Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ މަންޒިލަކީ އިންޑިއާއެއް ނޫން، ލަންކާ: ޓުޓިކޮރިންގެ ބަނދަރުގައި ހުރި ދިވެއްސެއް

އެނގިފައިވާ ގޮތުގައި ޓަގު ބޯޓެއްގައި އަދީބު އިންޑިއާއަށް ފުރާވަޑައިގަތީ ޖުލައި މަހުގެ 27 ވަނަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 1 އޯގަސްޓު 2019 | ބުރާސްފަތި 14:25
އަދީބު ހުންނެވި ޓަގު ބޯޓު.

އަދީބު ހުންނެވި ޓަގު ބޯޓު.

އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެ ގައުމުގެ ފުލުހުން ހައްޔަރު ކުރި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން ވަޑައިގަންނަވަން އުޅުއްވީ އިންޑިއާއަށް ނޫން ކަމަށާއި އެމަނިކުފާނު ވަޑައިގަންނަވަން އުޅުއްވީ ލަންކާއަށް ކަމަށް ޓުޓިކޮރިންގެ ބަނދަރުގައި ހުރި ދިވެއްސެއް ރާއްޖެއެމްވީއަށް ބުނެފިއެވެ.

އޭނާ ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި އަދީބު ހުންނެވި ޓަގުބޯޓު އެބަނދަރާއި ކައިރި ކުރަން އުޅުނީ ބުދަ ދުވަހު އިންޑިއާ ގަޑިން މެންދުރު 12:30 އާއި 1:00 އާ ދޭތެރޭ ގައެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޓަގު ބޯޓެއްގައި އަދީބު އިންޑިއާއަށް ފުރާވަޑައިގަތީ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ.

ލިބިފައިވާ މައުލޫމާތާއި އެކީ އޭނާ ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި އަދީބު އުޅުއްވީ އިންޑިއާއަށް ވަޑައިގަންނަވާކަށް ނޫނެވެ. އަދި އަދީބު އެ ޓަގު ބޯޓަށް އެރުއްވީ ކަނޑުމަތިންނެވެ. އަދި ޕްލޭން ކޮށްފައިވާ ގޮތުން ރާއްޖެއިން ނައްޓާލާ ތަނުން ސްރީލަންކާއާ ކައިރިވުމުން ލަންކާއިން އަންނަ ބޯޓަކަށް އަރައި އެގައުމަށް ފައިބާ ގޮތަށް ޕްލޭން ކޮށްފައިވާ ކަމަށް އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމީހާ ބުންޏެވެ.

އެބަނދަރުގައި ތިބި މީހުންނާއި ހަވާލާދީ އެމީހާ ބުނީ އެބޯޓު ރާއްޖެއިން ފުރީ މީގެ ފަސްވަރަކަށް ދުވަސް ކުރިންނެވެ. ޕްލޭން ކުރިގޮތާއި އެއްގޮތަށް ކަންތައްތައް ނުދިޔައީ ލަންކާއިން އަންނަން ހަމަޖެހިފައި އޮތް ބޯޓު ބަލާ އަންނަން ބުނި ގަޑި ލަސްވުމުންނެވެ. އާންމުކޮށް ރާއްޖެއިން ފުރައިގެން ޓުޓިކޮރިންގެ ބަނދަރަށްދާ ބޯޓުތަކަށް ތިން ދުވަހުން ދެވޭނެ ކަމަށާއި ނަމަވެސް އެބޯޓަށް އެހާ ލަހުން ދެވުނީ ލަންކާއިން އަދީބު ބަލާ މީހަކު އާދޭތޯ ބެލުމަށް މަޑުކުރުމުން ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އަދީބު ހުންނެވި ބޯޓު ދާތަނަކަށް ދިއުމަށް އޭނާއަށް މަޖުބޫރުވީއެވެ. އެހެން ކަންތައްވުމުން އެޓަގު ބޯޓުގެ އެޖެންޓް ވަނީ އޭނާގެ ސަލާމަތް ހޯދުމަށް ބަނދަރު ކުރުމުގެ ކުރިން އެ ބޯޓުގައި އިތުރު ފަޅުވެރިއަކު ހުރިކަމަށާއި އެއީ ދިވެއްސެއްކަމަށް ބުނެ އިންޑިއާގެ ކަސްޓަމްސް އަށް އެންގީ ކަމަށް އޭނާ ބުންޏެވެ.

މިހަފްތާގެ ހޯމަ ދުވަހަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގި ކަމަށާއި ނަމަވެސް އެދުވަހު ވަޑައިނުގެންނެވުނީ އާއިލާއާއިއެކު ރިސޯޓަކަށް ވަޑައިގެންނެވުމުން ކަމަށް ފުލުހުންގެ އިދާރާއަށް މައުލޫމާތު ދެއްވާފައިވާ ކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ. އަދި ބުދަ ދުވަހު އެއިދާރާއަށް ވަޑައިގަންނަވާނެ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި ބުދަ ދުވަހުގެ (އިއްޔެ) މެންދުރު ފަހު 2:00 އަށް އެއިދާރާއަށް ހާޒިރުވާން އޭނާއަށް އަންގާފައިވާ ކަމަަށާއި ނަމަވެސް ތަހުގީގަށް ހާޒިރު ނުވެ ފިއްލެވީ ކަމަށެވެ.

އިންޑިއާގެ ޓުޓްކޮރިން ބަނދަރުން އެ ގައުމަށް އެތެރެވާން އުޅެނިކޮށް އަދީބު ހައްޔަރު ކޮށްފައިވާއިރު އިންޑިއާގެ ނޫސްތަކުގައިބުނެފައިވަނީ އަދީބު އިންޑިއާއަށް އެތެރެވާން އުޅުނީ ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ކަމަށެވެ. އެނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ވަރގޯ-9 ކިޔާ އެ ޓަގުބޯޓުގައި 9 ފަޅުވެރިއަކު ތިއްބެވެ.

އެމީހާ ބުނީ އޭނާ މަސައްކަތުގައި އުޅުމަށް ފަހު ޓުޓިކޮރިންގެ ބަނދަރަށް އޭނާއަށް ދެވުނު ވަގުތަކީ އޭނާއަށް ވެސް ބަނދަރަށް ދެވުނު ވަގުތު ކަމަށާއި އެވަގުތު އިންޑިއާގެ ކަސްޓަމުންނާއި ސިފައިން ބަނދަރުމަތީގައި ތިބި ކަމަށެވެ. ވީ ކީއްތޯ އޭނާ އެ ބަނދަރުގައި ހުރި މީހެއްގެ ގާތުގައި އެހުމުން "އެފެންނަ ޓަގު ބޯޓުގައި ދިވެއްސެއް" ހުރުމުން ފުލުހުން އެތަނަށް އައީ ކަމަށް އޭނާ ބުންޏެވެ. އެއީ ކޮން ދިވެއްސެއްތޯ އަހާލުމުން އެމީހާއަށް ކިޔަނީ އަހުމަދު ކަމަށާއި އެއީ ކުރިން މިނިސްޓަރެއް ކަމަށް ބުނި ކަމަށެވެ. އަދި އޭނާއަށް އަދީބުކަން ޝައްކު ކުރެވިގެން އަދީބުގެ ފޮޓޯ ދައްކާލުމުން އެއީ ޓަގު ބޯޓުގައި ހުރި މީހާކަމަށް ބުނި ކަމަށް އޭނާ ބުންޏެވެ.

އެބޯޓު އަދިވެސް އޮތީ ބަނދަރާއި 100 މީޓަރ ދުރުގައެވެ. އަދި އެބޯޓު އިންޑިއާގެ ބަނދަރަށް ކައިރި ކުރެވޭނީ ކަސްޓަމްސް ކްލިއަރެންސް ލިބިގެން ކަމަށް އޭނާ ބުންޏެވެ. އަދީބު ހުންނެވީ އަދިވެސް އެޓަގުބޯޓުގައި ކަމަށާއި އޭނާ ހުންނެވީ ބިޑި އަޅުވާފައި ކަމަށް ވެސް އެތަނުގައި ތިބި ފުލުހުންނާއި ހަވާލާދީ އެމީހާ ބުންޏެވެ.

އިންޑިއާގެ އޮފިޝަލުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ވަނީ އަދީބު އެ ގައުމަށް އެތެރެވާން އުޅުނީ ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތި އަދި އިންޑިއާގެ ހުއްދައަކާ ވެސް ނެތި ކަމަށެވެ. އަދި އެތެރެވާން އުޅުނީ އެ ބޯޓުގެ ފަޅުވެރިއަކަށް ވެގެންކަ މަށް ވެސް ނޫސްތަކުގައި ވެއެވެ.

ފުލުހުން ބުނީ އެކުވެރި ގައުމުތަކާ ގުޅިގެން އަދީބު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަދީބު ފިލުވުމުގައި އެހީތެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް އެ ބަޔަކަށް ގާނޫނުގައިވާ ގޮތުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

އަދީބު އިންޑިއާއަށް ގޮސްފައިމިވަނީ އޭނާގެ މައްޗަށް ހުރި ޖަލު ހުކުމްތައް ހައިކޯޓުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ. ހައިކޯޓުން ބާތިލްކުރި އަދީބުގެ 33 އަހަރުގެ ހުކުމްގެ ތެރެއިން ޚިޔާނާތްތެރިވި މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ވަގުތީ އަމުރަކަށް އެދިފައި ވާތީ ގާނޫނީ އުސޫލުތަކާއި މައްސަލައިގެ ބާވަތަށް ރިއާޔަތްކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން އެކޯޓުން ވަނީ އަމުރު ކޮށްފައެވެ.

މީގެ އިތުރުން ފުލުހުން ތަހުގީގު ކުރަމުންދާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރުސީ)ގެ މައްސަލައާއި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރުސީއަށް ފައިސާ ނެގުމަށް ފަހު އެފައިސާއަށް ޚިޔާނާތްތެރިވެ އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު އެ އިދާރާއިން ދަނީ ކުރަމުންނެވެ.

އަދީބަށް ބޭސްފަރުވާގެ ފުރުސަތު މިސަރުކާރުން ދިން ބޭސްފަރުވާއަށް އިންޑިއާގެ ޕޫނޭއަށް ވަޑައިގެންނެވުމަށް ފަހު ރާއްޖެ ވަޑައިގެންނެވީ ޖުލައި މަހުގެ ހަވަނަ ދުވަހުއެވެ. އޭރު އެމަނިކުފާނާއި އެކު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުއައްޒަފުންނާއި ފުލުހުން ވަނީ ފޮނުވާފައެވެ. ބޭސް ފަރުވާއިން އިންޑިއާއިން އެނބުރި ރާއްޖެ ވަޑައިގެން އަދީބު ވިދާޅުވެފައިވަނީ އޭނާއަކީ ޒިންމާއިން ރެކޭނެ އަދި ފިލައިގެން ދާނެ މީހެއް ނޫން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު