Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްއެންޔޫއެސްޔޫ

އެމްޑަބްލިއުއެސްސީ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2019 ފަށައިފި

13 ސެޕްޓެމްބަރު 2019 | ހުކުރު 08:00

މި މުބާރާތުގެ މެޗުތައް ކުޅޭނީ ކޮންމެ ހަފްތާ ބަންދުގަ

އަތޫފް އާތިފް
އަތޫފް އާތިފް | 13 ސެޕްޓެމްބަރު 2019 | ހުކުރު 08:00
ފުޓްސަލް ފިއެސްޓާގެ މެޗެއްގެ ތެރެއިން

ފުޓްސަލް ފިއެސްޓާގެ މެޗެއްގެ ތެރެއިން

ޔުނިވަރސިޓީ، ކޮލެޖް، އަދި ހައިސްކޫލްތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އެމްޑަބްލިއުއެސްސީ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2019 ފަށައިފިއެވެ.

މިމުބާރާތުގައި ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ދިޔައީ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ. ފުރަތަމަ ދެމެޗުގައި ވާދަކުރީ އަންހެން ޑިވިޜަންގެ ޓީމުތަކެވެ. އެގޮތުން ފުރަތަމަ މެޗުގައި އެފްއެޗްޓީއެސް އާއި ސައިރިކްސް ކޮލެޖް ބައްދަލުކުރި މެޗު 2-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސައިރިކްސް ކޮލެޖްގެ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސައިރިކްސް ކޮލެޖަށް 3 ގޯލު ޖަހައިދިން މަރިޔަމް ވަފާއެވެ.

އަންހެން ޑިވިޜަންގެ ދެވަނަ މެޗުގައި ވާދަކުރީ މެޕްސް ކޮލެޖާއި އެފްއެޗްއެސްއެވެ. މިމެޗު ނިމުނީ 0-0 ގެ ނަތީޖާ އަކުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކީ އެފްއެޗްއެސްގެ ޒިޔާދާ މުހައްމަދެވެ.

އަންހެން ޑިވިޜަންގެ ތިންވަނަ މެޗުގައި ބައްދަލުކުރީ އެމްއެންޔޫ ބީއެސް އަދި އެމްއައި ކޮލެޖެވެ.

މި މެޗު 4-1 ގެ ނަތީޖާ އަކުން ކާމިޔާބުކުރީ އެމްއައިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އެމްއައި ކޮލެޖްގެ އާމިނަތު ޝާމިލާއެވެ.

އަންހެން ޑިވިޜަންގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރީ އެފްއީ އަދި ވިލާ ކޮލެޖެވެ.

ވިލާ ކޮލެޖުން ފަހަތުން އަރައި މި މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ވިލާ ކޮލެޖުގެ އައިޝަތު އީމާން އަހްމަދު ޒައީމެވެ.

ފިރިހެން ޑިވިޜަންގެ ފުރަތަމަ މެޗުގައި ބައްދަލުލުރީ އެމްއައި ކޮލެޖާއި ސީއެފްއެސްއެވެ.

މިމެޗު އެމްއައި އިން ކާމިޔާބުކުރީ 6-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އެމްއައި ކޮލެޖްގެ ޤާސިމް ސަމާނެވެ.

ފިރިހެން ޑިވިންގެ ދެވަނަ މެޗުގައި ވާދަކުރީ ޕޮލިޓެކްނިކް އާއި އެފްއެޗްޓީއެސްއެވެ. މިމެޗުން 2-3 ގެ ނަތީޖާއަކުން ކުރިހޯދީ އެފްއެޗްޓީއެސްގެ ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އެފްއެޗްޓީއެސްގެ އަހްމަދު ހުނައިފެވެ.

ފިރިހެން ޑިވިޜަންގެ ތިންވަނަ މެޗުގައި ބައްދަލުކުރީ އެފްއެލްއައިއެސް އަދި އެވިޑް ކޮލެޖެވެ.

މި މެޗު އެވިޑް ކޮލެޖުން ކާމިޔާބުކުރީ 9-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އެވިޑް ކޮލެޖުގެ ރިހާމް އަބްދުލް ޣަނީއެވެ.

ފިރިހެން ޑިވިޜަންގެ ފަހުމެޗުގައި ބައްދަލު ކުރީ އެމްއެންޔޫ ބީއެސް އަދި އެމްބީއެސްއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު އެމްބީއެސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އެމްބީއެސްގެ އަލީ ޝިޔާހުއެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ޘާނަވީ ދާއިރާގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)އިންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

08 މެއި 2017

ކްލަބު މޯލްޑިވްސް: 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ފެނަކައަށް

08 މެއި 2017
ކްލަބު މޯލްޑިވްސް: 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ފެނަކައަށް
01 މެއި 2017

އެފްއޭއެމް ރިސޯޓް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އެފްއޭއެމް ރިސޯޓް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
10 އެޕްރީލު 2017

އެފްއޭއެމް އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަނީ!

10 އެޕްރީލު 2017
އެފްއޭއެމް އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަނީ!
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
05 އެޕްރީލު 2017

ރިސޯޓް ފުޓްސަލް މުބާރާތުގެ ކުޅުން ފިހާޅޮހީގައި ފަށައިފި

05 އެޕްރީލު 2017
ރިސޯޓް ފުޓްސަލް މުބާރާތުގެ ކުޅުން ފިހާޅޮހީގައި ފަށައިފި
05 އެޕްރީލު 2017

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ
02 އެޕްރީލު 2017

ރިސޯޓް ފުޓްސަލް ލީގުގެ ކުޅުން ބުދަ ދުވަހު ފަށަނީ

02 އެޕްރީލު 2017
ރިސޯޓް ފުޓްސަލް ލީގުގެ ކުޅުން ބުދަ ދުވަހު ފަށަނީ
01 އެޕްރީލު 2017

ކިޑްސް ފިއެސްޓާގެ ނ. އަތޮޅު ބުރުގައި 10 ސްކޫލް ބައިވެރިވެއްޖެ

01 އެޕްރީލު 2017
ކިޑްސް ފިއެސްޓާގެ ނ. އަތޮޅު ބުރުގައި 10 ސްކޫލް ބައިވެރިވެއްޖެ
18 ފެބުރުއަރީ 2017

ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

18 ފެބުރުއަރީ 2017
ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް
12 ފެބުރުއަރީ 2017

މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ

12 ފެބުރުއަރީ 2017
މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް