Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސީ ޕްލޭނެއް ވެއްޓުނު ހާދިސާ

ސީޕްލޭން ވެއްޓުމުން ކްރޫއިން އަމަލު ކުރީ އޮންނަ އުސޫލުގެ ތެރެއިން: އައިލެންޑް އޭވިއޭޝަން

ސީޕްލޭން ވެއްޓުމުން ކްރޫއިން އަމަލީ ކުރީ އޮންނަ އުސޫލުގެ ތެރެއިން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 23 ނޮވެމްބަރު 2017 | ބުރާސްފަތި 16:59
ދޫރެސް ކައިރިއަށް ވެއްޓުނު ސީޕްލޭން

ދޫރެސް ކައިރިއަށް ވެއްޓުނު ސީޕްލޭން

އައިލެންޑް އޭވިއޭޝަންގެ ސީޕްލޭން ވެއްޓުމުން ބޯޓުގެ ކްރޫއިން އަމަލުކޮށްފައި ވަނީ ކަނޑައެޅިފައިވާ ސްޓޭންޑާޓްތަކާއި ގަވައިތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެކުންފުނިން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ، އެކްސިޑެންޓަށް ފަހު ބޯޓުގެ ކްރޫއިން އަމަލު ކޮށްފައި ވަނީ އެމަރޖެންސީ ހާލަތްތަކުގައި އަމަލު ކުރަންޖެހޭ ގޮތަށް ކަމަށާއި އަދި ހާދިސާ ހަމައަކަށް އެޅުވުމަށް ކްރޫއިން މަސައްކަތް ވެސް ކޮށްފައިވާ ކަމަށެވެ. މި މައްސަލަ އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމިޓީން މިހާރު ތަހުގީގު ކުރަމުންދާ އިރު އެ ތަހުގީގަށް އެކުންފުނިން ފުރިހަމަ އެއްބާރުލުން ދެމުންގެންދާ ކަމަށް އެކުންފުނިން ބުނެ އެވެ.

Advertisement - newsAdvertisement

ދ. ދޫރެސް ކައިރިއަށް ވެއްޓުނު ސީޕްލޭންގައި ތިބި އިނގިރޭސި ދެ ފަތުރުވެރިއަކު ބޭރުގެ ބައެއް މީޑިޔާތަކަށް ކިޔާދީފައިވާ ގޮތުގައި، ބޯޓު ވެއްޓުމުން ފަސެންޖަރުން ސަލާމަތް ކުރުމުގެ ބަދަލުގައި ޕައިލެޓާއި ކްރޫ ވެސް ފަތާފައި އެއްގަމަށް އެރި ކަމަށެވެ. އަދި މުއްދަތު ހަމަވެފައި ހުރި ކުދި ލައިޓް ޖެކެޓްތަކެއް ދިން ކަަމަށް ވެސް އެ ދެ މީހުން ވަނީ ތުހުމަތުކޮށްފައެވެ. އިންތިޒާމްތަކާ މެދު ވެސް އެ މީހުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މިމަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 09:40 އެހާކަންހާއިރު ބޯޓު ވެއްޓުނު އިރު 15 މީހުން ބޯޓުގައި ތިއްބެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. މިއީ ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ހިނގި މިފަދަ ތިން ވަނަ ހާދިސާއެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު