Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަމާ އައިލެންޑް އެކްސިޑެންޓް

ސަމާ އައިލެންޑް ހާދިސާގައި އެކްސިޑެންޓްވި ދޯނީގެ ކައްޕީގެ ބަންދަށް އަނެއްކާ ވެސް 10 ދުވަސް ޖަހައި، ފަޅުވެރިން ޑީޕޯޓްކޮށްލަނީ!

ކައްޕީގެ ބަންދަށް 10 ދުވަސް ޖެހީ މިމަހުގެ 10 ވަނަ ދުވަހު

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 16 ޖޫން 2017 | ހުކުރު 11:11
ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ -- ފޮޓޯ: ޓްވިޓާރ

ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ -- ފޮޓޯ: ޓްވިޓާރ

ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރަނިކޮށް އެކްސިޑެންޓްވި ލޯންޗް ޖެހުނު ދޯނީގެ ކައްޕީގެ ބަންދަށް 10 ދުވަސް ޖަހައި، ދޯނީގެ ބިދޭސީ ހަތަރު ފަޅުވެރިން ޑީޕޯޓްކޮށްލަން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީ ހަތަރު މީހުންގެ ވިސާގެ މައްސަލަތަކެއް ކުރިމަތިވެފައި ވާތީ، އެމީހުން ކުރިން ވެސް ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. ފުލުހުން ބުނީ އެ ހަތަރު ބިދޭސީން ޑީޕޯޓްކޮށްލަން ނިންމައި މިމަހުގެ 7 ވަނަ ދުވަހު އެމީހުން އިމިގްރޭޝަނާ ހަވާލުކުރެވިފައިވާ ކަމަށެވެ.

ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ލޯންޗް ކައްޕީގެ ބަންދުގެ މުއްދަތައް ކުރިން ވެސް ވަނީ 10 ދުވަސް ޖަހާފައެވެ. ކައްޕީގެ ބަންދުގެ މުއްދަތު ޖަހާފައި ވަނީ ޖޫން 10 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް ކުރިއެރުންތައް ލިބެމުންދާ ކަމަށާއި މައްސަލަ ތަހުގީގުކޮށް އަދި ނުނިމޭ ކަމަށެވެ.

މިދިޔަ މޭމަހުގެ 30 ވަނަ ދުވަހުގެ ރޭ ހިނގި އެ ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ރީތިރަށް ރިސޯޓް ކައިރީ ދޯނި މަޑުކޮށްގެން އޮތްއިރު، އޭގައި އެއްވެސް އަލިކަމެއް ފެންނަ ގޮތަށް ލައިޓެއް ދިއްލާފައި ނެތުމުން، ސަމާ އައިލެންޑުން ދަތުރުކުރި ލޯންޗްގައި އިން ކައްޕިއަށް އެ ދޯނި ނުފެނިގޮސް އޭގައި ޖެހިގެންނެވެ.

އެ އެކްސިޑެންޓްގައި 14 މީހަކު ޒަހަމްވެފައިވާ އިރު، ސީރިއަސް ޒަޚަމްތަކެއް ލިބުނު ތިން މީހަކަށް އަދިވެސް އޭޑީކޭގައި އަންނަނީ ފަރުވާދެމުންނެވެ.

ކަނޑުމަތީގެ ގަވާއިދުގައިވާ ގޮތުން ނަމަ ރޭގަނޑު ދަތުރުކުރާ އިރު ކޮންމެ އުޅަނދެއްގައި ނެވިގޭޝަން ލައިޓް ދިއްލާފައި ހުންނަން ޖެހޭއިރު، އަލިކަމެއް އޭގައި ހުންނަން ޖެހޭނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް

ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް

24 އެޕްރީލު 2017
މަރުގެ އިންޒާރުތަށް ތަޙްގީގްކޮށް، އިންޒާރުދޭ މީހުން ހައްޔަރުކުރަންޖެހޭ: ސަމާއު

މަރުގެ އިންޒާރުތަށް ތަޙްގީގްކޮށް، އިންޒާރުދޭ މީހުން ހައްޔަރުކުރަންޖެހޭ: ސަމާއު

24 އެޕްރީލު 2017
ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި

ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި

22 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސަމާލުކަން ހޯދަން: ރައީސް އޮފީސް

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސަމާލުކަން ހޯދަން: ރައީސް އޮފީސް

02 އެޕްރީލު 2017
އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް

އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް

01 އެޕްރީލު 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު