Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފުށީ ޖަލުގެ ހާދިސާ

ޖަލުގައި ހިނގި ހާދިސާގެ މައުލޫމާތު އޮޅުންފިލުވާ ހާލަތު ދެނެގަތުމަށް މިނިސްޓަރ މާފުށީ ޖަލަށް

22 ޖޫން 2019 | ހޮނިހިރު 07:10

ހާދިސާއަށް ފަހު ކަންކަން ހިނގާދިޔަގޮތް މިނިސްޓަރ ބައްލަވާލައްވާނެ އަދި ޖަލުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ

މުހައްމަދު ލިސާން
މުހައްމަދު ލިސާން | 22 ޖޫން 2019 | ހޮނިހިރު 07:10
ހޯމް މިނިސްޓަރ މާފުށީ ޖަލަށް ޒިޔާރަތް ކުރެއްވުން

ހޯމް މިނިސްޓަރ މާފުށީ ޖަލަށް ޒިޔާރަތް ކުރެއްވުން

މާފުށީ ޖަލުގައި ޖޫން 20 ވަނަ ދުވަހު ހިނގާދިޔަ ހާދިސާއާ ގުޅިގެން މައުލޫމާތު އޮޅުންފިލުއްވާ ހާލަތު ދެނެގަތުމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ހޮނިހިރުދުވަހު މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މި ޒިޔާރަތުގައި ހާދިސާއަށް ފަހު ކަންކަން ހިނގާދިޔަ ގޮތް މިނިސްޓަރ ބައްލަވާލައްވާނެ ކަމަށާއި ޖަލުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

މާފުށި ޖަލުގައި ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރާ ގައިދީއަކު ހަމަލާދިން ކަމަށް ބުނެ، ދެ ގޮޅިއަކުން ޖުމްލަ ފަސް މީހުން ނެރުމަށް ފަހު އެ މީހުން ފަހަތަށް ބިޑި އަޅުވައި ބިން މައްޗަށް ވައްޓާލުމަ ށްފަހު މުގުރުން ގައިގައި ތަޅާ، ކުރިމަތި ފަރާތަށާއި ފުރަގަސް ފަރާތަށް ޕެޕަރ ސްޕްރޭ ޖަހައި ބޯ ބާލުވާފައިވާ ކަމަށް އެކި މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

މިއަދު މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ މައްސަލަ އާއި، ބަންދު މީހުންނަށް އަނިޔާވި މައްސަލައަކީ ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށާއި އެކަންކަން ކުށްވެރިކުރާ ކަމަށެވެ.

އަދި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފަހު އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި މިފަދަ އަމަލުތަށް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖަލުގެ އިންތިޒާމުތަކަށް ބަދަލުގެންނާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް