ފުލުހުންގެ ސައިކަލަށް ގެއްލުން ދިން މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
16 އޯގަސްޓު 2019 | ހުކުރު 08:06ހައްޔަރުކުރީ 25 އަހަރުގެ ފިރިހެނެއް

އަމްނާ އިމާދު | 16 އޯގަސްޓު 2019 | ހުކުރު 08:06

މަހިބަދޫ ޕޮލިސް ސްޓޭޝަން
ފުލުހުން ދުއްވަން ގެންގުޅޭ ސައިލަކަށް ގެއްލުން ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ރާއްޖެއެމްވީއަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އދ. މަހިބަދޫ ޕޮލިސް ސްޓޭޝަންގެ ސައިކަލަކަށް ގެއްލުން ދީ، އިންޒާރުދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިމައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން ބުރާސްފަތި ދުވަހު 10 ދުވަސް ޖަހާފައިވާ ކަމަށެވެ.
މިމައްސަލާގައި ފުލުހުންގެ ސައިކަލަށް ދީފައިވަނީ ކޮންކަހަލަ ގެއްލުމެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.







