Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސީހުގެ ވޯޓް

ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް މަޖިލީހުގެ އިދާރާއަށް ރޭ ދަންވަރު ވެންނެވިކަން ފަޅައިއަރައިފި

ޝިޔާމް ރޭ ދަންވަރު މަޖިލީހުގެ އިދާރާއަށް ވަންތަން ބައެއް ނޫސްވެރުންނަށް ވެސް ވަނީ ފެނިފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 27 މާރިޗު 2017 | ހޯމަ 12:12
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް

ރައްޔިތުންގެ މަޖިލީގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓް ލުމަށް ތައްޔާރުވެފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އާދިއްތަ ދުވަހުގެ ރޭ ދަންވަރު އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަހުމަދު ޝިޔާމު ވަދެވަޑައިގެންވިކަން ފަޅާ އަރައިފި އެވެ.

މި މަންޒަރު ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ބުނި ގޮތުގައި ޝިޔާމު މަޖިލީހުގެ އިދާރާއިން ނުކުމެވަޑައިގެންނެވި މަންޒަރު ފެނުނީ ރޭ ދަންވަރު 02:30 ހާއިރު އެވެ. ޝިޔާމު އެވަގުތު ހުންނެވީ އާދައިގެން ހެދުމެއްގައި ކަމަށާއި އެވަގުތު ސިފައިންގެ މީހެއް ކަމަށް ބެލެވޭ އިތުރު މީހަކުވެސް ޝިޔާމް އަރިހުގައި ހުންނެވި ކަމަށް ވިސާމް ބުންޏެވެ.

ޝިޔާމް މަޖިލީހުގެ އިދާރާގައި އުޅުއްވި ވަގުތު، މަޖިލީހުގެ އިދާރާ ތެރޭގައި އިތުރު ސިފައިން ތިބިއިރު، މަޖިލީހުގެ އިދާރާ ސަރަހައްދު ބޭރުގައިވެސް ސިފައިން ތިބި ކަމަށް ވެސް ވިސާމް ބުންޏެވެ.

މަޖިލީހުގެ އިދާރާއަށް ޝިޔާމު ވަދެވަޑައިގެންނެވިކަން ފަޅާއަރާފައިވާއިރު، މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ ފެށުނުއިރު މަޖިލީހުގައި ބޭނުންކުރާ އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމުގައި މައްސަލައެއް އުޅޭކަމަށް އިދިކޮޅު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އިތުރުން އިތުރު މެމްބަރުންވެސް ވަނީ ވިދާޅުވެފަ އެވެ.

ޝިޔާމް މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެންނެވިތޯ، އާއި އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބަހެއް ނުބުނެ އެވެ. އަދި މަޖިލީހުގެ އިދާރާގެ ބަހެއް ވެސް ނުލިބެ އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު އަދުނާނު މުހައްމަދު ވިދާޅުވީ މިކަމާ ގުޅޭ ގޮތުން މިވަގުތު ކޮމެންޓް ކުރަން ބޭނުންފުޅު ނުވާ ކަމަށާއި، ކޮމެންޓެއް ކުރަންޖެހިއްޖެ ނަމަ ކުރައްވާނެ ކަމަށެވެ. ޝިޔާމް މަޖިލީހަށް ވަދެވަޑައިގެންނެވިކަން އޭނާ ދޮގެއް ނުކުރައްވަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި

16 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު