Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިނގިރޭސިވިލާތް

އިނގިރޭސި ދިދަ ޖަހާފައިވާ ބޯޓެއް އީރާނުން ހޮރްމޫޒް ކަނޑުއޮޅިން ހިފަހައްޓައިފި

ހަތަރު އުޅަނަދަކާއި ހެލިކޮޕްޓަރަކުން ބޯޓް ވަށާލި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 20 ޖުލައި 2019 | ހޮނިހިރު 04:28
ސްޓެނާ އިމްޕީރޯސްގެ ނަންދީފައިވާ އެ ބޯޓްގެ ވެރިޔާ ބުނީ 23 މީހުންނާއެކު ދަތުރުކުރަމުންދިޔަ އެ ބޯޓާ ގުޅޭނެ ގޮތް ނުވާކަމަށް

ސްޓެނާ އިމްޕީރޯސްގެ ނަންދީފައިވާ އެ ބޯޓްގެ ވެރިޔާ ބުނީ 23 މީހުންނާއެކު ދަތުރުކުރަމުންދިޔަ އެ ބޯޓާ ގުޅޭނެ ގޮތް ނުވާކަމަށް

އީރާނުން ހިފެހެއްޓި އިނގިރޭސިވިލާތުގެ ދިދަ ޖަހާފައިވާ ތެޔޮބޯޓް ދޫކޮށް ނުލައިފިނަމަ "ސީރިއަސް ކަންތައްތަކަކާ ކުރިމަތިލާން ޖެހޭނެ" ކަމަށް އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޖެރެމީ ހަންޓް ވިދާޅުވެއްޖެއެވެ.

ސްޓެނާ އިމްޕީރޯސްގެ ނަންދީފައިވާ އެ ބޯޓްގެ ވެރިޔާ ބުނީ 23 މީހުންނާއެކު ދަތުރުކުރަމުންދިޔަ އެ ބޯޓާ ގުޅޭނެ ގޮތް ނުވާކަމަށެވެ. އަދި ބޯޓް ދަތުރުކުރީ އިރާނުގެ އުތުރަށް ކަމަށެވެ.

ޖެރެމީ ހަންޓް ވިދާޅުވެފައިވަނީ އެ ބޯޓް ދަތުރުކުރަމުންދަނިކޮށް ހަތަރު އުޅަނދަކާއި ހެލިކޮޕްޓަރަކުން ބޯޓް ވަށާލާފައިވާކަމަށެވެ. ލައިބީރިއާގެ ދިދަ ނަގާފައިވާ އިނގިރޭސިވިލާތުގެ އިތުރު އުޅަނދަކަށްވެސް އަސްކަރީ ގާޑުން އަރާފައިވާކަމަށާއި ނަމަވެސް މިހާރު އެ ބޯޓް ދޫކޮށްލުމުން އޭގެ ދަތުރު ފުރިހަމަކުރަމުންދާކަމަށެވެ.

ގްލާސްގޯގައި ގާއިމްވެފައިވާ ނޯރބަލްކް ޝިޕިންގ ޔޫކޭ އިން ބުނީ އެ ކުންފުނިން އޮޕަރޭޓްކުރާ މެސްޑަރސް އިން އަސްކަރީ ގާޑުގެ ސިފައިން ފޭބިފަހުން އަލުން މުއާސަލާތީ ގުޅުން ފެށިފައިވަނީ އިނގިރޭސިވިލާތުގެ ގަޑިން ހުކުރު ދުވަހުގެ 17:30 ގައި ކަމަށެވެ. އެ އުޅަނދުގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެ ކުންފުނިން ބުނެއެވެ.

ދިހަ ލޯންޗަކުން އެ މެސްޑަރ ވަށާލިއިރު އެ އުޅަނދުގައި 25 މީހުން ތިބިކަމަށް ހަންޓް ވިދާޅުވިއެވެ. މި މައްސަލައިގައި މަޝްވަރާކުރުމަށް އިނގިރޭސި ސަރުކާރުގެ އެމަރޖެންސީ ކޮމިޓީ ކަމުގައިވާ ކޯބްރާއިން ވައިޓްހޯލްގައި ހުކުރު ދުވަހު ދެ ފަހަރަށް ބައްދަލުވުން ބާއްވާފައިވެއެވެ.

ސަރުކާރުގެ ތަރުޖަމާނު ބީބީސީގައި ވިދާޅުވެފައިވަނީ "އީރާނުގެ މި ބަލައިނުގަނަވޭނެ އަމަލުތަކާމެދު އިންތިހާއަށް ކަންބޮޑުވާ" ކަމަށެވެ. އަދި އެ ކަމަކީ ބައިނަލްއަގްވާމީ ކަނޑުދަތުފަތުރުކުމުގެ މިނިވަންކަމަށް ސާފުކޮށް ގޮންޖެހުންކަމަށެވެ.

"އިނގިރޭސި ވިލާތުގެ ދަތުރުކުރާ ފަރާތްތަކަށް އަޅުގަނޑުމެން ލަފާ ދީފައިވާނީ ވަގުތީ ގޮތުން އެ ސަރަހައްދުން ދަތުރުނުކުރުމަށް" އެ ކަމަނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތާއި އީރާނާދެމެދު ނުތަނަވަސްކަން އުފެދުނީ ސީރިޔާގެ ރައީސް ބަޝާރުލް އަސަދާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް އެ ގައުމަށް ތެޔޮ ފޯރުކޮށްދެނީކަމަށް ތުހުމަތުކުރެވިގެން ގްރޭސް 1 ނަމަކަށް ކިޔާ އީރާނުގެ ތެޔޮ ޓޭންކަރެއް މި މަހުގެ ކުރީކޮޅު އިނގިރޭސި ރޯޔަލް ސިފައިން ޖިބްރޯލްޓާއިން ހިފެހެއްޓުމާއެކުއެވެ.

އީރާނުގެ ތެޔޮބޯޓް ދަތުރުކުރީ ސީރިޔާއަށް ނޫންކަމަށް ޔަގީންކޮށްދޭނަމަ ބޯޓް ދޫކޮށްލެވިދާނެކަމަށް އިނގިރޭސި ފޮރިން ސެކްރެޓަރީ ޖެރެމީ ހަންޓްވަނީ އީރާނަށް އަންގަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
 އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

23 މާރިޗު 2017
އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު

އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު

22 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު