Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަނީ

ރާއްޖެއަށް ލިބިފައިވަނީ ހަތަރު ވޯޓް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 27 ޖުލައި 2019 | ހޮނިހިރު 06:14
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް - 2019

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް - 2019

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

އައިއޯއައިޖީގެ ކައުންސިލުން ނެގި ވޯޓުގައި ރާއްޖެ 4 ވޯޓުން ބިޑް ކާމިޔާބުކޮށްފައިވާއިރު ކޮމޯރަސް އަދި މަޑަގަސްކަރައަށް ލިބިފައިވަނީ އެއް ވޯޓެވެ.

Advertisement - newsAdvertisement

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް، ހުށަހަޅަންޖެހޭ ބިޑް ރަސްމީކޮށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދް މަހުލޫފް ހުށަހަޅުއްވާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ބިޑް ހުށަހަޅުއްވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ މި މުބާރާތަކީ ދިވެހިންގެ ހިތްތަކާއި ގުޅިފައިވާ މުބާރާތެއް ކަމަށާއި، ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ވާދަކުރި ބައިނަލްއަގްވާމީ މުބާރާތަކީ އައިއޯއައިޖީ ކަމަށެވެ. މީގެ އިތުރުން މަހުލޫފް ވިދާޅުވީ ދިވެހިން ފުޓުބޯޅައިގައި ޖެހި އެންމެ ފުރަތަމަ ލަނޑު ޖަހައިފައިވަނީ އައިއޯއައިޖީގައި ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މަހްލޫފް ވިދާޅުވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވިގެން ދިޔުމަކީ ރާއްޖޭގެ ކުޅިވަރުގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މި މުބާރާތް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދެއްވާފައެވެ. އެގޮތުން ރައީސްގެ މަންދޫބުންގެ ގޮތުގައި ޖުލައި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުރުން ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހުލޫފް ވަނީ މުބާރާތުގައި ވާދަކުރާ ގައުމުތަކަށް ގޮސް އެ ގައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ، އެ ގައުމުތަކުގެ ތާއީދު ހޯދުމަށް މަސައްކަތް ކުރައްވާފައެވެ.

އައިއޯއައިޖީގެ ކައުންސިލުން ދާދި ފަހުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށް ދިވެހި ސަރުކާރާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއާ ބައްދަލުކޮށް ރާއްޖޭގައި ހުރި ކުޅިވަރު ވަސީލަތްތައް ބައްލަވާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީޕްލޭން ވެއްޓުމުން ކްރޫއިން އަމަލު ކުރީ އޮންނަ އުސޫލުގެ ތެރެއިން: އައިލެންޑް އޭވިއޭޝަން

ސީޕްލޭން ވެއްޓުމުން ކްރޫއިން އަމަލު ކުރީ އޮންނަ އުސޫލުގެ ތެރެއިން: އައިލެންޑް އޭވިއޭޝަން

23 ނޮވެމްބަރު 2017
ބަނޑޮސް އައިލެންޑް ރިސޯޓް ކައިރީގައި އޮތް ދޯންޏެއްގައި ރޯވެއްޖެ

ބަނޑޮސް އައިލެންޑް ރިސޯޓް ކައިރީގައި އޮތް ދޯންޏެއްގައި ރޯވެއްޖެ

19 އޮކްޓޯބަރު 2017
މިނިސްޓަރ ތޯރިޤް މާޝަލް އައިލެންޑްސްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

މިނިސްޓަރ ތޯރިޤް މާޝަލް އައިލެންޑްސްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

22 ސެޕްޓެމްބަރު 2017
އައިޖީއެމްއެޗާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޖީއެމްއެޗާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

20 ޖުލައި 2017
ސަމާ އައިލެންޑް ހާދިސާގައި އެކްސިޑެންޓްވި ދޯނީގެ ކައްޕީގެ ބަންދަށް އަނެއްކާ ވެސް 10 ދުވަސް ޖަހައި، ފަޅުވެރިން ޑީޕޯޓްކޮށްލަނީ!

ސަމާ އައިލެންޑް ހާދިސާގައި އެކްސިޑެންޓްވި ދޯނީގެ ކައްޕީގެ ބަންދަށް އަނެއްކާ ވެސް 10 ދުވަސް ޖަހައި، ފަޅުވެރިން ޑީޕޯޓްކޮށްލަނީ!

16 ޖޫން 2017

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު