Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 2019

ގައުމީ ޔުނިވަރސިޓީގެ ބިލް، ތަޅުމަށް ފޮނުވާލެވޭނީ އަންނަ ހަފުތާތެރޭގައި: އަހްމަދު އަބްދުﷲ

20 ޖުލައި 2019 | ހޮނިހިރު 07:56

ބިލަށް އިސްލާހު ހުށަހަޅުއްވަން ތިން ހަފްތާގެ މުހުލަތެއް ވަނީ މެމްބަރުންނަށް ދެއްވާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 20 ޖުލައި 2019 | ހޮނިހިރު 07:56
އިސްލާމިކް ޔުނިވަރސިޓި އޮފް މޯލްޑިވްސް

އިސްލާމިކް ޔުނިވަރސިޓި އޮފް މޯލްޑިވްސް

ގައުމީ ޔުނިވަރސިޓީގެ ބިލަށް އިސްލާހު ހުށަހަޅަން ބޭނުންފުޅުވާ މެމްބަރުން އިސްލާހު ހުށަހަޅުއްވާ ނިމުމުން، އިސްލާހުތަކަށް ރިއާޔަތް ކުރުމަށްފަހު އަންނަ ހަފުތާ ތެރޭގައި ގައުމީ ޔުނިވަރސިޓީގެ ބިލް ތަޅުމަށް ފޮނުވާލެވޭނެ ކަމަށް ބިލް ދިރާސާ ކުރަމުން އަންނަ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީގެ މުގައްރިރު އަހްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގައުމީ ޔުނިވަރސިޓީގެ ބިލް ދިރާސާ ކުރުމަށްފަހު ކޮމިޓީގެ ރިޕޯޓް، 17 ޖުލައިގައި އޮތް މަޖިލިސް ޖަލްސާއަށް ފޮނުވުމުން، މެމްބަރުން ވަނީ ބިލަށް އިތުރު އިސްލާހުތަކެއް ހުށަހަޅުއްވަން އިތުރު ވަގުތު ދެއްވުމަށް އެދިވަޑައިގެންފައެވެ. މެމްބަރުންގެ އެދިވަޑައިގަތުމާއެކު، މަޖިލީހުގެ ރިޔާސަތުން ވަނީ ތިންދުވަހުގެ މުހުލަތެއް އިސްލާހު ހުށަހެޅުއްވުމަށް މެމްބަރުންނަށް ދެއްވާފައެވެ. އިސްލާހު ހުށަހެޅުއްވުމަށް މެމްބަރުންނަށް ލިބިވަޑައިގެންނެވި ތިން ދުވަހުގެ މުއްދަތު ހަމަވާނީ އާދިއްތަ ދުވަހުގައެވެ.

Advertisement - newsAdvertisement

ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ވިދާޅުވީ މެމްބަރުން ފޮނުއްވާ އިސްލާހުތަކާއި ގުޅިގެން ދިރާސާ ކުރަންޖެހޭ ކަންތައްތަށް ދިރާސާ ކުރެއްވުމަށްފަހު، އަންނަ ހަފްތާތެރޭގައި ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވާލެވޭނެ ކަމަށެވެ.

ގައުމީ ޔުނިވަރސިޓީގެ ބިލަށް އިސްލާހު ގެންނަން ހުށަހަޅާފައިވަނީ، އެޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އަދި ޑެޕިއުޓީ ވައިސް ޗާންސެލަރގެ މަގާމަށް މީހުން އައްޔަންކުރަނީ ޔުނިވަރސިޓީގެ ކައުންސިލުން ކަމުގައި އޮތް އޮތުން (ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގާނޫނު) އަށް ގެނެވުނު ފުރަތަމަ އިސްލާހުގެ ދަށުން ބަދަލުކޮށް އެމަގާމުތަކަށް މީހުން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހަމަޖެހިގެންގޮސްފައި ވީނަމަވެސް ކަމާގުޅޭގޮތުން ކައުންސިލަށް އޮތް އިހުތިޔާރުތަކާ ބެހޭ ބައެއް މާއްދާތައް އެގާނޫނުގައި އިސްލާހުކޮށްފައިނުވާތީވެ، އެގާނޫނުގައި ހުރި އެފަދަ ތައާރުޟުވުންތައް ނައްތާލުމަށާއި، އެގާނޫނު ތަންފީޒުކުރުމުގައި މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް އިސްލާހުތައް ގެނައުމަށެވެ.

މީގެ އިތުރުން އިސްލާމިކް ޔުނިވަރސިޓީގެ ގާނޫނު ތަންފީޒުކުރުމުގައި މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ޔުނިވަރސިޓީގެ ހިންގުމުގެ އިންތިޒާމްތައް (ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގާނޫނު)ގެ ދަށުން އުފައްދާފައިވާ ގައުމީ ޔުނިވަރސިޓީގެ ހިންގުމާ ވީ ވަރަކުން އެއްގޮތްކުރުމަށްޓަކައި އެގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށެވެ.

ގައުމީ ޔުނިވަރސިޓީގެ ބިލަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާންއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް