Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތައުލީމީ ނިޒާމް

އަޅާނުލެވި ބާކީކުރެވިފައިވާ 57 ސްކޫލެއް ރާއްޖޭގައި އެބަ އޮތް: އާތިޔާ

10 ސެޕްޓެމްބަރު 2019 | އަންގާރަ 03:36

ހުރިހާ ސްކޫލެއް އޮތީ އެއް ފެންވަރެއްގައި ނޫން

ލީވާން އަލީ
ލީވާން އަލީ | 10 ސެޕްޓެމްބަރު 2019 | އަންގާރަ 03:36
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު

އަޅާނުލެވި ބާކީކުރެވިފައިވާ 57 ސްކޫލެއް ދިވެހި ރާއްޖޭގައި އެބަ އޮތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާތިޔާ ވިދާޅުވީ، ރާއްޖޭގައި ވަރަށް ބޮޑަށް އެހީވާންޖެހޭ ސްކޫލްތައް އެބަހުރި ކަމަށާއި، ހުރިހާ ސްކޫލެއް އޮތީ އެއް ފެންވަރެއްގައި ނޫން ކަމަށެވެ.

Advertisement - newsAdvertisement

އާތިޔާ ވިދާޅުވީ، ވަރަށް ކުރީއްސުރެ ސްކޫލްތައް ރިވިއު ކުރާ ކަމަށާއި، އެގޮތުން ސްކޫލްތަކަށް މިނިސްޓްރީގެ ބޭފުޅުން ވަޑައިގެން މައްސަލަތައް ފާހަގަކުރާ ކަމަށެވެ. ނަމަވެސް ހެދި ރިވިއުތައް ހުރީ ފައިލްކޮށްފައި ކަމަށާއި، އޭގެ ބޭނުމެއް ނުކުރާ ކަމަށެވެ. އެގޮތުން އާތިޔާ ވިދާޅުވީ މި ސަރުކާރުގައި ހެދި ރިވުއިން ދައްކާ ގޮތުގައި ވަރަށް ދަށުގައި ހުރި 57 ސްކޫލެއް ފާހަގަކުރެވިފައިވާ ކަމަށާއި، އެ ސްކޫލްތަކަކީ އެއްވެސް ވަރަކަށް އަޅާލެވިފައިނުވާ ބާކީވެފައިތިބި ސްކޫލްތަކެއް ކަމަށެވެ.

އަޅާނުލެވި އޮތް 57 ސްކޫލްގެ ތެރޭގައި އަސާސީ ހިދުމަތް ނުލިބޭ ސްކޫލްތައްވެސް ހިމެނޭ ކަމަށާއި، އޭގެ ތެރޭގައި ޓީޗަރުންނާއި ދަރިވަރުން ބޭނުންކުރާނެ ފާހާނާއެއް ނެތް ސްކޫލްތަކުގެ އިތުރުން ރަނގަޅު ބޯފެން ނުލިބޭ ސްކޫލްތައް ހިމެނޭ ކަމަށްވެސް އާތިޔާ ވިދާޅުވިއެވެ.

މީގެއިތުރުން މިހާރު ތަންފީޒުކުރަމުން އަންނަ މަންހަޖު ރަނގަޅަށް ނޭނގޭ ވެރިންނާއި، ޓީޗަރުން ހިމެނޭ ސްކޫލްތައްވެސް ހުރިކަން ފާހަގަކުރަމުން އާތިޔާ ވިދާޅުވީ، 57 ސްކޫލްގެ ތެރޭގައި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ނޫން ސްކޫލްތައްވެސް ހިމެނޭ ކަމަށެވެ. އަދި އެ ސްކޫލްތަކުގައި "އަންޓްރެއިންޑް" ޓީޗަރުންވެސް ހިމެނޭ ކަމަށެވެ.

އާތިޔާ ވިދާޅުވީ، މައްސަލަ ފާހަގަކުރެވިފައިވާ 57 ސްކޫލް ތަރައްގީކޮށް އެހެން ސްކޫލްތަކާ އެއް ފެންވަރަށް ގެނައުމަށް ޔުނިސެފްއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ޕްރޮގްރާމެއް ރާވާފައިވާ ކަމަށެވެ. އަދި އިތުރު ޕްރޮގްރާމްތައްވެސް އެ ސްކޫލްތަކަށް އާޒުކޮށް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އާތިޔާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް