Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޭލޯ ނަވާސް

ނަވާސް ޕީއެސްޖީއަށް ބަދަލުވުމާ ގާތަށް

31 އޯގަސްޓު 2019 | ހޮނިހިރު 03:38

ރެއާލުން ނަވާސް ޕީއެސްޖީއަށް ވިއްކާލަނީ 15 މިލިއަން ޔޫރޯއަށް

ލީވާން އަލީ
ލީވާން އަލީ | 31 އޯގަސްޓު 2019 | ހޮނިހިރު 03:38
ކޭލޯ ނަވާސް

ކޭލޯ ނަވާސް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކޮސްޓަރިކާގެ ކީޕަރ ކޭލޯ ނަވާސް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މާސާއިން ބުނީ، ރެއާލް ދޫކޮށް އަންނަ ހޯމަ ދުވަހު ނަވާސް ޕީއެސްޖީއަށް ބަދަލުވާނެ ކަމަށެވެ. އަދި ރެއާލުން ނަވާސް ޕީއެސްޖީއަށް ވިއްކާލަނީ 15 މިލިއަން ޔޫރޯއަށް ކަމަށް ވެސް އެ ނޫހުން ބުނެއެވެ.

ނަމަވެސް ދާދި ފަހުން ރެއާލްގެ ކޯޗު ޒިދާން ބުނީ، ނަވާސްއާ ނުލާ ރެއާލްގެ ސްކޮޑު ފުރިހަމަ ނުވާނެ ކަމަށާއި، އޭނާއަކީ އަބަދުވެސް ކްލަބަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ.

އެގޮތުން ޒިދާން ބުނީ، ކްލަބް ދޫކޮށްލަން ނަވާސް ބޭނުންވާކަން ނޭނގޭ ކަމަށާއި، އެކަހަލަ އެއްވެސް ވާހަކައެއް ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ނަވާސް ހިތްހަމަ ނުޖެހިފައި ހުރީ ރެއާލްއަށް ޗެލްސީގެ ކުރީގެ ކީޕަރު ތިބޯޓް ކޯޓުއާ ގުޅުނު ހިސާބުންނެވެ. ކޯޓުއާ ކްލަބާ ގުޅުނު ހިސާބުން ފެށިގެން ނަވާސް އަށް ފުރަތަމަ 11 އިން ފުރުސަތު ލިބެނީ ވަރަށް މަދުންނެވެ.

އުމުރުން 31 އަހަރުގެ ނަވާސް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނާއިރު، އޭގެ ތެރޭގައި ޔުވަންޓަސް ވެސް ހިމެނޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އޭނާ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ގައެވެ.

ލެވެންޓޭ ދޫކޮށްލުމަށް ފަހު ނަވާސް ރެއާލް އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް 162 މެޗު ކުޅެ، އެޓީމާއެކު ސްޕެނިޝް ލަލީގާ، ސްޕެނިޝް ސުޕާ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު ތިންފަހަރު، ޔުއެފާ ސުޕާ ކަޕް ދެފަހަރު އަދި ކްލަބް ވޯލްޑް ކަޕް ތިން ފަހަރު ހޯދާފައެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުން ވިދާލި ކޮސްޓަރިގާ ގައުމީ ޓީމުގެ ނަވާސް ވަނީ އެޓީމަށް މިވީތަނަށް 86 މެޗު ކުޅެދީފައެވެ. އޭނާ ވަނީ 2014 ވަނަ އަހަރު ކޮންކާކަފްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 މެއި 2017

ހިގުއައިންގެ ދެލަނޑާ އެކު ޔުވެންޓަސް ފައިނަލާ ގާތަށް

04 މެއި 2017
ހިގުއައިންގެ ދެލަނޑާ އެކު ޔުވެންޓަސް ފައިނަލާ ގާތަށް
03 މެއި 2017

ރޮނާލްޑޯގެ ހެޓްރިކާއެކު ރެއާލް ފައިނަލާ ގާތަށް

03 މެއި 2017
ރޮނާލްޑޯގެ ހެޓްރިކާއެކު ރެއާލް ފައިނަލާ ގާތަށް
01 މެއި 2017

ނަވާސް ހޯދުމުގެ މަސައްކަތް ސިޓީން ފަށައިފި

01 މެއި 2017
ނަވާސް ހޯދުމުގެ މަސައްކަތް ސިޓީން ފަށައިފި
10 އެޕްރީލު 2017

ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

10 އެޕްރީލު 2017
ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި
09 އެޕްރީލު 2017

ޔުވެންޓަސް ލީގު ނެގުމާ ގާތަށް

09 އެޕްރީލު 2017
ޔުވެންޓަސް ލީގު ނެގުމާ ގާތަށް
31 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް: އުނގޫފާރު ފެށުން ރަނގަޅުކުރިއިރު، މާޅެންދޫ ފައިނަލާ ގާތަށް

31 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް: އުނގޫފާރު ފެށުން ރަނގަޅުކުރިއިރު، މާޅެންދޫ ފައިނަލާ ގާތަށް
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް