވަނީ ކަނޑާލެވިފައެވެ.

ޕެނަލްގެ މަސައްކަތް ނިމި 13:30 ގައި ވަނީ މުޅި ރަށަށް ކަރަންޓުގެ ހިދުމަތް ދެވިފައި ކަމަށާއި 250 ކިލޯ ވޮޓުގެ އިންޖީނަށް ދިމާވެފައިވާ މައްސަލަ ބެލުމަށް އެ ކުންފުނީގެ އިންޖިނިއަރުން ދަނީ މަސައްކަތް ކުރަމުން ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

ރަށުގެ ކަރަންޓުގެ ޑިމާންޑް ބެލުމަށްފަހު ދެމެހެއްޓެނިވިގޮތަށް ކަމަދޫގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި 250 ކިލޯ ވޮޓުގެ ޖަނަރޭޓަރެއް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް