Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝް

ފެންބޮޑުވުމުގެ ހާދިސާތަކުގެ އަސަރު ބަންގްލަދޭޝްގެ އެތައް މިލިއަން މީހުންނަށް ކޮށްފި

މި ހާދިސާތަކުގައި 163000 ހެކްޓަރުގެ ދަނޑުބިންތަކައް ވަނީ ހަލާކުވެފަ

މުހައްމަދު ލިސާން
މުހައްމަދު ލިސާން | 2 އޯގަސްޓު 2019 | ހުކުރު 14:25
މި ހާދިސާތަކުގެ އަސަރު ބަންގްލަދޭޝްގެ 28 ސަރަހައްދެއްގެ 7 މިލިއަން މީހުންނަށް ވަނީ ކޮއްފަ

މި ހާދިސާތަކުގެ އަސަރު ބަންގްލަދޭޝްގެ 28 ސަރަހައްދެއްގެ 7 މިލިއަން މީހުންނަށް ވަނީ ކޮއްފަ

ބަންގްލަދޭޝްގައި ފެންބޮޑުވެ ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި އެތައްހާސް މީހުންގެ ގެދޮރުތައް ގެއްލިފައިވާކަމަށް ބަންގްލަދޭޝްގެ ރެޑް ކްރެސަންޓް ސޮސައިޓީއިން ބުނެފިއެވެ.

މި ހާދިސާތަކުގެ އަސަރު ބަންގްލަދޭޝްގެ 28 ސަރަހައްދެއްގެ 7 މިލިއަން މީހުންނަށް ކޮށްފައިވާއިރު، 163000 ހެކްޓަރުގެ ދަނޑުބިންތަކައް ވަނީ ހަލާކުވެފައެވެ.

ފެންބޮޑުވުމުގެ ހާދިސާތަކުގައި ބަންގްލަދޭޝްގައި ދިރިއުޅޭ ގިނަ މީހުންނަށް ވަރަށް ގިނަ ދަތިތަކާއު ކުރިމަތިލާންޖެހިފައެވެ. އެގޮތުން ގިނަ ސަރަހައްދުތަކުގައި އަދިވެސް ފެންބޮޑުވެފައިވާތީ، އެ ސަރަހައްދުތަކުގައި ދިރިއުޅޭމީހުންނަށް އަދިވެސް ކާނާ ހޯދުމުގައި ދަތިތަކާކުރިމަތިލާންޖެހިފައި ވެއެވެ. ރެޑް ކްރެސަންޓްގެ އެހީތެރިކަންވެސް ލިބިފައިވަނީ މަދު ބަޔަކަށެވެ.

ފެންބޮޑުވުމުގެ ހާދިސާތަކުގައި ސުކޫލްތައް ހަލާކުވުމާއި ގުޅިގެންނާއި ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިކަމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ބޭނުން ކުރެވެމުންދާތީ 40000 އަށް ވުރެ ގިނަ ކުޑަކުދިން ވަނީ ކިޔެވުމުން މަހުރޫމްވެފައެވެ.

ބަންގްލަދޭޝްގެ ގިނަ ރައްޔިތުންއުޅެނީ ދަނޑުވެރިކަމުން ލިބޭ އާމްދަނީ އިންނެވެ. އަދި މި ހާދިސާތަކުގައި ބޮޑަށް ގެއްލުންވެފައިވަނީވެސް ދަނޑުވެރިކަން ކުރާ ސަރަހައްދުތަކަށެވެ. ބަންގްލަދޭޝް އަކީވެސް ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ހަލުވި މިނުގައި ކުރަމުން އަންނަ ގައުމެއްކަމުގައި ތިމާވެއްޓާއި ބެހޭ މާހިރުންވިދާޅުވިއެވެ.

މިއީ ބަންގްލަދޭޝްއަށް ވޭތުވެދިޔަ ދެއަރުތެރޭގައި އެންމެ ބޮޑުގެއްލުންވި އެއް ހާދިސާ ކަމުގައި ވެސް ބަންގްލަދޭޝްގެ ރެޑް ކްރެސަންޓް ސޮސައިޓީއިން ބުނެއެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

01 މެއި 2017
އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ
28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
13 އެޕްރީލު 2017

ބަންގްލަދޭޝްގެ މިސްކިތަކަށް ހަމަލާ ދިން ތިން މީހަކު މަރާލައިފި

13 އެޕްރީލު 2017
ބަންގްލަދޭޝްގެ މިސްކިތަކަށް ހަމަލާ ދިން ތިން މީހަކު މަރާލައިފި
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު