Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިފެންސް ޑޮކްޓްރިން އެންޑް ރިފޯރމް އިނިޝިއޭޓިވް

ޑިފެންސް ޑޮކްޓްރިން އެންޑް ރިފޯރމް އިނިޝިއޭޓިވްގެ ދެވަނަ ޕްރެކްޓިކަމް ނިންމާލައިފި

ޕްރެކްޓިކަމްގެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ 17-23 އަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 23 ޖޫން 2019 | އާދީއްތަ 14:46
ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ

ޑިފެންސް ޑޮކްޓްރިން އެންޑް ރިފޯރމް އިނިޝިއޭޓިވް (ޑީޑީއާރއައި)ގެ ދެވަނަ ޕްރެކްޓިކަމްގެ ނިންމުމުގެ ރަސްމިއްޔާތު އާދިއްތަ ދުވަހުގެ މެންދުރު ފަހު ބަންޑާރަކޮށީގައި ބާއްވައިފިއެވެ.

ޑިފެންސް ޑޮކްޓްރިން އެންޑް ރިފޯރމް އިނިޝިއޭޓިވްއަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އިސްނެންގެވުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އޮޕަރޭޝަނަލް ޤާބިލިއްޔަތާއި ފޯކަސް އިތުރުކޮށް، އިދާރީ ހިންގުން ހަރުދަނާކޮށް، ބަދަލުވަމުންދާ އިސްތިރާޖީ މާޙައުލަށް ފަރިތަ، ޕްރޮޕެޝަނަލް ޒަމާނީ އަސްކަރިއްޔާއެއްގެ ގޮތަށް އެމްއެންޑީއެފް ބިނާކުރުމަށް ކުރެވެމުންދާ މަސައްކަތެކެވެ. މި މަސައްކަތުގެ ތެރޭގައި އެމްއެންޑީއެފްގެ އަސްކަރީ ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާ ވަޞީލަތްތަކާއި އާލާތްތައް ދެނެގަނެ އެކަށައެޅުމާއި، އިދާރީ އަދި އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރަން ބޭނުންވާ އުސޫލުތަކާއި އިޖުރާޢަތްތައް ކަނޑައަޅާ އެކުލަވާލުމުގެ މަސައްކަތްތައް ހިމެނެއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ބައިވެރިންނާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ކަނޑައެޅި ލިޔެވިފައިވާ ހަރުދަނާ އުސޫލުތަކެއް އޮތުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި ޤާނޫނީ އަދި އަސްކަރީ ދާއިރާތައްފަދަ ދާއިރާތަކުގައި، ކަނޑައެޅި ޢާއްމުކުރެވިފައިވާ ސިޔާސަތުތަކެއް ހުރުމަކީ ކޮންމެހެން ވެސް ލާޒިމްކަމެއް ކަމަށާއި، މިހެން ނޫންނަމަ، މީހުންގެ ކިބައިގައި ހިތްނުތަނަވަސް ކަމާއި ޝައްކު އުފެދުމުގެ ފުރުޞަތު އިތުރުވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި އިތުރަށް ވާހަކަފުޅު ދައްކަވަމުން، މިހާރު އެކުލަވާލެވޭ އުސޫލުތަކާއި ސިޔާސަތުތައް ވާންޖެހޭނީ މުސްތަޤްބަލުގައި މުޢައްސަސާ ހިންގަންތިބޭނެ އަދުގެ ޒުވާން ޖީލުތައް ބަލައިގަންނަ، އަދި އެފަރާތްތައް ޝާމިލްވާ ސިޔާސަތުތަކެއް ކަމަށާއި، މިފަދަ ސިޔާސަތުތައް އެކުލަވާލުމުގައި މުޢައްސަސާގެ އެންމެހާ ފަރުދުންގެ ޚިޔާލު ހޯދުމަކީ މުހިއްމުކަމެއްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި އަސްކަރިއްޔާތަކުގައި ޑޮކްޓްރިންތައް އެކަށައެޅި އޮތުމުގެ މުހިއްމުކަމުގެ މައްޗަށާއި، ޑޮކްޓްރިންއެއް އޮތުމުން ލިބޭ ފައިދާތަކުގެ މައްޗަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލުވަނީ އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި އަދުގެ އިސްތިރާޖީ މާޙައުލުގައި މަސައްކަތްކުރާއިރު، ރައްޔިތުން ބަލައިގަންނަ ޕްރޮފެޝަނަލް އަދި ޒިންމާދާރު ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ހަރުދަނާ އުސޫލުތަކާއި ނިޒާމުތައް ކަނޑައެޅިފައި ހުރުމަކީ މުހިއްމު ކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ. ޗީފް އޮފް ޑިފެންސް ފޯސް އިތުރަށް ވާހަކަފުޅު ދައްކަވަމުން، ޤައުމީ ދިފާޢީ ބާރު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ޑިފެންސް މިނިސްޓަރ ބަހައްޓަވާ އަހަމިއްޔަތާއި، ފޯރުކޮށްދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައިވަނީ އެންމެހާ ސިފައިންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

މި ޕްރެކްޓިކަމްގެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ 17-23 ގެ ނިޔަލަށެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި ޖެނެރެލް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުންގެ އިތުރުން ޔުނިޓްތަކުގެ ކޮމާންޑަރުންނާއި ސީނިއަރ އެންލިސްޓެޑް ރޭންކްތަކުގެ ސިފައިން ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ: ޑިފެންސް މިނިސްޓަރު

އައްޑޫގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ: ޑިފެންސް މިނިސްޓަރު

19 މެއި 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

14 މެއި 2017
ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު

ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު

12 އެޕްރީލު 2017
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި

29 މާރިޗު 2017
ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ޗީފަށް މަޖިލީހުގެ އިދާރާއަށް ވަދެވޭނެ:ޑިފެންސް މިނިސްޓްރީ

ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ޗީފަށް މަޖިލީހުގެ އިދާރާއަށް ވަދެވޭނެ:ޑިފެންސް މިނިސްޓްރީ

28 މާރިޗު 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު