Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކް ފެއާ

ޓެކް ފެއަރ އަށް އުކުޅަސް އޮތީ ތައްޔާރަށް، ތިން ދުވަހެއްގެ ތެރޭ ސެންޓަރުގެ މަސައްކަތް ނިންމާލެވޭނެ

19 އޯގަސްޓު 2019 | ހޯމަ 14:01

މިހާރު ކުރިޔަށް ދަނީ ލޭންޑްސްކޭޕިން މަސައްކަތް

އަލީ ސަމާޚް
އަލީ ސަމާޚް | 19 އޯގަސްޓު 2019 | ހޯމަ 14:01
ޓެކް ފެއަރ ސްޓޭޖްގެ މަސައްކަތް ކުރިޔަށް ދަނީ

ޓެކް ފެއަރ ސްޓޭޖްގެ މަސައްކަތް ކުރިޔަށް ދަނީ

އއ. އުކުޅަހުގައި ބާއްވާ ''އުކުޅަސް ޓެކް ފެއަރ'' އަށް މުޅި ރަށް އޮތީ ތައްޔާރަށް ކަމަށާއި، އެ ފެއަރ ބާއްވަން ތައްޔާރު ކުރަމުންދާ ކޮންފަރެންސް ހޯލްގެ މަސައްކަތް ތިން ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ޕްރޮފެސަރު ހަސަން އުގައިލް ފައުންޑޭޝަނުން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީއާ، އުރިދޫގެ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޓެކް ފެއަރ އޮންނާނީ މި މަހުގެ 26 އިން 28 ގައި އުކުޅަހުގައެވެ. އެ މަހާސިންތާ ދެބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ފުރަތަމަ ބަޔަކީ އިންޓަނޭޝަނަލް ކޮންފަރެންސް އަދި ދެވަނަ ބަޔަކީ ޓެކް ފެއާގެ ބަޔެވެ. އިންޓަނޭޝަނަލް ބައިގައި ބައިވެރިވާނީ އާޓިފިޝަލް އިންޓަލިޖެންސް އަދި ކޮމްޕިއުޓަރ ސައިންސްގެ ދުނިޔޭގެ ފެންވަރުގައި ފުންނާބު އުސް އިސް ފަރާތްތަކުން ކަމަށާއި، މީގެ އިތުރުން ޓެކްނޮލޮޖީއާ ގުޅުންހުރި މައުލޫމާތުތައް ހިއްސާކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މުރަކައާގުޅޭ ހޯދުންތަކުގެ ދިރާސާގެ މައްޗަށް ހުށައަޅުއްވައިދެއްވާ ޚާއްސަ ހުށައެޅުމެއްވެސް އޮންނާނެ ކަމަށް އުގައިލް ފައުންޑޭޝަނުން މައުލޫމާތުދެއެވެ.

Advertisement - newsAdvertisement

ޓެކް ފެއަރގެ އެންމެ ފަހުގެ މައުލޫމާތު ރާއްޖެ.އެމްވީ އަށް ހިއްސާކުރަމުން އުކުޅަސް ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ، ކޮންފަރެންސް ސެންޓަރ ހެދުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއިއެކު ކުރިޔަށްދާ ކަމަށެވެ. އެރަށުގައި ޓެކް ފެއަރ ބޭއްވުމަށް ޕްރޮފެސަރު އުގެއިލް ނިންމެވުމާއި ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ. ޝައުކަތު ވިދާޅުވީ، ފެއަރ ބޭއްވުމަށް ޕްލޭން ހުށައެޅުމުން ސަރުކާރުން އެކަމަށް ކުރު މުއްދަތެއްގެ ތެރޭގައި އިޖާބަދީފައިވާ ކަމަށެވެ. 22 މިލިއަން ރުފިޔާގެ އެ މަޝްރޫއު ސަރުކާރުން ހަވާލު ކުރީ އަމީން ކޮންސްޓްރަކްޝަންއާ އެެވެ.

މިހާރު ކުރިޔަށް ދަނީ އެންމެ ފަހުގެ މަސައްކަތް ކަމަށާއި، ކުރިޔަށް އޮތް ދެތިން ދުވަސް ތެރޭ ސެންޓަރު މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ޝައުކަތު ވިދާޅުވިއެވެ.

ޓެކް ފެއަރ އަށް އިނގިރޭސިވިލާތުގެ ޕްރޮފެސަރުންގެ އިތުރުން ސައިންޓިސްޓުންގެ ޓީމެއް ވަޑައިގަންނަވާނެއެވެ. ފެއަރ ހުޅުވުމުގެ ރަސްމިއްޔާތަށް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކައުންސިލުން ވަނީ ދައުވަތުދީފައެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ، މެހެމާނުންނަށް ހޫނު މަރުހަބާއެއް ކިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. ފެއަރ ވަޑައިގަ ފަރާތްތަކުން ރަށުގެ ގެސްޓް ހައުސްތަކުގައި ތިބެން ހަމަޖެހިފައިވާއިރު ހުރިހާ ގެސްޓް ހައުސްއެއް ކަހަލަ ގޮތަކަށް ވަނީ ބުކްކޮށްފައެވެ.

ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހެނދުނު އަށަކުން ނުވަޔަކަށް މަރުހަބާ ކިޔުމަށް އެކި ކަހަލަ ހަރަކާތްތައް ބަނދަރު ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާކަން ޝައުކަތު ވިދާޅުވިއެވެ. ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު އަށް ސާފު ޢައުލަބީ އަތެއް ހޯދައިދިން އުކުޅަހުން ވަނީ ޓެކް ފެއަރ ބާއްވާ ސެންޓަރު ހުޅުވައިދެއްވުމަށް އެމަނިކުފާނަށް ދައުވަތު އަރުވާފައެވެ. ޓެކް ފެއަރގެ ސެޝަންތައް ފެށިގެން ދާނީ އެ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށާއި، ޔޫތް މިނިސްޓްރީއާ ގުޅިގެން ރަށު ބޮޑު ބެރު ގްރޫޕުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާކަން ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވިއެވެ. އެ ފަދަ ޓެކް ފެއަރ އެއް ބޭއްވުމަކީ އެރަށް ދިވެހި ރާއްޖޭގެ ތާރީހުގެ ތެރެއަށް ވަދެގެން ދިޔުން ކަމަށް ކައުންސިލަރު ވަނީ ސިފަ ކުރައްވާފައެވެ.

ތިން ދުވަހަށް ކުރިޔަށްދާ ފެއަރ ނިމުމުން ކައުންސިލްގެ ވިސްނުމަކީ ކޮންފަރެންސް ޓޫރިޒަމް އަށް އެ ސެންޓަރު ހުޅުވާލުމެވެ. އުކުޅަހަކީ ޓޫރިޒަމް ފުޅާކުރަމުން އަންނަ ރަށަކަށްވާއިރު އުއްމީދަކީ އެ ސެންޓަރާ އެކު ކޮންފަރެންސް ޓޫރިޒަމް އެރަށަށް ތާއަރަފް ވެގެން ދިޔުން ކަމަށް ކައުންސިލުން ބުންޏެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް