Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެއްލިގެން ހޯދަނީ

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

ގެއްލިގެން ހޯދަމުންދަނީ ށ.ޅައިމަގު އެވަރެސްޓް، އުމުރުން 23 އަހަރުގެ އަހުމަދު ޖައިލަމް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 ފެބުރުއަރީ 2017 | ހޮނިހިރު 14:51
އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދެއް --

އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދެއް --

ފަޅު ރަށެއް ކަމުގައިވާ އދ. ހުކުރުއެޅި ކައިރިއަށް ޑައިވިން އަށް ގޮސް އުޅުނު ދިވެއްސެއްގެ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތްކުރާތާ 24 ގަޑިއިރުވީއިރުވެސް ނުފެންނަ ކަމަށާއި ނަމަވެސް އެމީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުންދާ ކަމަށް އެމްއެންޑީއެފް ބުނެފި އެވެ.

ޚަބަރެއް ނުވެގެން ހޯދަމުން ދަނީ ށ. ޅައިމަގު އުމުރުން 23 އަހަރުގެ ފިރިހެނެކެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ހޮނިހިރު ދުވަހު ވިދާޅުވީ އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގެ އެހީގައި ވައިގެމަގުން އެސަރަހައްދު ބަލާފައިވާ ކަމަށެވެ. އަދި ކަނޑުގެ މަގުންވެސް އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ދެ އުޅަނދެއް އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމެއް އެސަރަހައްދު ބަލަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ހުކުރު ދުވަހުގެ 15:45 ހާއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަރސެޕްޓް އުޅަނދު "މާފަތް" ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުންދަނީ ނުވަ މީހުންނާއެކު ދަތުރު ކުރި ރ.ދުވާފަރު "މަންފާ" ނަމަކަށް ކިޔާ ދޯނިން ހުއިފިލަނޑާ ނަގަން ފޭބި ތިން މީހުންގެ ތެރޭގައި ހިމެނޭ ށ.ޅައިމަގު އެވަރެސްޓް، އުމުރުން 23 އަހަރުގެ އަހުމަދު ޖައިލަމް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އަހުމަދު ޖައިލަމް ޑައިވިންއަށް ފޭބިކަމުގެ މައުލޫމާތު ލިބިފައިވަނީ ހުކުރު ދުވަހުގެ މެންދުރު 13:15 ހާއިރު އެވެ. އަދި، ޑައިވިންގއަށް ފޭބީ މެންދުރު 14:00 ގައި މައްޗަށް އަރާ ގޮތަށްކަމަށް އެ ދޯނިން މައުލޫމާތު ދީފައި ވެއެވެ. އަހުމަދު ޖައިލަމް ޚަބަރެއް ނުވެގެން ހޯދަން ފަށާފައިވަނީ އޭނާއާއެކު ޑައިވިންއަށްދިޔަ ދެ މީހުން މައްޗަށް އެރިއިރު ވެސް، ޖައިލަމްގެ ޚަބަރެއް ނުވުމާ ގުޅިގެންނެވެ.

ޑައިވިންއަށް ފޭބިއިރު، އަހުމަދު ޖައިލަމް ލައިގެން ހުރީ ކަޅުކުލައިގެ ވެޓް ސޫޓަކާއި އަދި ކަޅުކުލައިގެ ބީސީޑީ (ޑައިވިންގ ޖެކެޓް) އެކެވެ. އަދި ހުދުކުލައިގެ ފިންސަކަށް އަރާފައި ހުރި އިރު، އަޅައިގެންހުރީ ކަޅު ކުލައިގެ މޫނުމައްޗެކެވެ. މީގެ އިތުރުން އަތުގައި ރަތް ކުލައިގެ ބެލޫނެއް ވާނެ ކަމަށާއި އަހުމަދު ޖައިލަމުގެ އިސްކޮޅުގައި ފަސްފޫޓް ހަ އިންޗި ހުންނަ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

އެމްއެންޑީއެފުން ބުނީ އޭނާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބައްލަވައިދިނުމަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަހުމަދު ޖައިލަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވައި ދެއްވުން އެދޭ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2018

ފުވައްމުލަކުގައި އިއްޔެ ގެނބުނު ބިދޭސީ މީހާއަށް މިހާރުވެސް ދަނީ ފަރުވާ ދެމުން: ހޮސްޕިޓަލް

27 ޖެނުއަރީ 2018
ފުވައްމުލަކުގައި އިއްޔެ ގެނބުނު ބިދޭސީ މީހާއަށް މިހާރުވެސް ދަނީ ފަރުވާ ދެމުން: ހޮސްޕިޓަލް
12 ސެޕްޓެމްބަރު 2017

ޑައިވިންއަށް ގޮސް ގެއްލިގެން ހޯދަމުންދިޔަ ދެ މީހުން ފެނިއްޖެ

12 ސެޕްޓެމްބަރު 2017
ޑައިވިންއަށް ގޮސް ގެއްލިގެން ހޯދަމުންދިޔަ ދެ މީހުން ފެނިއްޖެ
04 ސެޕްޓެމްބަރު 2017

50 ދުވަސް ވީއިރުވެސް ފުވައްމުލަކުން ގެއްލުނު ޝަފީއު ނުފެނުނު!

04 ސެޕްޓެމްބަރު 2017
50 ދުވަސް ވީއިރުވެސް ފުވައްމުލަކުން ގެއްލުނު ޝަފީއު ނުފެނުނު!
25 އޯގަސްޓު 2017

ރިޔާޒު ދޫކޮށްލީ ހަތަރު ގަޑިއިރަށް ފަހު، ގެއިން އެއްޗެއް ނުފެނުނު!

25 އޯގަސްޓު 2017
ރިޔާޒު ދޫކޮށްލީ ހަތަރު ގަޑިއިރަށް ފަހު، ގެއިން އެއްޗެއް ނުފެނުނު!
01 އޯގަސްޓު 2017

ސުމައިދު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދޭ: އެމްއެންޑީއެފް

01 އޯގަސްޓު 2017
ސުމައިދު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދޭ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު