Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުޖެހުން

އައިލެންޑް ޕާލް ފަޅާލައި ހުޅުޖެހި ތުހްމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

3،000 ޑޮލަރާއި 1،500 ޔޫރޯ އަދި 2،500 ރުފިޔާ ވަގަށް ގެންގޮސްފައިވޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 1 މެއި 2017 | ހޯމަ 14:21
އައިލެންޑް ޕާލް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ފަޅާލުމަށް ފަހު، ބައެއް ލިޔުންތަކުގައި ހުޅުޖަހާފައި -- ފޮޓޯ:ރާއްޖެ އެމްވީ

އައިލެންޑް ޕާލް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ފަޅާލުމަށް ފަހު، ބައެއް ލިޔުންތަކުގައި ހުޅުޖަހާފައި -- ފޮޓޯ:ރާއްޖެ އެމްވީ

އައިލެންޑް ޕާލް ޕްރައިވެޓް ލިމިޓެޑުގެ މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

އައިލެންޑް ޕާލްގެ ޑިރެކްޓަރެއްކަމުގައިވާ، ރައްޔިތުންގެ މަޖިލީހުގެ ވ. އަތޮޅު ދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި އިސްމާއީލް ޝިހާބު ވިދާޅުވީ އެ އޮފީހުން ވަގަށް ގެންދިޔަ ހުރިހާ އެއްޗެއް ފެނިފައިވާކަމަށް ފުލުހުން އޭނާއަށް އަންގާފައިވާ ކަމަށެވެ.

އޯކިޑްމަގުގައި ސެމްސަންގް ޝޯރޫމް ހުންނަ ޗަންޕާ ބިލްޑިންގްގެ ހަ ވަނަ ފަންގިފިލާގައި ހުންނަ ޓްރެވެލް އެޖެންސީއެއްކަމަށްވާ އައިލެންޑް ޕާލް ޕްރައިވެޓް ލިމިޓެޑުން 3،000 ޑޮލަރާއި 1،500 ޔޫރޯ އާއި އަދި 2،500 ރުފިޔާ ވަގަށް ގެންދިޔަ ކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އޭގެ އިތުރުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ލެޕްޓޮޕާއި އޭނާގެ ޕާސްޕޯޓް ވެސް ވަގަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ބިދޭސީ މުވައްޒަފުންގެ ޕާސްޕޯޓްތައް ވެސް އަންދާލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އައިލެންޑް ޕާލް އޮފީހުން ވައްކަންކޮށްފައިވަނީ އެ ތަނުގެ މައި ދޮރުގެ ބިއްލޫރި ގަނޑު ތަޅާލައިގެން އެތެރެއަށް ވަދެ އެވެ.

ޝިހާބު ވިދާޅުވި ގޮތުގައި އެތަން ފަޅާލައި ވަނީ ފަތިހުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށާއި ހެނދުނު މުވައްޒަފަކު އޮފީހަށް ދިޔައިރު ވެސް ބައެއް ލިޔުންތަކުގައި ހުޅުހިފާފައި ހުރި ކަމަށެވެ. އަލިފާންގަނޑު ނިއްވާލީ ސިފައިން ގޮސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހްގީގުކުރަމުންނެވެ.

އިތުރަށް ކިޔާލަން

16 ޖޫން 2017

ސަމާ އައިލެންޑް ހާދިސާގައި އެކްސިޑެންޓްވި ދޯނީގެ ކައްޕީގެ ބަންދަށް އަނެއްކާ ވެސް 10 ދުވަސް ޖަހައި، ފަޅުވެރިން ޑީޕޯޓްކޮށްލަނީ!

16 ޖޫން 2017
ސަމާ އައިލެންޑް ހާދިސާގައި އެކްސިޑެންޓްވި ދޯނީގެ ކައްޕީގެ ބަންދަށް އަނެއްކާ ވެސް 10 ދުވަސް ޖަހައި، ފަޅުވެރިން ޑީޕޯޓްކޮށްލަނީ!
03 ޖޫން 2017

އެކްސިޑެންޓްގައި އަނިޔާވި އެންމެންނަށް އެހީތެރިކަން ފޯރުކޮށްދީ، ވަރަށް ގާތުން އަންނަނީ ބަލަން: ސަމާ އައިލެންޑް

03 ޖޫން 2017
އެކްސިޑެންޓްގައި އަނިޔާވި އެންމެންނަށް އެހީތެރިކަން ފޯރުކޮށްދީ، ވަރަށް ގާތުން އަންނަނީ ބަލަން: ސަމާ އައިލެންޑް
28 މެއި 2017

އިލެކްޝަން ކޮމިޝަންގެ ތިޖޫރި ފަޅާލައި ފައިސާތަކެއް ވަގަށް ގެންގޮސްފި

28 މެއި 2017
އިލެކްޝަން ކޮމިޝަންގެ ތިޖޫރި ފަޅާލައި ފައިސާތަކެއް ވަގަށް ގެންގޮސްފި
14 މެއި 2017

ފިޔޯރީ ކައުންސިލުގެ ތިޖޫރި ފަޅާލައި ފައިސާ ވަގަށް ނަގައިފި

14 މެއި 2017
ފިޔޯރީ ކައުންސިލުގެ ތިޖޫރި ފަޅާލައި ފައިސާ ވަގަށް ނަގައިފި
23 އެޕްރީލު 2017

އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ވަގަށް ނަގައިފި

23 އެޕްރީލު 2017
އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު