Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެންޑީއެފް ބަޔާން

ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ޗީފަށް މަޖިލީހުގެ އިދާރާއަށް ވަދެވޭނެ:ޑިފެންސް މިނިސްޓްރީ

ޝިޔާމް މަޖިލީހުގެ އިދާރާއަށް ވެންނެވީ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓްލުމަށް ތައްޔާރުވެފައި ވަނިކޮށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 28 މާރިޗު 2017 | އަންގާރަ 13:10
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް

ބޭނުންވެއްޖެ ކޮންމެ ވަގުތުތަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވެންނެވުމުގެ ބާރު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމަށް ލިބިގެންވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓްލުމަށް ތައްޔާރުވެފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އާދިއްތަ ދުވަހުގެ ރޭ ދަންވަރު ޝިޔާމު ވަދެވަޑައިގެންވިކަމަށްބުނެ ފެތުރެމުންދާ ވާހަކަތަކާ ގުޅޭގޮތުން އެމްއެންޑީއެފުން އަންގާރަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އޮތީ ގައުމީ ދިފާއީ ބާރުގެ ދަށުގައި ކަމަށެވެ.

Advertisement - newsAdvertisement

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 105 ވަނަ މާއްދާގެ ހ. ގައި ރައްޔިތުންގެ މަޖިލީހުގެ ގެއާއި އެ ގޭގެ ގޯތިތެރެ އާއި ރައްޔިތުގެ މަޖިލީހުގެ ދަށުން ހިންގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަންވާނީ ސަލާމަތީ ހިދުމަތްތަކުންނެވެ"

އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީގައި މިހެން ބަޔާންކޮށްފައި އޮންނަ އޮތުމާއި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މި ދެންނެވި މަސްއޫލިއްޔަތު ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް މަތިކޮށްފައިވާތީ އާއި ސިފައިގެން ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ދިފާއީ ކަންތައްތައް ރާވާ ހިންގުމާއި ސިފައިންގެ ދައުރު އަދާކުރުމުގެ އެންމެހާ ކަންތައްތައް ރާވައި ދުވަހުން ދުވަހަށް ހިންގާ ބެލެހެއްޓުމުގެ އެންމެ އިސްވެރިޔަކީ ޗީފް އޮފް ޑިފެންސް ފޯސް ކަމަށެވެ.

"އެހެން ކަމުން ކަން އޮންނަ ގޮތް ނޭނގޭ ފަރާތްތަކުން ސޯޝަލް މީޑިއާގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްއާ ގުޅޭ ގޮތުން ފަތުރަމުން ދަނީ ހަގީގަތާ ހިލާފު، އެއްވެސް އަސާސެއް ނެތް ހަބަރެއް ކަމުގައި ދިވެހި ލޮބުވެތރި ރައްޔިތުންގެ މައުލޫމާތައްޓަކައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

ކުރިމަގުގައި ވެސް ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ސިފައިންގެ ގާނޫނުން ދިވެހިރާއްޖެގެ ދިފާއި ބާރަށް ލާޒިމްކުރާ ގާނޫނީ ވާޖިބު އަދާކުރުމަށްޓަކައި ދިވެހި އަސްކަރިއްޔާގެ ވެރިިން ހަރަކާތްތެރިވެވަޑައިގަންވަމުން ގެންދަވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ދިވެހިރާއްޖޭގެ ދިފާއީ ބާރުން ސަލާމަތީ ކަންކަން ބަލަހައްޓާ ކޮންމެ ތަނަކަށް އަދި ކޮންމެ މަރުކަޒަކަށް ޗީފް އޮފް ޑިފެންސް ފޯސް ބޭނުންވެލައްވާ ކޮންމެ ވަގުތަކު، ވެންނެވުމުގެ ގާނޫނީ ފުރިހަމަ އިހްތިޔާރާއި ބާރު ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިގެންވެ އެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

ޑިފެންސް މިނިސްޓްރީން މިހެން ބުނި ނަމަވެސް، މަޖިލީހުގެ ގަވާއިދުގެ 4 ވަނަ މާއްދާގައި ބުނެފައިވަނީ ޤާނޫނުއަސާސީގެ 105 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުން ރައްޔިތުންގެ މަޖިލީހުގެ ގެއާއި، އެގޭގެ ގޯތި ތެރެއާއި، ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިންގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަ ނޑައަޅާގޮތެއްގެމަތިން ކަމަށެވެ.

އެ މާއްދާގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ކަ ނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މަޖިލީހުގެ ޢިމާރާތާއި މަޖިލިސްކުރާ މާލަމާއި، އެ މާލަމަށް އައުމަށްޓަކައި މަޖިލީހުގެ ގޯއްޗާއި ޢިމާރާތުގެ ތެރެއިން ހިނގަންޖެހޭ މަގުތަކާއި ކޮރިޑޯރތަކާއި، މަޖިލީހުގެ ޢިމާރާތާ އިންވެގެންވާ މަޖިލީހުގެ ގޯތީގެ ސަރަޙައްދަކީ، މަޖިލީހުގެ ރައީސްގެ ބެލެހެއްޓުމާއި އަމުރުގެ ދަށުގައިވާ ތަންތަނެވެ. މި މާއްދާގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ކޮމިޓީކުރާ ކޮޓަރިތަކާއި، އެ ކޮޓަރިތައް ހިމެނޭ ޢިމާރާތާއި، އެ ކޮޓަރިތަކަށް އައުމަށް އެ ޢިމާރާތުގެ ތެރެއިން ހިނގަންޖެހޭ މަގުތަކާއި ކޮރިޑޯރތަކާއި، އެ ޢިމާރާތާ އިންވެގެންވާ ގޯތީގެ ސަރަޙައްދަކީވެސް، މި މާއްދާގެ މަޤްޞަދުތަކަށްޓަކައި، މަޖިލީހުގެ ރައީސްގެ ބެލެހެއްޓުމާއި އަމުރުގެ ދަށުގައިވާ ތަންތަނެވެ. މަޖިލީހުގެ އެއްވެސް މަސައްކަތެއް، ރައްޔިތުންގެ މަޖިލީހުގެ ގެއިން ބޭރުގައި ހިނގާނަމަ، އެ މަސައްކަތެއް ކުރުމަށް ޚާއްޞަކުރެވިފައިވަނީ ވަކި ޢިމާރާތެއް ނުވަތަ ކޮޓަރިއެއް ކަމުގައިވާނަމަ، އެ ޢިމާރާތަކީ ނުވަތަ ކޮޓަރިއަކީ، މަޖިލީހުގެ ރައީސްގެ ބެލެހެއްޓުމާއި އަމުރުގެ ދަށުގައިވާ ތަނެކެވެ.

އާދިއްތަ ދުވަހުގެ ރޭ ދަންވަރު 02:30 ހާއިރު ޝިޔާމް ރައްޔިތުންގެ މަޖިލީހުން ނުކުމެވަޑައިގެންނެވި މަންޒަރު ރާއްޖެޓީވީގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ. ޝިޔާމު އެވަގުތު ހުންނެވީ އާދައިގެން ހެދުމެއްގައި ކަމަށާއި އެވަގުތު ސިފައިންގެ މީހެއް ކަމަށް ބެލެވޭ އިތުރު މީހަކުވެސް ޝިޔާމް އަރިހުގައި ހުންނެވި ކަމަށް އެމަންޒަރު ވެސް ނޫސްވެރިންނަށް ފެނިފައިވެ އެވެ. މިކަން އެމްއެންޑީއެފުން ދޮގެއް ނުކުރެ އެވެ.

މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދު ވިދާޅުވީ "އެއްޗެއް ދަންނަވާލެވޭނީ ކަންކަން އޮންނަ ގޮތް ބައްލަވާލެއްވުމަށް ފަހު"ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު