Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މުހައްމަދު ވިސާމް

އާސަންދަ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަން ތަހުގީގު ކުރަންޖެހޭ: ވިސާމް

ކޮރަޕްޝަންގެ އަމަލުތައް ގިނަ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 7 އޯގަސްޓު 2019 | ބުދަ 12:09
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް

ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް

ކުރީ ސަރުކާރުގައި އާސަންދައިން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް އެކަން ކުރި ފަަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވިސާމް ގޮވާލައްވައިފި އެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހެލްތް މިނިސްޓްރީގެ ދަށުން ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ހުށައެޅުއްވި އިސްލާހަށް ތާއީދު ކުރައްވަމުން ވިސާމް ވިދާޅުވީ، އެންސްޕާ ބަދަލުކުރަން މިހާރު މާ ލަސްވެއްޖެ ކަމަށެވެ. ވިސާމް ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި އެންސްޕާ އިން އާސަންދަގެ ހިދުމަތް ދިނުމުގެ ނަމުގައި އިންތިހާ ދަރަޖައަށް ކޮރަޕްޝަން ހިންގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނުއަގުގައި އާސަންދައިން ކުންފުނިތަކަށް ބޭސް ވިއްކާފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ، އާސަންދަ އިން އެގްރީމެންޓް ހަދައިގެން ބޭސް ވިއްކާފައިވަނީ އޭރުގެ ސަރުކާރުގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން)ގެ ސަދަގާތު ފައުންޑޭޝަނުން އާސަންދަ މެދުވެރިކޮށް އެކި ހަރަކާތްތަކަށް ހަރަދު ކޮށްފައިވާކަން ވަނީ ހާމަވެފަ އެވެ.

އެފަދަ ކަންތައްތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އާސަންދަ މެދުވެރިކޮށް ހިންގާފައިވާ ކޮރަޕްޝަންތައް ބަލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ގެ ނިޔަލަށް އާސަންދައިން 1.4 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ، މިހާރު ހެދިފައި ހުރި އެގްރީމެންޓްތައް ބާތިލްކޮށް ހެޔޮ އަގުގައި ބޭސް އެތެރެކޮށް ރަނގަޅު ކުންފުނިތަކާއި އެކު އެގްރީމެންޓް ހަދާ ރައްޔިތުންނަށް އެންމެ ރަނގަޅަށް ހިދުމަތް ދެވޭ ގޮތަށް އެކަންކަން ބައްޓަން ކުރަން ޖެހޭ ކަމަށް ވިސާމް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު