Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކްރިމިނަލް ކޯޓް

ރައީސް ޔާމީނާ ދެކޮޅަށް ހެކި ނެގުން ނިންމުމަށް ފަހު، ދިފާއީ ހެކި ނެގުން ދެން އޮންނަ ޝަރީއަތެއްގައި

ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރެއްވީ މުދަލެއް ވިއްކާލައިގެން ކަމަށް ޒަމީރު ވިދާޅުވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2019 | އަންގާރަ 09:56
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ބޭއްވި ޝަރީއަތުގައި ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ބޭއްވި ޝަރީއަތުގައި ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެމަނިކުފާނާއި ދެކޮޅަށް ހުށައެޅި ހެކިބަސް ނަގައިފިއެވެ.

ދައުލަތުގެ ފަރާތުން ރައީސް ޔާމީނާއި ދެކޮޅަށް ހުށައެޅި ހެކީގެ ގޮތުގައި އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި، މުހައްމަދު ވަސީމާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު ލުވެއިޒް އާއި މުހައްމަދު ޝަރީފު ވަނީ ހެކިންގެ ގޮތުގައި ދައުލަތުން ހުށައަޅާފައެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތުގައި ވަނީ މުއައްވިޒާއި އަދީބާއި ޒިޔަތުގެ ހެކިބަސް ނަގާފައެވެ. އަންގާރަ ދުވަހު ހެކިބަސް ނަގާފައިވަނީ ވަސީމާއި ޒަމީރާއި ލުވައިޒްގެ އިތުރުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފުގެ ހެކިބަހެވެ. ހެކިބަސް ނަގާފައި ނުވަނީ ލުތުފީގެ ހެކިބަހެވެ. ލުތުފީ ވަނީ އޭނާ ހެކި ބަސް ދެއްވުމުގައި މަޖުބޫރުކަމާއި ބިރުވެރިކަން ހުރި ކަމަށް ބުނެ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވާފައެވެ. ލުތުފީ މިވަގުތު ހުންނެވީ މެލޭޝިއާގައެވެ.

އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ލުތުފީގެ ހެކިބަސް ނެގުމަށް ދައުލަތުން މަސައްކަތް ކުރި ކަމަށާއި ލުތުފީ ހާޒިރުވާން ބޭނުން ނުވާ ކަމުގެ މައުލޫމާތު ފުލުހުން ފަރާތުން އެންގުމާ ގުޅިގެން ރަސްމީކޮށް އެކަން ލިއުމަކުން އެންގުމަށް ދައުލަތުން ލުތުފީ ގާތު އެދިލައްވާފައިވާނެ ކަމަށެވެ. ނަމަވެސް އަދި އެފަދަ ލިއުމެއް ނުލިބޭ ކަަމަށް ދިފާއުން ބުނެފައި ވެއެވެ. އޭގެ ޖަވާބަކަށް ގާޒީ ހައިލަމް ވިދާޅުވީ ލުތުފީއަކީ ހެކިން ހުށަައެޅުމުގެ ފުރަތަމަ ޝަރީއަތުގައި ވެސް ހާޒިރު ކުރަން ދައުލަތުން ހުށައެޅި ފަރާތް ކަމަށާއި ވީޑިއޯ ކޮންފަރަންސުން ހެކި ބަސް ނެގުމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ހާޒިރުކުރުމަށް މަސައްކަތް ކުރި ކަމަށް ދައުލަތުން ކޯޓަށް އަންގާފައިވާ ކަމަށެވެ.

ލުތުފީގެ ހެކިބަހާ ނުލާ ވެސް މައްސަލަ ކުރިއަށްގެންދަންޖެހޭ ހާލަތެއްގައި ކުރިއަށްގެންދަވަން ތައްޔާރުވެގެން ތިބިކަން ދައުލަތުން ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް އެފަދަ ހާލަތެއްގައި ލުތުފީ ފުލުހުންގެ އިދާރާއަށް ދީފައިވާ ވީޑިއޯ އިންޓަވިއު "ލައިޓް ހެކިބަހެއްގެ" ގޮތުގައި ބުރަދަނެއް ދީގެން ނެގިދާނެ ކަމަށް ފާހަގަ ކުރިއެވެ. އަދި އެ ވީޑިއޯއިން މަޖުބޫރުން ކޮށްފައިވާ އިންޓަވިއުއެއްނަމަ އެ ނަމަ އެކަން ބޮޑީ ލެންގުއޭޖާއި ޓެކްސްޗަރ އިން ފާހަގަވާނެ ކަމަށް ދައުލަތުން ފާހަގަ ކުރިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ވީޑިއޯއިން ލުތުފީގެ ހަށިގަނޑު ހަރާކާތްތަކުން އޭނާއަށް ފުލުހުން ނުފޫޒު ފޯރުވިތޯ ދެނެގަތުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އެކަމާ ގުޅިގެން ލުތުފީ އާ ސުވާލުކުރުމުގެ ފުރުސަތު ދިފާއުއަށް ނުލިބި އެ ވީޑިއޯ ޝަރީއަތަށް ބަލައިގަތުމަށް އިއުތިރާޒް ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ލުތުފީގެ ހެކިބަސް ނެގުމަށް ދައުލަތުން މަސައްކަތް ކޮށްދިނުމަށް އެދުނެވެ.

ދައުލަތުން ބުނީ ހެކިބަސް ނެގުމަށް މަސައްކަތް ކޮށްފައި ވާނެ ކަމަށާއި މަޖުބޫރުން މީހެއްގެ ހެކިބަސް ނެގުމަށް ގާނޫނު ތަން ނުދޭކަން ފާހަގަ ކުރިއެވެ. އަދި ލުތުފީ ދީފައިވާ ވީޑިއޯ އިންޓަވިއުއާއި ދައުލަތުން ހުށައަޅާފައިވާ ކިތާބީ ހެކިތަކާއި ދިމާވާތީ އެވީޑިއޯ ހެއްކެއްގެ ގޮތުން ބޭނުން ކުރެވޭނެކަން ދައުލަތަށް ގަބޫލު ކުރެވޭކަން ފާހަގަ ކުރިއެވެ.

ޝަރީއަތުގައި ޝަރީފް ހެކިބަސް ދެއްވަމުން ވިދާޅުވީ އޭސީސީގެ އޭރުގެ ރައީސް ލުތުފީ އޭނާއަށް ގުޅުއްވުމަށް ފަހު އެސްކްރޯ އެކައުންޓް ގެ ޕްރޮސެސް އޮތް ގޮތް އެއްސެވި ކަމަށެވެ. އަދި ރައީސް ޔާމީނާއި ބީއެމްއެލް އާމެދު އެކްސްކްރޯ އެކައުންޓް ހުޅުވުމަށް ފަހު އެކަން އެނގުނު ކަމަށާއި އެކަމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާނެ ކަމަށެވެ. އެކައުންޓް ހުޅުވުނު ފަހުން ލިއުމެއް ބޭނުންވާ ކަަމަށް ރައީސް އޮފީހުން އާޒިމާ ޝުކޫރު އެދިލައްވާފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ. އެސްކްރޯ އެކައުންޓް ހުޅުވީ އުސޫލުތަކާއި އެއްގޮތަށްތޯ ދިފާއުން ސުވާލު ކުރުމުން ޝަރީފު ވިދާޅުވީ އެ އެކައުންޓް ހުޅުވާފައިވަނީ އުސޫލާއި ބެންކް ގާނޫނާއި އެއްގޮތްވާގޮތުގެ މަތިންކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކައުންޓް ހުޅުވުމަކީ އެކަމަށް ޚާއްސަ ޑިޕާޓްމަންޓެއްގެ މަސްއޫލިއްޔަތެއް ކަމަށާއި އެއީ އޭނާގެ މަސްއޫލިއްޔަތެއް ނޫން ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފަށްފަހު ނަގާފައިވަނީކުރީގެ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ބީއެމްއެލްގެ ބޯޑު މެންބަރު ލުވެއިޒްގެ ހެކި ބަހެވެ. ލުވެއިޒްއަކީ ބީއެމްއެލްގެ ބޯޑުގެ 8 މެމްބަރުންގެ ތެރެއިން 1 މެމްބަރެވެ. ލުވެއިޒް ވިދާޅުވީ ރައީސް ޔާމީންގެ ފައިނޭންޝަލް ޓްރާންސްއެކްޝަނަކާ ގުޅޭގޮތުން އާޒިމާ ގުޅުއްވި ކަމަށެވެ. އޭނާއަކީ މިނިވަން ބޯޑު މެންބަރެއް ކަމަށް ވުމުން އެކަން ބީއެމްއެލްގެ އޭރުގެ ސީއީއޯ އެންޑްރޫ ހީލީގެ ސަމާލުކަމަށް ގެންނެވި ކަމަށާއި އޭގެ ފަހުން އެކަމުގައި އިތުރު އެއްވެސް މުއާމަލާތެއް އެއްވެސް ފަރާތަކާ ކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

ޒަމީރު ހެކިބަސް ދެއްވަމުން ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރެއްވީ މުދަލެއް ވިއްކާލައިގެން އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ކަމަށެވެ. ފައިސާ ޖަމާކުރަން ލަސްވެގެން ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރު ގުޅުއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ. ނަމަވެސް އެހާ ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީނަށް ދެއްވީ ކީއްވެކަމެއް ޒަމީރު ވިދާޅު ނުވެއެވެ.

ވަސީމް ވިދާޅުވީ ޒަމީރުގެ ގޯއްޗެއް ދެ މިލިއަން ޑޮލަރަށް ބައްލަވައި ގެންނެވި ކަމަށެވެ. އޭގެ ފަހުން އޭނާ ކުރެއްވި މަސައްކަތަކަށް ބޭނުންފުޅުވެގެން ޒަމީރުގެ އަތުން އަނބުރާ ދައްކާ ގޮތަށް 15 މިލިއަން ރުފިޔާ ނަގުދު ފައިސާ ނެންގެވި ކަމަށް ވަސީމް ބުންޏެވެ.

އިސްގާޒީ ހައިލަމް ވިދާޅުވީ ދެން އޮންނަ ޝަރީޢަތެއްގައި ދައުލަތުން ހުށައެޅި ލުތުފީގެ ވީޑިއޯ އިންޓަވިއުއާމެދު ގޮތް ނިންމަވާނެ ކަމަށެވެ. އަދި ދިފާއުން ހުށައަޅާފައިވާ ހެކީގެ ހެކިބަސް ނަގާނެ ކަމަށެވެ. ދިފާއީ ހެކީގެ ހެކިބަސް ނެގުމުގެ އިތުރުން ޝަރީއަތަށް ހުށަހެޅިފައިވާ ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ދެ ފަރާތަށް ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު