Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅޫ ލީޑަރުން

އިދިކޮޅު ޕާޓީތަކުން އިންޑިއަން ހައިކޮމިޝަނަރާ ބައްދަލުކޮށްފި

މިބައްދަލު ކުރެއްވުން ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާއިރަށް ކުރިއަށް ދިޔަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 އެޕްރީލު 2017 | ހޯމަ 12:16
ސިޔާސީ ޕާޓީތަކުގެ ލީޑަރުން އިންޑިއާ އެމްބަސީ ކައިރި މަޑުކޮށްލައިގެން

ސިޔާސީ ޕާޓީތަކުގެ ލީޑަރުން އިންޑިއާ އެމްބަސީ ކައިރި މަޑުކޮށްލައިގެން

ދިވެހިރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލެޝް މިޝްރާއާ، ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހޯމަ ދުވަހު ބައްދަލުކުރައްވައިފި އެވެ.

ހޯމަ ދުވަހުގެ ހެނދުނު ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގައި ބޭއްވި އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްޑީޕީގެ ޕަލާމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނާގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ދެޕިއުޓީ ލީޑަރ އަބްދުﷲ ރިޔާޒު އެވެ.

Advertisement - newsAdvertisement

އިންޑިއާ ސަފީރާ ބައްދަލު ކުރެއްވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ މަޝްވަރާ ކުރެވުނީ ރާއްޖޭގެ ސިޔާސީ ކަންކަމާއި އިގްތިޞާދީ ކަންކަމުގެ އިތުރުން ސަރުކާރާމެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާމެދުގަ އެވެ.

އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ސިޔާސީ ލީޑަރުންނާއި ސޯޝަލް މީޑީއާގައި ހަރަކާތްތެރިވާ ފާރަތާތްކަށް ސަރުކާރުން ބިރު ދައްކާ ހައްޔަރު ކުރަމުންދާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ރާއްޖޭގައި ހުރި މިފަދަ މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާމެދު މިއަދު ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

ޔުމްނާ ވިދާޅުވީ ސިޔާސީ ހަލަބޮލިކަން އިތުރުވެ، ރާއްޖޭގައި ހަމަނުޖެހުން އިތުރުވެ، ސިޔާސީ ލީޑަރުން ހައްޔަރުކޮށް، ދައުވާތައް އުފުލަމުންދާތީ އެކަންކަމާމެދު ކަންބޮޑުވާކަމާއި ރާއްޖޭގެ ހަމަ ޖެހުމަށް ދެފަރާތުގެ މެދުގައި ކުރެވިދާނެ ކަންކަމާމެދު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

އިންޑިއާ ހައިކޮމިޝަނަރު އަކްލެޝް މިޝްރާ އާއެކު ގުޅިފައިވާ އިދިކޮޅު ސިޔާސީ ލީޑަރުން ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާއިރު ވަންދެން މަޝްވަރާގެ އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވެއެވެ.

އިތުރަށް ކިޔާލަން

27 މާރިޗު 2017

އިދިކޮޅު މެމްބަރުން މަޖިލީހުން "ބޭރުކޮށް" މަސީހަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފި

27 މާރިޗު 2017
އިދިކޮޅު މެމްބަރުން މަޖިލީހުން "ބޭރުކޮށް" މަސީހަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފި
24 މާރިޗު 2017

ސިޔާސީ ޕާޓީތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި

24 މާރިޗު 2017
ސިޔާސީ ޕާޓީތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި
14 މާރިޗު 2017

އަލީ އާރިފް އެންދެރިމާގެއަށް ވަޑައިގެން ފާރިސްއާ ބައްދަލުކޮށްފި

14 މާރިޗު 2017
އަލީ އާރިފް އެންދެރިމާގެއަށް ވަޑައިގެން ފާރިސްއާ ބައްދަލުކޮށްފި
10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
06 މާރިޗު 2017

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު