Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑިފެންސް މިނިސްޓަރު

ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު

ހަނގުރާމައިގައި ބައިވެރިވާން ރާއްޖެ އިން މިހާތަނަށް ދިޔައީ ޖުމްލަ 49 ފިރިހެނުންން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ އެމްވީ | 12 އެޕްރީލު 2017 | ބުދަ 15:08
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު

ދިވެހިރާއްޖޭގައި ދިނީ ގޮތުން ހަރުކަށި ފިކުރުތައް ފެތުރެމުންދާ ރަށްތަކާއި އެފަދަ ފިކުރުތަކަށް ހިއްވަރު ދޭ ވަކިވަކި ފަރުދުން ފާހަގަ ކުރެވިފައިވާ ކަަމަށް މިނިސްޓަރު އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިޔުރިޓީ އާދަމް ޝަރީފް އަުމަރު ވިދާޅުވެއްޖެއެވެ.

ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ހެދި "ދީނީ ގޮތުން ރާއްޖޭގައި ހައްދުފަހަނަ އަޅުމާ ބެހޭ ބޭސްލައިން ސްޓަޑީ"އާ ބެހޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ދީނި ގޮތުން ހަރުކަށި ފިކުރުތައް ފެތުރިފައި ހުރި ރަށްތަކާއި މުޖުތަމައުތައް ވަރަށް ރަނގަޅަށް ދެނެގަނެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އެ ފިކުރުތަކަށް ވާގިވާ ވަކިވަކި މީހުން ވެސް މިހާރު ދެނެގަނެވިފައިވާ ކަމަށާއި އަދި އެ މައުލޫމާތުތައް ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށް ޑިފެން މިނިސްޓަރު ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ ދިވެހިންގެ ތެރެއިން ބައެއް މީހުން ސީރިޔާ އަދި އިރާގު ފަދަ ގައުމުތަކުގައި ހިގާ ދާހިލީ ހަގުރާމަ އަށް ދާ މީހުން ތިބި ނަމަވެސް ރާއްޖޭގައި ޓެރަރިޒަމަށް މަގުފަހިކޮށްދޭ ޖަމާއަތެއް ހިންގާ ބައެއް ނެތް ކަމަށް ބޭސްލައިން ރިޕޯޓުން ފާހަގަވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބޭރުގެ ހަނގުރާމަތަކަށް ދިޔުމަށް އިސްލާމް ދީނުގެ ނަމުގައި އަދި ޖިހާދު ކުރުމުގެ ނަމުގައި ކަންތައްތައް ފަތުރުމުން ދަނީ ވަކިވަކި ފަރުދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ ހަރުކަށި ވިސްނުންތަކަށް މީހންގެ ފިކުރު ބަދަލު ކުރުމަށް މަސައްކަތްކުރާ މީހުން ބޮޑަށް އަމާޒު ކުރަނީ ޒުވާނުންނަށް ކަމަށާއި އަދި ގިނަ ފަހަރަށް އެފަދަ ކަންކަން ކޮށްފައި ވަނީ ސޯޝަލް މީޑިއާގެ މެދުވެރިކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމުގައި އަންހެނުންނާއި ކުޑަކުދިންގެ އިތުރުން ގިނަ އާއިލާތަކަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ދިރާސާ އަށް ބަލައި، ކަމާބެހޭ އިދާރާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ ތުރުކީ ސަރުކާރާ އެކު ގުޅުން ބަދަހިކޮށް، އެ ގައުމަށް އެތެރެވެ ސީރިއާ އަށް ދާ މީހުން ހުއްޓުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ތުރުކީ މަގުން ސީރިއާ ހަނގުރާމަ އަށް ދާން އުޅުނު މީހުންތަކެއް ވަނީ ހުއްޓުވާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެއީ ކިހާ ބައެއް ކަން މިނިސްޓަރު ވިދާޅު ނުވި ނަމަވެސް ހަނގުރާމައިގައި ބައިވެރިވާން ރާއްޖެ އިން މިހާތަނަށް ދިޔައީ ޖުމްލަ 49 ފިރިހެނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއީ ފިރިހެނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މުޖުތަމައުގެ ތެރޭގައި ފިކުރީ އޮއިވަރުތަކެއް އަންނަނީ ފެތުރެމުންނެވެ. އެގޮތުން ސިޔާސީ އަދި ތަފާތު އެހެން އިޖުތިމާއީ ފިކުރުތަކާއި ލާދީނީ ފިކުރުތަކާއި އެހެން ދީންތައް ފެތުރުމަށް ބާރުލިބޭ ފިކުރުތައް ފެތުރުމަށް ބައެއް މީހުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބައްދަލުވުމުގައި ބްރިގޭޑިއަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި، އަމިއްލަ އިސް ނަގައިގެން ވެސް ރާއްޖޭގެ ބައެއް އަންހެނުން ދަނީ ބައިވެރިވަމުންނެވެ. އަދި އެފަދަ މީހުން އެހެން އަންހެނުންނަށް ވާގިވެރިވެ އެ ފިކުރު ފަތުރާއިރު، ބައެއް އަންހެނުންދާން ފިރިން މަޖުބޫރުކުރާ ކަމަށް ވެސް މަންސޫރު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު