Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 2019

މަޖިލީހުގެ އާ ގަވާއިދު 48 އިސްލާހާއި އެކު ފާސްކޮށްފި

26 އޯގަސްޓު 2019 | ހޯމަ 11:34

ގަވާޢިދު ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ވަނީ ހުށަހަޅާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 26 އޯގަސްޓު 2019 | ހޯމަ 11:34
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޗެމްބަރުގައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޗެމްބަރުގައި

މަޖިލީހުގެ އާ ގަވާއިދު 48 އިސްލާހާއި އެކު ފާސްކޮށްފިއެވެ.

އާ ގަވާއިދަށް ތަޅުމުގައި ވަނީ 52 އިސްލާހެއް ހުށަހަޅާފައެވެ. ވޯޓަށް އަހާފައިވަނީ ހުށަހެޅުނު އިސްލާހުތަކަށް ވަކިވަކިންނެވެ.

Advertisement - newsAdvertisement

ގަވާއިދު ކޮމިޓީގެ ރިޕޯޓާއި، މަޖިލީހުގެ ގަވާއިދަށް ގެނައި 52 އިސްލާހާ އެކު ފާސްކޮށްފައިވަނީ 61 ވަޯޓުންނެވެ.

19 ވަނަ މަޖިލީހުން އިސްލާހު ކޮށްފައިވަނީ 2010 ވަނަ އަހަރުގެ މާރޗްމަހުގެ ދެވަނަ ދުވަހު 17 ވަނަ މަޖިލީހުން އެކުލަވާލާފައިވާ ގަވާއިދެވެ. މެއި މަހުގެ 29 ވަނަ ދުވަހު އޮތް ޖަލްސާގައި ފާސްކޮށްފައިވަނީ 30 ދުވަހުގެ ތެރޭގައި މިހާރު އަމަލުކުރަމުންދާ މަޖިލީހުގެ ގަވާއިދުގެ ބަދަލުގައި، 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފާސްކުރި ގަވާއިދަށް އަމަލުކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށެވެ.

މަޖިލީހުގެ ގަވާއިދު އެކުލަވާލުމަށް ހެދި 11 މެމްބަރުންގެ ކޮމިޓީގެ މަސައްކަތް ނިންމުމަށްފަހު، ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާއަށް ވަނީ ކޮމިޓީގެ ރިޕޯޓް އިއްވާފައެވެ. ކޮމިޓީގެ ރިޕޯޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން، އެމްޑީޕީގެ މެމްބަރުން ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅާފައެވެ. އެގޮތުން ގަވާއިދަށް ޖުމްލަ 52 އިސްލާހެއް ވަނީ ހުށަހަޅާފައެވެ. އެއީ ގަވާއިދުގެ މާއްދާއެއް އިސްލާހު ކުރަން ހުށަހެޅުނު އިސްލާހު ތަކާއި ގަވާއިދުގެ މާއްދާއަށް އަކުރެއް އިތުރުކުރުމަށް ހުށަހެޅުނު އިސްލާހެކެއެވެ. އަދި މުޅި ރިޕޯޓަށް އެއް އިސްލާހުއެވެ.

މަޖިލީހުގެ ގަވާއިދު އެކުލަވާލުމަށް ހެދި ގަވާއިދު ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން، ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ކޮމިޓީން މަޖިލީހުގެ މުޅި ގަވާއިދަށް 40 އިސްލާހެއް ގެނެސްފައިވާ ކަމަށެވެ. މަޖިލީހުގެ ގަވާއިދުތަށް އެކުލަވާލަމުން އައިރު، ކޮމިޓީން މަސައްކަތް ކޮށްފައިވަނީ، މަޖިލީހަށް ހުށަހެޅޭ ކަންކަން ވީހާވެސް އަވަހަށް ނިންމުމަށާއި،ރައްޔިތުން އެދޭ ކަންތައް ހަލުވި ސްޕީޑްގައި ނިންމުމަށް މަސައްކަތް ކުރެވޭނެ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ކަމަށެވެ. ޝަރީފް ވިދާޅުވީ އާ ގަވާއިދު އެކުލަވާލިއިރު، ކޮމިޓީން ބަލާފައިވަނީ ނަޒާހަތްތެރި މަޖިލީހެއް އުފެދިގެންދާނެ ގޮތަށް ގަވާއިދު އެކުލަވާ ލުމަށެވެ.

ކޮމިޓީއިން މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ މުހިއްމު ބަދަލުތަކަށް ބަލާއިރު، މަގްބޫލް އުޒުރެއްނެތި މަހެއްގެ ދެ ބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރުނުވެއްޖެނަމަ މެމްބަރުންގެ މުސާރައިގެ 50 ޕަސެންޓް އުނިވާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ވަނީ ބަދަލު ގެނެސްފައެވެ. މަގްބޫލް އުޒުރެއްނެތި މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން މަހެއްގެ ދެބައި ކުޅަ އެއްބައި ޖަލްސާއަށް މެމްބަރަކު ސަލާމް ބުނެފިނަމަ، މެމްބަރުގެ މުސާރައިގެ ދެބައި ކުޅަ އެއްބައި ކެނޑޭނެއެވެ. އެއީ މުސާރައިގެ 50 ޕަސެންޓްއެވެ. މަގްބޫލް އުޒުރުގެ ގޮތުގައި ބަލަން ނިންމާފައިވަނީ ސަލާމާއި، ޗުއްޓީ އެވެ. މެމްބަރުންނާއި، މެމްބަރުން އަނބިންނާއި ފިރިންގެ މާލީ ބަޔާން ޝާއިއުކުރުމަށް ލާޒިމް ކުރާ ގޮތަށް ގަވާއިދަށް ވަނީ ބަދަލު ގެނެސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ދެވަނަ ދައުރާއި ތިންވަނަ ދައުރުވަނީ ކުރިން އޮތް ގޮތަށް ބަދަލުކޮށްފައެވެ. މަޖިލީހުގެ ދައުރުތައް މިހާރު ހިނގާނީ ފުރަތަމަ ދައުރު ހިނގާނީ 01 ފެބްރުއަރީން ފެށިގެން 30 އެޕްރީލް އަށެވެ. ދެވަނަ ދައުރު ހިނގާނީ 01 ޖޫން އިން ފެށިގެން 31 އޮގަސްޓަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ 01 އޮކްޓޫބަރު އިން 30 ނޮވެމްބަރުގެ ނިޔަލަށެވެ.

ނަމަވެސް ޤަވާއިދު ކޮމިޓީންވަނީ ދެ ވަނަ ދައުރާއި ތިން ވަނަ ދައުރު ކުރިން އޮތް ގޮތަށް ބަދަލުކޮށްފައެވެ. އެހެންކަމުން ފުރަތަމަ ދައުރު ހިނގާނީ 01 ފެބްރުއަރީން ފެށިގެން 30 އެޕްރީލް އަށެވެ. ދެވަނަ ދައުރު ހިނގާނީ 01 ޖޫން އިން ފެށިގެން 31 އޮގަސްޓަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ 01 އޮކްޓޫބަރު އިން 30 ނޮވެމްބަރުގެ ނިޔަލަށެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ގަވާއިދު ހަދަން ވާނީ ރައްޔިތުން ފުރިހަމައަށް ތަމްސީލުވާނެ ގޮތަށް އަދި އެބައި މީހުންގެ ފުރިހަމަ ބައިވެރިވުން ލިބޭނެ ދިމިގްރާތީ އުސޫލުތައް އެކުލެވޭނެ އަދި ޖަވާބުދާރީވާ، ހާމަކަން ބޮޑު ގޮތަކަށް މަޖިލިސް ހިންގުމަށް ބޭނުންވާނެ އުސޫލުތަކުގެ މައްޗަށެވެ.

މަޖިލީހުން ހަދާ ގަވާއިދުގައި މެމްބަރުންގެ ސުލޫކީ މިންގަނޑުތަކާއި ހާޒިރީއާ ގުޅޭ އުސޫލުތައް ހިމެނިދާނެ ކަމަށާއި މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވެއްޖެ ނަމަ، މެމްބަރެއްގެ މުސާރަ އާއި އިނާޔަތްތައް ކެނޑޭނެ ގޮތްތައް ވެސް ކަނޑައެޅިދާނެ ކަމަށް ގާނޫނުއަސާސީގެ 88 ވަނަ މާއްދާގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް