Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޯޝަން ކޮންފަރެންސް

އޯޝަން ކޮންފަރެންސް 2017 ހުކުރު ދުވަހު ނިމޭނެ: އެންވާރަމެންޓް މިނިސްޓްރީ

8 ޖޫން 2017 | ބުރާސްފަތި 10:07

ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ ކަނޑުތަކާއި، މޫދާއި، ކުޅި އަދި ކަނޑުފަޅުގެ ވަސީލަތްތައް ހިމާޔަތް ކުރުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 8 ޖޫން 2017 | ބުރާސްފަތި 10:07
އޯޝަން ކޮންފަރެންސްގެ ބައްދަލުވުމުގައި މިނިސްޓަރު ޝައިނީ ވާހަކަފުޅު ދައްކަވަނީ

އޯޝަން ކޮންފަރެންސްގެ ބައްދަލުވުމުގައި މިނިސްޓަރު ޝައިނީ ވާހަކަފުޅު ދައްކަވަނީ

ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑި ކަމަށްވާ "ފެނުއަޑީގެ ދިރުން" އަށް އަމާޒުކޮށްގެން "ދި އޯޝަން ކޮންފަރެންސް" ގެ ނަމުގައި ޖޫން މަހުގެ 5 ވަނަ ދުވަހު އ.ދ ގެ މައި މަރުކަޒުގައި ފެށިގެން ކުރިއަށްދާ ކޮންފަރެންސް މި މަހުގެ ވަވަ ވަނަ ދުވަހު ނިމޭނެ ކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުނެފިއެވެ.

އދ. ގެ މައިމަޒރުކަޒުގައި ކުރިއަށްދާ މި ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ ކަނޑުތަކާއި، މޫދާއި، ކުޅި އަދި ކަނޑުފަޅުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް އެހީތެރިވުމެވެ. މިގޮތުން މި ކޮންފަރެންސްގެ ނަތީޖާއެއް ކަމުގައިވާނީ ޤައުމުތަކުން އިއްތިފާޤުވެގެން އިޢުލާން ކުރެވޭ "ކޯލް ފޮރ އެކްޝަން" އެކެވެ. މި ކޮންފަރެންސްއަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަމަށްވާ 5 ޖޫން އަދި ދުނިޔޭގެ ކަނޑުގެ ދުވަސްކަމަށްވާ 8 ޖޫން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކޮންފެރެންސްއެއް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

Advertisement - newsAdvertisement

މި ކޮންފަރެންސްގެ މަޝްވަރާތައް ބިނާވެފައި ވަނީ މައިގަނޑު 7 ޕާޓްނަރޝިޕް ޑައިލޮގްގެ މައްޗަށެވެ. މި ޑައިލޮގްތަކުގެ މަޢުޟޫޢުތަކުގެ ތެރޭގައި، ޕްލާސްޓިކް މަދުކުރުން، ދެމެހެއްޓެނިވި މަސްވެރިކަން، މެރިން ޓެކްނޮލޮޖީ އާއި ގުޅޭ ސައިންޓިފިކް ޢިލްމު އިތުރުކުރުން ހިމެނެއެވެ.

ހަމައެހެންމެ ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑި ޙާޞިލްކުރުމާ ގުޅޭ ގޮތުން އެކިއެކި ޤައުމުތަކުން މި ކޮންފަރެންސްގައި އެކި ޕޭފަރުތައް ހުށަހެޅުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑި ޙާޞިލްކުރުމުގެ ގޮތުން ކުރެވިފައިވާ، ކުރަމުންދާ އަދި ކުރުމަށް ރޭވިފައިވާ ކަންތައްތަކެއް، "ވޮލަންޓަރީ ކޮމިޓްމަންޓްސްގެ ނަމުގައި ހުށަހެޅުމެއް ހުށަހަޅާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

މިގޮތުން ދިވެހިރާއްޖެއިން ވެސް ވޮލަންޓްރީ ކޮމިޓްމަންޓްސްގެ ގޮތުގައި، ދިވެހިރާއްޖެއިން ކުރަމުންދާ އަދި ކުރުމަށް ރޭވިފައިވާ ޕްލާސްޓިކް މަދުކުރުމާއި، މަސްވެރިކަމާއި، ކަނޑު ފަޅުގެ މާހައުލު ހިމާޔަތްކޮށް ދެމެހެއްޓުމާ ގުޅޭ މަސައްކަތްތައް މި ކޮންފަރެންސްއަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފެރެސްއާ ގުޅޭ ގޮތުން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި "އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް" (އެއޯސިސް) ގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ރޯލް މި ކޮންފަރެންސްގައި ބޮޑުވެފައި މުހިންމެވެ. މިކޮންފަރެންސްގައި ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކާއި ގުޅުންހުރި އެކިދާއިރާތަކާއި ކަންކަމާއި ބެހޭގޮތުން މަޝްވަރާތައް ކުރެވި، ނިންމުންތައް ނިންމޭނެއެވެ.

މި ކޮންފަރެންސްގައި ބައިވެރިވާ ދިވެހި ވަފުދުގެ އިސްބޭފުޅެއްގެ ހައިސިއްޔަތުން ވަޑައިގެންނެވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގަރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީއެވެ. މި ކޮންފަރެންސްގައި ބައިވެރިވާ ދިވެހި ވަފުދުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގަރިކަލްޗަރގެ އިތުރުން މިނިސްޓްރީއޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް