Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުޑީޝަލް ސަރވިސް ކޮމިޝަން

ހައިލަމްގެ މައްސަލައެއް ބަލަމުންދާ ކަމުގެ ސިޓީ މިއަދު އޭނާއަށް ފޮނުވާނަން: ޖޭއެސްސީ

5 އޯގަސްޓު 2019 | ހޯމަ 07:55

ހައިލަމްގެ މައްސަލަ ބަލާކަން ހާމަ ކުރީ މިދިޔަ ބުދަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 5 އޯގަސްޓު 2019 | ހޯމަ 07:55
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް އަދި ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޑީޑީ. އެދެ ފަނޑިޔާރުންގެ މައްސަލަވެސް ޖޭއެސްސީއިން ދަނީ ބަލަމުން

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް އަދި ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޑީޑީ. އެދެ ފަނޑިޔާރުންގެ މައްސަލަވެސް ޖޭއެސްސީއިން ދަނީ ބަލަމުން

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާކަމުގެ ސިޓީ ހޯމަ ދުވަހު ފޮނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ޖޭއެސްސީ އިން ވަނީ އިސް ގާޒީ ހައިލަމް އާއި އެ ކޮމިޝަނުން މިހާރު ވެސް ބަލަމުން ގެންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރު މައްސަލައެއް ބަލަމުންދާކަން މިދިޔަ ބުދަ ދުވަހު ހާމަ ކޮށްފައެވެ.

Advertisement - newsAdvertisement

އެކޮމިޝަންގެ ޑިރެކްޓަރ ހަސަން ޒަހީން ރާއްޖެއެމްވީއަށް ވިދާޅުވީ ޖޭއެސްސީއަށް ހުށައެޅިފައިވާ މައްސަލަ އެކޮމިޝަނުން ބަލަން ނިންމައި މައްސަލަ ބަލަމުންދާކަމުގެ ލިޔުން އިސް ގާޒީ ހައިލަމްއަށް ހޯމަ ދުވަހު އަންގަވާނެ ކަމަށެވެ. ނަމަވެސް އަބްދުﷲ ދީދީގެ އާ މައްސަލައެއް ބަލަމުންދާނެކަން އޭނާއަށް ސިޓީއަކުން އަންގާނީ އަދި އެމައްސަލައިގައި ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަން ފުރިހަމަ ކުރުމަށްފަހު ކަމަށް ޒަހީން ވިދާޅުވި އެވެ.

އިސް ގާޒީ ހައިލަމްގެ މައްސަލައެއް ޖޭއެސްސީއިން ބަލާކަން އެނގިވަޑައިގެންފައިނުވާކަން އޭނާ ހާމަކުރެއްވީ އާދީއްތަ ދުވަހު އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި އެމަނިކުފާނުގެ ވަކީލަކު ހުށައެޅުއްވި ކަމަކަށް ޖަވާބު ދެއްވަމުންނެވެ.

އެމަނިކުފާނުގެ ވަކީލަކު ވަނީ ޖޭއެސްސީއިން ގާޒީ ހައިލަމްގެ މައްސަލައެއް ބައްލަވާ ކަމަށް ބުނެފައިވާ މައްސަލައިގައި ނުކުމެދާނެ ކަންތައްތަކެއް އެބަހުރި ކަމަށާއި އިސް ގާޒީގެ މައްސަލައެއް ބަލަމުންދާ ކަމަށް ޖޭއެސްސީއިން ނޫސްބަޔާން ނެރެފައި އޮތްކަމަށް ވިދާޅުވެފައެވެ. ޖޭއެސްސީއަކީ ގާޒީ ހައިލަމް ސަސްޕެންޑް ކުރުމުގެ ބާރު އޮތްތަނަކަށްވުމުން އެކަމުގައި ސިޔާސީ ނުފޫޒު އެމައްސަލައަށް ވަދެދާނެކަމަށް ގަބޫލު ކުރެއްވޭކަމަށް އެ ޝަރީއަތުގައި ވިދާޅުވިއެވެ.

ޖަވާބުގައި އިސް ގާޒީ ހައިލަމް ވިދާޅުވީ އޭނާގެ މައްސަލައެއް ބަލަމުން ދާކަން ޖޭއެސްސީއިން އަންގާފައި ނުވާ ކަމަށެވެ. އަދި ޖޭއެސްސީއިން އޭނާގެ މައްސަލަ ބެލިކަމުގައިވިއަސް އެއީ އެ މައްސަލައަށް އަސަރު ފޯރާނެކަމެއް ކަމަށް ގަބޫލު ނުކުރެއްވޭކަމަށާއި އެފަދަ ނުފޫޒެއް އޮތްކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލަ ބައްލަވަނީ އިސް ގާޒީ ހައިލަމްއެވެ.

ހައިލަމްގެ މައްސަލައެއް ބަލަން ނިންމާފައިވާކަން ޖޭއެސްސީއިން ހާމަ ކޮށްފައިވާއިރު ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ދިގުލައިގެންދާ ކަމުގެ ޝަކުވާއާއި ގުޅިގެން ޖޭއެސްސީއިން އެކުލަވައިލި ރިޕޯޓާއި ގުޅިގެން އޭނާއަށް ވަނީ ފާޑުކިޔުންތައް އަމާޒު ވެފައެވެ.އެގޮތުން ކޯޓުގެ އިސްގާޒީ މައްސަލަތައް މޮނިޓަރ ނުކުރުމާއި އިސްގާޒީ މައްސަލަތައް އަވަސް ކުރުމަށް މަސައްކަތް ކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަކީ ހައިލަމް އެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް