Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބެލްޓް އެންޑް ރޯޑް ފޯރަމް

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

ބެލްޓް އެންޑް ރޯޑް ފޯރަމް ކުރިއަށްދަނީ ދެ ދުވަހަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 14 މެއި 2017 | އާދީއްތަ 13:39
މިނިސްޓަރ ސައީދު ބެލްޓް އެންޑް ރޯޑް ފޯރަމްގައި

މިނިސްޓަރ ސައީދު ބެލްޓް އެންޑް ރޯޑް ފޯރަމްގައި

ޗައިނާއިން އިންތިޒާމުކުރާ ބެލްޓް އެންޑް ރޯޑް ފޯރަމްގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ބައިވެރިވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މިނިސްޓަރ ސައީދު ޗައިނާގެ ބެއިޖިން އަށް ކުރައްވާ މިދަތުރަކީ ތިން ދުވަހުގެ ދަތުރެއް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ސައީދުގެ މި ދަތުރުގައި ހަންގޭރީގެ އިކޮނޮމިކް މިނިސްޓަރާއި ބައްދަލުކުރައްވާއި ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ގާއިމް ކުރުމާއި ގުޅޭ ގޮތުން ވަނީ ވާހަކަދައްކާފަ އެވެ. މީގެ އިތުރުންވެސް މި ފޯރަމްގެ ސައިޑްލައިނުގައި ދުނިޔޭގެ ގައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމް ފެށިގެން ކުރިއަށްދާ އިރު މި ފޯރަމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މެއި 14 އިން މެއި 15 އަށެވެ. މި ފޯރަމް ބެއިޖިންގައި ބާއްވާ އިރު 28 ގައުމެއްގެ 130 މަންދޫބުން މި ފޯރަމްގައި ބައިވެރިވެ އެވެ.

މީގެ އިތުރުން 70 އިންޓަރނޭޝަނަލް އޮގަނައިޒޭޝަނުން މި ފޯރަމްގައި ބައިވެރިވެ އެވެ. އެގޮތުން އދ އާއި ވޯލްޑް ބޭންކްގެ އިތުރުން އިންޓަރނޭޝަނަލް މޮނިޓަރީ އޮތޯރިޓީންވެސް ވަނީ މި ފޯރަމްގައި ބައިވެރިވެފަ އެވެ.

މި ފޯރަމްގެ ބޭނުމަކީ، ގައުމުތަކާއި އޮންނަ ގުޅުން ބަދަހިކޮށް، ތަފާތު ވިޔަފާރިތަކުގައި ކުރިއަށްދާނެ މަގު ތަނަވަސް ކުރުމުގެ ހުރި ފުރުސަތުތައް ދެނެގަތުމެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި

22 މާރިޗު 2017
އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި
21 މާރިޗު 2017

މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު

21 މާރިޗު 2017
މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު
21 މާރިޗު 2017

ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މީޑިޔާތަކަށް އިންޒާރުދީފި

21 މާރިޗު 2017
ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މީޑިޔާތަކަށް އިންޒާރުދީފި
14 މާރިޗު 2017

ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި

14 މާރިޗު 2017
ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި
12 މާރިޗު 2017

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު