Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރެންޗް ލީގު

ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

ލީގު އޮތީ ވާދަވެރި ހިސާބެއްގައި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 10 އެޕްރީލު 2017 | ހޯމަ 15:03
ލަނޑަކަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން ސެލެބްރޭޓް ކުރަނީ

ލަނޑަކަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން ސެލެބްރޭޓް ކުރަނީ

އެޑިންސަން ކަވާނީގެ ދެ ގޯލާ އެކު ފްރެންޗް ލީގުގައި ގުއިންގަމްޕް ބަލިކޮށް ތަވާލްގެ އެއްވަނައިގައި އޮތް މޮނަކޯއާ 3 ޕޮއިންޓް ގާތަށް ޕީއެސްޖީން ޖެހިލައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ގުއިންގަމްޕްގެ މައްޗަށް ޕީއެސްޖީން ކުރި ހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. މޮޅާއެކީ ލީގުގެ ދެވަނައިގައި ޕީއެސްޖީ އޮތީ 71 ޕޮއިންޓާ އެކީގައެވެ.

ތާވަލްގެ އެއްވަނައިގައި74 ޕޮއިންޓާއެކީ އޮތީ މޮނާކޯއެވެ. މި ދެ ޓީމަށް ވެސް ލީގުގައި ބާކީ އޮތީ އެންމެ 7 މެޗެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުގައި ހުރިހާ ލަނޑުތަކެއް ވެސް ފެނިފައި ވަނީ މެޗުގެ ފަހު ހާފްގައެވެ. އެގޮތުން ފުރަތަމަ ލަނޑު 56 ވަނަ މިނެޓުގައި ކަވާނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ އެންޖެލް ޑިމަރިއާއެވެ.

އޭގެ ހަތަރު މިނެޓު ފަހުން އެޑްރިއަން ރެބިއޮޓްގެ އެހީތެރިކަމާ އެކު ދެވަނަ ލަނޑުޖެހީ ކަވާނީއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ޑިމަރިއާގެ އެހީތެރިކަމާ އެކު ކަވާނީ ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ.

މެޗުގެ އެންމެ ފަހު ވަގުތުކޮޅުުގެ ތެރޭގައި ޕީއެސްޖީގެ ފަހު ލަނޑު ކާމިޔާބުކޮށްފައި ވަނީ މަޓޫޑީއެވެ.

ލީގުގެ ވާދަވެރިން ބޮޑުވެފައިވާއިރު، އެއްވަނައިގައި އޮތް މޮނާކޯއާ ދެވަނައިގައި އޮތް ޕީއެސްޖީ އަދި ތިން ވަނައިގައި އޮތް ނީސްއަށް ލީގު ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ވެސް ފްރާންސް ލީގުގެ ޗެމްޕިއަންއަކީ ޕީއެސްޖީއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
11 ފެބުރުއަރީ 2017

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު